ކޭއާރުއެޗަށް އަނެއްކާވެސް ޕޮލިޓިކަލް ޑިރެކްޓަރެއް، މިފަހަރު ޝިފްނާ
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އަަށް އަނެއްކާވެސް ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމާ އަލަށް އައްޔަން ކުރެއްވި ޝިފްނާ އަބްދުލްޣަނީ އަށް އެ ހޮސްޕިޓަލުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ. އާ ޕޮލިޓިކަލް ޑިރެކްޓަރަށް މަރުހަބާ ކިޔައި ކޭއާރުއެޗް އިން މީސްމީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، ޝިފްނާ އެ ހޮސްޕިޓަލާ ގުޅިވަޑައިގަތުމަކީ އެ އިދާރާއިން ވަރަށް ބޮޑަށް އުފާކުރާ ކަމެއް ކަމަށާއި މުވައްޒަފުންގެ ފަރާތުން ހޫނު މަރުހަބާއެއް ދަންނަވާ ކަމަށް ވެސް ބުނެފައިވެއެވެ. އަދި އޭނާ އަށް މަރުހަބާ ދެއްނެ...