ވިއްސާރާގައި ދިއްދޫ ޤުފްރާން މިސްކިތުގެ މުންނާރަށް ގެއްލުންވެއްޖެ
މިހާރު ރާއްޖެއަށް ކުރަމުންދާ ގަދަ ވިއްސާރައިގެ ސަބަބުން ހއ. ދިއްދޫ ޤުފްރާން މިސްކިތުގެ މުންނާރަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ. ދިއްދޫ ކައުންސިލުން މަޢުލޫމާތު ދެއްވިގޮތުގައި، މުންނާރަށް ލިބުނު ގެއްލުމާ ގުޅިގެން އެ މުންނާރު ނެގުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިއީ މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުމެއްކަން ފާހަގަކުރެވެއެވެ. ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، ރޭ އެކަނިވެސް ބޮޑުތިލަދު...