2 އަހަރުގެ މެދު ކެނޑުމަކަށްފަހު ކޭއާރިއެޗްގައި، ހިތުގެ ބަލީގެ ހާއްސަ ޑޮކްޓަރު ޚިދުމަތްދޭން ފަށައިފި
2 އަހަރުގެ މެދު ކެނޑުމަކަށްފަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރިއެޗް) ގައި، ހިތުގެ ބަލީގެ ހާއްސަ ޑޮކްޓަރުގެ ޚިދުމަތް އަލުން ފަށައިފި އެވެ. މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން އެ ހޮސްޕޮޓަލުގެ ކާޑިއެކް ސެންޓަރާއި އަލަށް ގުޅިވަޑައިގެންނެވީ ހިތުގެ ބަލީގެ ހާއްސަ ޑޮކްޓަރު ޝޭޑީ ޚައިރީ (Dr. Shady Khairy) އެވެ. އެ ހޮސްޕިޓަލުން ނެރުއްވި މީޑީޔާ ބްރީފިންއެއްގައި ވިދާޅުވީ، އެހޮސްޕިޓަލްގައި ހިދުމަތް ދޭން ފެށުމުން، ކާޑިއެކް ސެންޓަރުން ދެމުން ގެންދިޔަ ނޮން-އިންވޭސިވް ކާޑިއެކް ހިދުމަތްތައް އާންމުންނަށް އ...