ކޭއާރުއެޗުގެ އައިސޮލޭޝަން ފެސިލިޓީގެ ބިންގާ އަޅައިފި
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި އިމާރާތްކުރާ އައިސޮލޭޝަން ފެސިލިޓީގެ ބިންގާ މިއަދު އަޅައިފިއެވެ. މި ފެސިލިޓީގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ނާޘިމް އިބްރާހީމް އެވެ. މިއަދު ބިންގާ އެޅި އައިސޮލޭޝަން ފެސިލިޓީއަކީ އެ ސަރަހައްދުގެ ޞިއްޙީ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ މަޝްރޫޢެކެވެ. މި ފެސިލިޓީގައި ޕްރައިވެޓް ރޫމްތަކާއި، 800 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމެއްގެ އިތުރުން، ބޭނުންޖެހިއްޖެ ހާލަތެއްގައި ކަރަންޓީނު ފެސިލިޓީއަކަށް ބަދަލުކުރެވޭ ގޮތަށް ފަރުމާ...