ހއ.ކެލާގައި ހުންނަ ޝައިހް އިބްރާހީމް ސްކޫލުގައި ތައުލީމް ހާސިލް ކުރަމުން އަންނަ، އެ ރަށު އިތާ، ޢަލީ ޒައުލް ޒިޔާއުއަކީ އުމުރުން ވަރަށް ހަގުއިރު ޤުރުއާން ކުލާހަށް ގޮސް، ޤުރުއާނުގެ އިލްމު އުނގެނެން ފެށި ކުއްޖެކެވެ.
މި މުބާރާތަކީ މުޅި ހއ.އަތޮޅަށް ހުޅުވާލައިގެން ބާއްވާ މުބާރާތަކަށް ވުމީ، އޭނާގެ ހިތުގައި މި މުބާރާތުގައި ބައިވެރިވެ ރަނގަޅު ކާމިޔާބެއް ހޯދުމަށް ޝައުގުވެރިވި ސަބަބެކެވެ.
ޒައުލް ވަނީ މިހާތަނަށް އޭނާ ބައިވެރިވި މުބާރާތްތަކުން ފާހަގަ ކޮށްލެވޭ ފަދަ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

ޒައުލް ޤުރުއާން މުބާރާތްތަކުން ހޯދާފައިވާ ފާހަގަކޮށްލެވޭ ކާމިޔާބީތައް
- ތިލައުތުރު ރަންތާޖު ޤުރުއާން މުބާރާތް 2023 - ކީ ސްޓޭޖު 2 އިން ބަލައިގެން ކިޔުމުން 2 ވަނަ
- ކެލާ ޔޫތު ފޯރަމްގެ 11 ވަނަ ޤުރުއާން މުބާރާތް - 3 ފޮތުގެ ބައިން ނުބަލާ ކިޔުމުން އެންމެ މޮޅު 5 ދަރިވަރުތެރޭ ހިމެނުން
- ސްކޫލް ޤުރުއާން މުބާރާތް 2022-2023: ކީސްޓޭޖު 2 ނުބަލާ ކިޔުމުން އެންމެ މޮޅު 5 ދަރިވަރުންތެރޭ ހިމެނޭ އަދި މުޅި މުބާރާތުގެ ނުބަލާ ކިޔުމުން އެންމެ މޮޅު 5 ދަރިވަރުންތެރޭ ހިމެނުން.
- ކެލާ ކައުންސިލް ޤުރުއާން މުބާރާތް 1444: ކީސްޓޭޖު 2 ން ނުބަލާ ކިޔުމުން 1 ވަނަ އަދި މުޅި މުބާރާތުގެ ނުބަލާ ކިޔުމުގެ ބައިން 1 ވަނަ އަދި މުޅި މުބާރާތުން 3 ވަނަ
- ކެލާ ޔޫތު ފޯރަމްގެ 10 ވަނަ ޤުރުއާން މުބާރާތް: ކީ ސްޓޭޖު 1 އިން ނުބަލާ ކިޔުމުން 3 ވަނަ
- ސްކޫލް ޤުރުއާން މުބާރާތް 1443: 12 އަހަރުން ދަށުން ނުބަލާ ކިޔުމުން 2 ވަނަ
- 34 ވަނަ ޤައުމީ ޤުރުއާން މުބާރާތް: އަތޮޅު ކައުންސިލްތަކުގެ ބައިން 12 އަހަރުންދަށުން ނުބަލާ ކިޔުމުން 3 ވަނަ
- 2023 ވަނަ އަހަރު ތިލަ އުތުރު އެވޯޑް ލިބިފައިވޭ
ޤުރުއާން އުނގެނި ދަސްކުރުމުގައި މިހާތަނަށް ޒައުލްއަށް ވަނީ ގިނަބައެއްގެ އެހީތެރިކަން ލިބިފައެވެ. މިގޮތުން މައިންބަފައިންނާއި ކާފައާއި މާމަގެ އިތުރުން އާއިލާގެ މެމްބަރުންގެ ފަރާތުން ލިބޭ އެހީ އޭނާ ފާހަގަ ކުރެއެވެ. މީގެއިތުރުން ސްކޫލްގެ މުދައްރިސުންނާއި ޤުރުއާން މުދައްރިސުންނާއި ޞިޔާއު ޤުރުއާން ކުލާހުން ލިބުނު އެހީތެރިކަން އޭނާ ބަލައިގަންނަނީ ޝުކުރުވެރިކަމާއި އެކުގައެވެ.
ޒައުލްއަކީ ފުޓްބޯޅަ ކުޅުމަށް ވަރަށް ލޯބިކުރާ ކުއްޖެކެވެ. ލިބޭ ހުސްވަގުތުގައި ފުޓްބޯޅަ ކުޅުމަކީ އޭނާ އެންމެ ކުރާހިތްވާ ކަންތަކެވެ. މި މުބާރާތުން ރަނގަޅު ކާމިޔާބެއް ހޯދުމަކީ އޭނާގެ އަޒުމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!