ހއ.އަތޮޅު އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގެ ބައިވެރިން: މަރްޔަމް އަޒާ ޢާދިލް
ހއ.އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމް ހާސިލް ކުރަމުން އަންނަ، ހއ.ދިއްދޫ ޖީޒާ، މަރްޔަމް އަޒާ ޢާދިލްއަކީ ވަރަށް ކުޑައިރުއްސުރެ ޤުރުއާން ކިޔަވައި ހިތުދަސް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކުއްޖެކެވެ. އަޒާ މި މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވި ސަބަބުތަކުގެ ތެރޭގައި، މުބާރާތުގެ ޒަރިއްޔާއިން ޤުރުއާނުގެ އިލްމު އުނގެނުމުގައި ބޮޑެތި ފައިދާތަކެއް ލިބިގެން ދިޔުމާއި، ތަފާތު ރާގުރާގަށް ޤުރުއާން ކިޔެވުމުގެ ފުރުސަތު މި މުބާރާތުން ލިބިގެން ދިޔުން ހިމެނެއެވެ. އަދި މުބާރާތް ރާވާލާފައިވާ ގޮތަކީ ޝައުޤުވެރ...