Skip to main content
Topic Archive

#Haa Alif Dhidhdhoo

776 Stories filed
ދިއްދޫ ހައުސިން ޔުނިޓުތަކާއި ބެހޭ ގޮތުން ކުރީގެ ކައުންސިލަރު ރިޕޯޓެއް ނެރެފި
Thiladhunmathi News

ދިއްދޫ ހައުސިން ޔުނިޓުތަކާއި ބެހޭ ގޮތުން ކުރީގެ ކައުންސިލަރު ރިޕޯޓެއް ނެރެފި

ހއ. ދިއްދޫގައި އިމާރާތްކުރި ހައުސިން ޔުނިޓުތައް ދޫކުރުމުގައި ހިނގާދިޔަ ކަންތައްތަކުގެ މައްޗަށް އެ ރަށު ކުރީގެ ކައުންސިލަރު އަލީ ހާޝިމް ރިޕޯޓެއް ނެރެފިއެވެ. އަލީ ހާޝިމް ނެރުނު ރިޕޯޓެ ހުލާސާ ބައިގައި ބުނެފައި ވަނީ ދިއްދޫގައި އިމާރާތް ކުރެވިފައިވާ 250 ހައުސިން ޔުނިޓުގެ ތެރެއިން 140 ހައުސިން ޔުނިޓު ދޫކުރުމަށް ދިއްދޫ ކައުސިލުން 19 އެޕްރީލް 2015 ގައި އިއުލާނުކުރުމާއި ގުޅިގެން ހައުސިން ޔުނިޓުތަކަށް އެދި އެކި ފަރާތްތަކުން ދިއްދޫ ކައުންސިލަށް ހުށަހެޅި 440 ފޯމު އިވެލުއޭޓްކޮށް […]

ދިއްދޫ ހިއްކި ސަރަހައްދުގެ މަގުތަކުގައި މަގު ބައްތި ޖެހުމުގެ މަސައްކަތް ފަށައިފި
Thiladhunmathi News

ދިއްދޫ ހިއްކި ސަރަހައްދުގެ މަގުތަކުގައި މަގު ބައްތި ޖެހުމުގެ މަސައްކަތް ފަށައިފި

ހއ. ދިއްދޫގައި ހިއްކި ސަރަހައްދުގެ މަގުތަކުގައި މަގު ބައްތި ޖެހުމުގެ މަސައްކަތް ފަށައިފިއެވެ. ހައުސިން މިނިސްޓްރީން ހިންގާ މި މަޝްރޫއު ހަވާލު ކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ. މި މަޝްރޫއުގެ ދަށުން މިހާރު ވަނީ މަގުތައް ލެވެލްކޮށް ނިންމާފައެވެ. ދިއްދޫ ކައުންސިލްގެ ރައީސް މުހައްމަދު ހާޝިމް “ތިލަދުން” އަށް ވިދާޅުވީ މި މަސައްކަތް ފެށިތާ މިހާރު މަހެއްހާ ދުވަސް ވެއްޖެކަމަށާއި މަސައްކަތް ލަސްވީ ފަސްގަނޑު އެއްވަރުނުކޮށް ހުރުމުގެ ސަބަބުން އެކަން ކުރުމަށް ވަގުތު ހޭދަވީމަ ކަމަށެވެ. “މިހާރު ބަޔަކާ ހަވަލުކޮ...

ދިއްދޫ އާއި ނެއްލައިދޫގައި ޓާފް ދަނޑު އެޅުން އަމިން ކޮންސްޓްރަކްޝަން އަށް
Thiladhunmathi News

ދިއްދޫ އާއި ނެއްލައިދޫގައި ޓާފް ދަނޑު އެޅުން އަމިން ކޮންސްޓްރަކްޝަން އަށް

ރައްޖޭގެ 13 ރަށެއްގައި ޓާފް ދަނޑު އެޅުމަށް ހިންގާ މަޝްރޫއުގެ ދަށުން ހއ. ދިއްދޫ އަދި ހދ. ނެއްލައިދޫގައި ޓާފް ދަނޑު އެޅުމުގެ މަސައްކަތް އަމިން ކޮންސްޓްރަކްޝަނާ ހަވާލުކުރުމަށް ނެޝަނަލް ޓެންޑަރ ބޯޑުން ނިންމައިފިއެވެ. ފިނޭންސް މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ މި މަސައްކަތް އަމިން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައި ވަނީ 90 ދުވަސް ތެރޭގައި ނިންމާ ގޮތަށް ކަމަށެވެ. އަދި މި މަޝްރޫއަށް 8.6 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވެސް އެ ޓްވީޓުގައި ވެއެވެ. […]

​ބީ.އެމް.އެލް މުއައްސަސާ ކަަޕް 2019ގެ ޗެމްޕިއަންކަން ދިއްދޫ ޕޮލިސް ޓީމްއިން ހޯދައިފި
Thiladhunmathi News

​ބީ.އެމް.އެލް މުއައްސަސާ ކަަޕް 2019ގެ ޗެމްޕިއަންކަން ދިއްދޫ ޕޮލިސް ޓީމްއިން ހޯދައިފި

ހއ.ދިއްދޫގެ ސަރުކާރު އޮފީސްތަކަށް ޚާއްސަކޮށްގެން ހއ.ދިއްދޫގެ މިޑްލް ސްޕޯޓްސް ކުލަބް އިން އިންތިޒާމް ކޮަށް ބޭންކް އޮފް މޯލްޑިވްސްއިން ސްޕޮންސަރ ކޮށްފައިވާ ”ބީ.އެމް.އެލް މުއައްސަސާ ކަޕް 2019“ ގެ ޗެމްޕިއަންކަން ދިއްދޫ ޕޮލިސް ޓީމްއިން ހޯދައިފިއެވެ. ދިއްދޫ ފުޓްސަލް ދަނޑުގައި ރޭ 9:00 ގައި ކުޅުނު ފައިނަލް މެޗްގައި ހއ އަތޮޅު ހޮސްޕިޓަލްގެ ޓީމާއި ވާދަކޮށް ދިއްދޫ ޕޮލިސްއިން މެޗް ކާމިޔާބުކުރީ 6-8 ގެ ނަތީޖާއަކުންނެވެ. ފައިންލް މެޗްގެ މޮޅު މޮޅުކުޅުންތެރިއަކށް ހޮވިފައިވަނީ ދިއްދަު ޕޮލިސް ޓީމްގެ […]

ދިއްދޫގައި ބޭއްވި ބޭސިކް ސްވިމިންގ ކޯޗިން ކޯސް ނިންމާލައިފި
Thiladhunmathi News

ދިއްދޫގައި ބޭއްވި ބޭސިކް ސްވިމިންގ ކޯޗިން ކޯސް ނިންމާލައިފި

މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އާއި ސްވިމިން އެސޯސިއޭޝަން ގުޅިގެން ހއ ދިއްދޫގައި ފަތަންދަސްކޮށްދޭ ކޯޗުން ތަމްރީނުކުރުމުގެ ކޯހެއް ކުރިއަށް ގެންގޮސްފިއެވެ. މިކޯސް ކުރިއަށް ގެންގޮސްފައިވަނީ މިހިނގާ އޯގަސްޓް މަހުގެ 20 ވީ ބުރާސްފަތި ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 30 ވީ ހުކުރު ދުވަހުގެ ނިޔަލަށެވެ. މި ކޯހުގައި އިރުޝާދު ދެއްވާފައިވަނީ ސްވިމިން އެސޯސިއޭޝަން ކޯޗު އާދަމް މުހައްމަދުއެވެ. މިކޯހުގައި ބައިވެރިވި 30 ބައިވެރިންގެ ތެރެއިން 25 ބައިވެރިން ވަނީ ކޯހުން ފާސްވެފައެވެ. ޢަދި […]

ބީ.އެމް.އެލް މުއައްސަސާ ކަޕްގައި ޖުމްލަ 7 ޓީމް
Thiladhunmathi News

ބީ.އެމް.އެލް މުއައްސަސާ ކަޕްގައި ޖުމްލަ 7 ޓީމް

ހއ.ދިއްދޫގެ ސަރުކާރު އޮފީސްތަކަށް ޚާއްސަކޮށްގެން ހއ.ދިއްދޫގެ މިޑްލް ސްޕޯޓްސް ކުލަބް އިން އިންތިޒާމް ކޮަށް ބޭންކް އޮފް މޯލްޑިވްސްއިން ސްޕޮންސަރ ކޮށްފައިވާ “ބީ.އެމް.އެލް މުއައްސަސާ ކަޕް 2019” ގައި ބައިވެރިވާ ޓީމްތައް އިއުލާން ކޮށްފިއެވެ. “ބީ.އެމް.އެލް މުއައްސަސާ ކަޕް 2019” ގައި ދިއްދޫގެ ހަތް މުއައްސަސާއަކުން ހަތް ޓީމެއްވަނީ ބައިވެރިވެފައެވެ. ބައިވެރިވެފައިވާ ޓީމް ތަކަކީ ހއ. އަތޮޅު ކައުންސިލްގެ ޓީމް، ޔުނައިޓެޑް ބީ.އެމް.އެލް، ދިއްދޫ ޕޮލިސް، ހއ. އޭ.އީ.ސީ، ފެނަކަ ދިއްދޫ، ދިއްދޫ ކައުންސިލް އަދި ހއ. […]

ހއ. އަތޮޅު ހޮސްޕިޓަލްގެ ބައު އިމާރާތުގެ ފުރާޅު ޓިނު ބަދަލުކުރަނީ
Thiladhunmathi News

ހއ. އަތޮޅު ހޮސްޕިޓަލްގެ ބައު އިމާރާތުގެ ފުރާޅު ޓިނު ބަދަލުކުރަނީ

ހއ.އަތޮޅު ހޮސްޕިޓަލްގެ ބައު އިމާރާތުގެ ފުރާޅު ޓިނު ބަދަކުރުމަށް ނިންމައިފިއެވެ. ހއ. އަތޮޅު ހޮސްޕިޓަލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެ ހޮސްޕިޓަލުންދޭ ކުރެހުމާއި އެއްގޮތަށް އަމިއްލަތަކެތީގައި ހޮސްޕިޓަލްގެ ބައު އިމާރާތުގެ ފުރާޅު ޓިނު ބަދަލުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ. މި މަސައްކަތް އަމިއްލަ ތަކެތީގައި ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 02 ސެޕްޓެމްބަރ ވާ ހޯމަދުވަހުގެ އެކެއް ޖަހާއިރު ހއ އަތޮޅު ހޮސްޕިޓަލްގެ އިދާރީ އޮފީހަށް ވަޑައިގެން މައޫލޫމާތު ސާފްކުރެއްވުމަށް އެ ހޮސްޕ...

ދިއްދޫގައި މަގުބައްތި ޖެހުމަށް ފައިސާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
Thiladhunmathi News

ދިއްދޫގައި މަގުބައްތި ޖެހުމަށް ފައިސާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހއ.ދިއްދޫގައި މަގުބައްތި ޖެހުމަށް ފައިސާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. ހޯމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ އިބްރާހީމް ރަޝީދުއެވެ. ދިއްދޫ ކައުންސިލްގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މުޙައްމަދު ހާޝިމްއެވެ. ފަހަކަށް އައިސް ކައުންސިލް ތަކާއި ހޯމްމިނިސްޓްރީއާއި އެކު ތަފާތު އެކި ޕްރޮޖެކްޓް ތަކުގައި ސޮއިކުރަމުންދާކަން ފާހަގަކޮށްލެވެ.      

ދިއްދޫގައި ބޭސިކް ސްވިމިންގ ކޯޗިން ކޯހެއް ފަށައިފި
Thiladhunmathi News

ދިއްދޫގައި ބޭސިކް ސްވިމިންގ ކޯޗިން ކޯހެއް ފަށައިފި

ހއ. ދިއްދޫގައި ބޭސިކް ސްވިމިންގ ކޯޗިން ކޯހެއް މި މަހުގެ 20 ވަނަ ދުވަހު ފަށައިފިއެވެ. މި ކޯހުގައި 30 ފަރާތަކުން ބައިވެރިވެފައިވާއިރު މިއީ ސްވިމިންގް އެސޯސިއޭޝަނާއި ދިއްދޫ ކައުންސިލް ގުޅިގެން ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހާ ހަމަޔަށް ކުރިޔަށްގެންދާ ކޯހެކެވެ. މި ކޯހުގައި އިރުޝާދު ދެއްވަނީ އެ އެސޯސިއޭޝަންގެ ކޯޗު އާދަމް މުހައްމަދުއެވެ. މީގެއިތުރުން ށ. ކޮމަންޑޫގައި ބޭސިކް ހޭންޑްބޯލް ކޯޗިންގ ކޯހެއް ފަށާފައިވާއިރު މި ކޯހުގައި 40 ފަރާތަކުން ބައިވެރިވެއެވެ. މި ކޯހުގައި އިރުޝާދު ދެއްވަނީ […]

މިނިމަމްވޭޖް ކަނޑައެޅުމަށް ގޮވާލާ ދިއްދޫގައި މުޒާހަރާއެއް!
Thiladhunmathi News

މިނިމަމްވޭޖް ކަނޑައެޅުމަށް ގޮވާލާ ދިއްދޫގައި މުޒާހަރާއެއް!

މިއަދު ހަވީރު ދިއްދޫ ސްޓޭޖު ސަރަހައްދުގައި ކުރިއަށްގެންދިޔަ މި އެއްވުން އިންތިޒާމު ކުރީ އެ ރަށުގެ ޒުވާނުންނެވެ. އެއްވުމުގެ ބައިވެރިން ވަނީ އެ މީހުންގެ ގޮވާލުންތައް ލައުޑްސްޕީކަރުން އިއްވައިފައެވެ.

ދިއްދޫ އީދު ފުޓުބޯޅަ މުބާރާތް ”ވިހަވެ“ މާރާމާރީއަކަށް!
Sports

ދިއްދޫ އީދު ފުޓުބޯޅަ މުބާރާތް ”ވިހަވެ“ މާރާމާރީއަކަށް!

ހއ. ދިއްދޫގައި ބޭއްވި ފުޓްބޯޅަ މުބާރާތެއްގެ ފައިނަލް މެޗް ހޫނުވެ ބޮޑެތި ހަމަނުޖެހުންތަކެއް ހިންގައި ތަކެއްޗަށް ގެއްލުންދީފިއެވެ. ދިއްދޫގައި މިއަދު މާރާމާރީ ހިންގާފައި ވަނީ، ބޮޑު އީދާއި ދިމާކޮށް އެރަށުގައި ކުރިޔަށްދިޔަ ފުޓުބޯޅަ މުބާރާތެއްގެ ފައިނަލް މެޗުގެ ތެރެއިންނެވެ. ޢީދާ ދިމާކޮށް ހއ. ދިއްދޫގައި ކުރިޔަށޤ ގެންދިޔަ ފުޓްބޯޅަ މެޗުގައި މިއަދު ހިނގި މި ހަމަނުޖެހުންތަކުގެ ތެރެއިން ދަނޑުގައި ބޭނުންކުރި ބައެއް ތަކެއްޗަށް ވަނީ ގެއްލުން ދީފައެވެ. މި މާރާމާރީ ހިނގާފައިވަނީ މެޗުގެ ދެވަނަ ހާފްގެ ތެރެއިންނެވ...