ކޭއާރުއެޗްގެ ނަރުހުންގެ އައު ޔުނީފޯމް ތައާރަފް ކޮށްފި
ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގެ ނަރުހުންނަށް އައު ޔުނިފޯމް ތަޢާރަފް ކޮށްފިއެވެ. ކޭއާރުއެޗްގެ 40 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން މިއަދު ވަނީ ކުޅުދުއްފުށީ ސިޓީގެ ސްޓޭޑިއަމް ސަރަހައްދުގައި ޚާއްޞަ ހެނދުނު ނާސްތާއެއް ކުރިއަށް ގެންގޮސްފައެވެ. އެ ހޮސްޕިޓަލްގެ ވެރިންނާއި، މުވައްޒަފުން ބައިވެރިވި މި ނާސްތާގެ ތެރެއިން ވަނީ އެ ހޮސްޕިޓަލް ނަރުހުންނަށް އައު ޔުނިފޯމް ތަޢާރަފް ކޮށްފައެވެ. މި ޔުނިފޯމް ތަޢާރަފް ކޮށްދެއްވީ އެހޮސްޕިޓަލުގެ ޑީސީއީއޯ އަހުމަދު ދާއޫދެވެ. ކެއާރުއެޗުން ގެންދަނީ އެ ހ...