Skip to main content
Topic Archive

#ޗައިނާ އެމްބަސީ(ދިވެހިރާއްޖެ)

71 Stories filed
ޗައިނާ-މޯލްޑިވްސް އެފްޓީއޭގެ ދަށުން 124 މިލިއަން ޑޮލަރުގެ މުދާ އެތެރެކޮށްފި
Raajje

ޗައިނާ-މޯލްޑިވްސް އެފްޓީއޭގެ ދަށުން 124 މިލިއަން ޑޮލަރުގެ މުދާ އެތެރެކޮށްފި

ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު ޢަމަލުކުރަން ފެށި މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) ގެ ދަށުން މިހާތަނަށް 124 މިލިއަން އެމެރިކާ ޑޮލަރުގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މޯލްޑިވްސް އެކްސްޕޯ 2026 އާ ގުޅުވައިގެން މިއަދު ހެނދުނު ބޭއްވި ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، ދިވެހިރާއްޖެ އޮތީ ޒިންމާދާރު ވުނަކުރުންތަކަށް މަރުޙަބާ ކިޔަން ތައްޔާރ...

އަސާސީ ކާބޯތަކެއްޗާއި މަސް އެކްސްޕޯޓްކުރުން ހިމެނޭހެން، ރާއްޖެއާއި ޗައިނާއާ ދެމެދު މުހިންމު ފަސް އެއްބަސްވުމެއް
Raajje

އަސާސީ ކާބޯތަކެއްޗާއި މަސް އެކްސްޕޯޓްކުރުން ހިމެނޭހެން، ރާއްޖެއާއި ޗައިނާއާ ދެމެދު މުހިންމު ފަސް އެއްބަސްވުމެއް

ދިވެހިރާއްޖެއަށް އަސާސީ ކާބޯތަކެތި އެތެރެކުރުމާއި، ވިޔަފާރީގެ އިތުރު ދާއިރާތައް ހިމެނޭހެން ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު މުހިންމު ފަސް އެއްބަސްވުމެއް ބަދަލުކޮށްފިއެވެ. މީގެތެރޭގައި ސަރުކާރުގެ ވުޒާރާއަކާއި ކުންފުނިތަކުގެ އިތުރުން، އަމިއްލަ ވިޔަފާރި ކުންފުންޏަކާއެކު ވެވުނު އެއްބަސްވުންތައްވެސް ހިމެނެއެވެ. މި އެއްބަސްވުންތަކުގައި ސޮއިކޮށް ބަދަލުކޮށްފައިވަނީ މޯލްޑިވްސް ބިޒްނަސް އެކްސްޕޯގެ ހަވާސާގެ ތެރެއިން ކުރިއަށް ގެންދިޔަ “ޗައިނާ މޯލްޑިވްސް އިންވެސްޓުމަންޓް ކޯޕަރޭޝަން ފޯރަމް” ގައެވެ. މި ރަސްމިއ...

ރަށްރަށުގެ މަގުތައް ދިއްލާލަން ޗައިނާއިން 880 ސޯލާ މަގުބައްތި ދީފި
Raajje

ރަށްރަށުގެ މަގުތައް ދިއްލާލަން ޗައިނާއިން 880 ސޯލާ މަގުބައްތި ދީފި

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދިވެހިރާއްޖެއަށް 880 ސޯލާ މަގުބައްތި ހަދިޔާކޮށްފިއެވެ. މި މަގުބައްތިތައް ދިވެހި ސަރުކާރާ ރަސްމީކޮށް ހަވާލުކުރުމަށްޓަކައި ޚާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. ޗައިނާ ސަރުކާރުން ހަދިޔާކުރި މި މަގުބައްތިތަކާ ހަވާލުވުމުގެ ރަސްމީ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޤައުމުން ރާއްޖެއަށް ކަނޑ...

ރައީސް ދެއްވީ ޗައިނާގެ އެކުވެރިކަން އައު އުސްމިންތަކަކަށް ގެންދިއުމަށް ސާބިތުވެތިބިކަމުގެ ޔަޤީންކަން
Raajje

ރައީސް ދެއްވީ ޗައިނާގެ އެކުވެރިކަން އައު އުސްމިންތަކަކަށް ގެންދިއުމަށް ސާބިތުވެތިބިކަމުގެ ޔަޤީންކަން

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، އެކުވެރިކަން އައު އުސްމިންތަކަކަށް ގެންދިއުމަށް ރާއްޖެއިން ސާބިތުވެ އޮތްކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ. ރައީސް މި ޔަޤީންކަން ދެއްވީ ޗައިނާގެ 77 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ރައީސް ޝީ ޖިންޕިންގް އަދި ސަރުކާރާއި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައި މީސްމީޑިއާ މެދުވެރިކޮށް ކުރެއްވި މެސެޖެއްގައެވެ. ރައީސްގެ މެސެޖުގައި ވިދާޅުވީ، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތީ އިތުބާރާއި،...

''ޗައިނާ-ރާއްޖެ ގުޅުމަކީ ހަމައެކަނި ޚާރިޖީ ބަޔާނެއް ނޫން، ދިވެހިންގެ ދިރިއުޅުމުން ފެންނަ ކަމެއް''
Raajje

''ޗައިނާ-ރާއްޖެ ގުޅުމަކީ ހަމައެކަނި ޚާރިޖީ ބަޔާނެއް ނޫން، ދިވެހިންގެ ދިރިއުޅުމުން ފެންނަ ކަމެއް''

ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުމަކީ ހަމައެކަނި ލިޔެކިޔުންތަކާއި ޚާރިޖީ ބަޔާންތަކަކުން ނިންމާލެވޭނެ ގުޅުމެއް ނޫން ކަމަށާއި، އެއީ ދިވެހި ރައްޔިތުންގެ ދިރިއުޅުމުން ސީދާ ފެންނަމުންދާ ބަދަހި ގުޅުމެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޗައިނާގެ 77 ވަނަ ޤައުމީ ދުވަހުގެ މުނާސަބާގައި ރާއްޖޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ޗައިނާ އާއި ރާއްޖެ އާއި ދެ ޤައުމުގެ ދެމެދުގައި ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސް...

ޗައިނާއާ ގުޅިގެން މަސްވެރިކަމާއި ބްލޫ އިކޮނޮމީގެ ޚާއްސަ ތަމްރީނެއް ފަށައިފި
Raajje

ޗައިނާއާ ގުޅިގެން މަސްވެރިކަމާއި ބްލޫ އިކޮނޮމީގެ ޚާއްސަ ތަމްރީނެއް ފަށައިފި

މަސްވެރިކަމާއި، ދަނޑުވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއާއި ޗައިނާގެ ހައިނާން ޔުނިވަސިޓީ ގުޅިގެން، މަސްވެރިކަމާއި ބްލޫ އިކޮނޮމީއާ ގުޅޭ ޓެކްނިކަލް ޓްރެއިނިންގ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ. މި މަހުގެ 21 އިން 22 އަށް ކުރިއަށްދާ މި ތަމްރީނު ވަރކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި މަސްވެރިކަމާއި، ދަނޑުވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމްގެ އިތުރުން، ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާ ބައިވެރިވެވަޑައިގަންނަވައެވެ. ދެ ދުވަހުގެ...

ސިނަމާލެ ބްރިޖަކީ ރާއްޖެއާއި ޗައިނާގެ ދެމެހެއްޓެނިވި އެކުވެރިކަމުގެ ވަރުގަދަ ނިޝާނެއް: ރައީސް
Raajje

ސިނަމާލެ ބްރިޖަކީ ރާއްޖެއާއި ޗައިނާގެ ދެމެހެއްޓެނިވި އެކުވެރިކަމުގެ ވަރުގަދަ ނިޝާނެއް: ރައީސް

ވެރިރަށް މާލެއާއި އެއާޕޯޓް އަދި ހުޅުމާލެ ގުޅުވާލަދެމުން  ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް (ސިނަމާލެ ބްރިޖް) ހުޅުވިގެން ދިޔައީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ބަދަހި ރަޙްމަތްތެރިކަން ރަމްޒުކޮށްދޭ ވަރުގަދަ ނިޝާނެއްގެ ގޮތުގައި ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުޢިއްޒު މިހެން ވިދާޅުވީ ސިނަމާލެ ބްރިޖަށް އަހަރު ފުރުމުގެ މުނާސަބަތުގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވީ، މިއީ ހަމައެކަނި އުމްރާނީ ވަސީލަތެއް ނޫން ކަމަށާއި، މިއީ ދެ ޤައުމުގެ...

ސިނަމާލެ ބްރިޖަށް 8 އަހަރު: ރައީސް ބްރިޖަށް ޒިޔާރަތް ކުރައްވައިފި
Raajje

ސިނަމާލެ ބްރިޖަށް 8 އަހަރު: ރައީސް ބްރިޖަށް ޒިޔާރަތް ކުރައްވައިފި

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް “ސިނަމާލެ ބްރިޖް” އަށް 8 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބްރިޖަށް ޒިޔާރަތްކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ބްރިޖަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމެންޓް ޑރ. ޢަބްދުﷲ މުއްޠަލިބް އާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމްގެ އިތުރުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވަ ސަފީރު ކޮންގް ޒިއަންހު...

ހަނިމާދޫގައި ކުރިއަށްގެންދިޔަ ޕެސްޓް ކޮންޓްރޯލްކުރުމުގެ ހުނަރު ދަސްކޮށްދޭ ޕްރޮގްރާމް ނިންމާލައިފި
Thiladhunmathi News

ހަނިމާދޫގައި ކުރިއަށްގެންދިޔަ ޕެސްޓް ކޮންޓްރޯލްކުރުމުގެ ހުނަރު ދަސްކޮށްދޭ ޕްރޮގްރާމް ނިންމާލައިފި

ހދ. ހަނިމާދޫގައި ކުރިއަށް ގެންދިޔަ ގަސްގަހާގެއްސަށް ޖެހޭ ބަލިތަކާއި ފަނިފަކުސަ ނުވަތަ ޕެސްޓް ކޮންޓްރޯލްކުރުމުގެ ހުނަރު ދަސްކޮށްދޭ ތަމްރީން ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި އޮގަސްޓް މަހުގެ 2 އިން 6 އަށް ހަނިމާދޫގައި ކުރިއަށްދިޔަ މި ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް އާއި ޗައިނާއިން ދިވެހިރައްޖެއަށް ކަނޑައަޅުއްވާފައި ހުންނ...

ހަނިމާދޫގައި ކުދި ރުކުމަޑިއަށް ޤުދުރަތީގޮތުން ޙަމަލާދޭ ސޫފާސޫފި އާލާކުރާ މަރުކަޒެއް ހުޅުވައިފި
Thiladhunmathi News

ހަނިމާދޫގައި ކުދި ރުކުމަޑިއަށް ޤުދުރަތީގޮތުން ޙަމަލާދޭ ސޫފާސޫފި އާލާކުރާ މަރުކަޒެއް ހުޅުވައިފި

ކޮކޮނަޓް ލީފް ބީޓްލް ނުވަތަ ކުދި ރުކުމަޑިއަށް ޤުދުރަތީގޮތުން ޙަމަލާދޭ ފައިދާހުރި ސޫފާސޫފި އާލާކުރުމަށްޓަކައި ހދ. ހަނިމާދޫ ހެލްތް ސެންޓަރުގައި ޤާއިމުކުރި “ޕާމް ޕެސްޓް ބައިއޮލޮޖިކަލް ކޮންޓްރޯލް ޕެރަސައިޓޮއިޑް ރީއާރިންގ ސެންޓަރު” މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ޤާއިމުކޮށްފައިވާ މި މަރުކަޒު ހުޅުވައިދެއްވީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް އާއި ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަނ...

ޗައިނާގެ ފަންނީ މާހިރުންނާއެކު ޕެސްޓް ކޮންޓްރޯލްކުރުމުގެ ހުނަރު ދަސްކޮށްދޭ ޕްރޮގްރާމެއް ހަނިމާދޫގައި
Thiladhunmathi News

ޗައިނާގެ ފަންނީ މާހިރުންނާއެކު ޕެސްޓް ކޮންޓްރޯލްކުރުމުގެ ހުނަރު ދަސްކޮށްދޭ ޕްރޮގްރާމެއް ހަނިމާދޫގައި

ހދ. ހަނިމާދޫގައި ޗައިނާގެ ފަންނީ މާހިރުން އިސްވެ ތިބެ، ގަސްގަހާގެއްސަށް ޖެހޭ ބަލިތަކާއި ފަނިފަކުސަ ނުވަތަ ޕެސްޓް ކޮންޓްރޯލްކުރުމުގެ ހުނަރު ދަސްކޮށްދޭ ތަމްރީން ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ. މި ޕްރޮގްރާމަކީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި ޗައިނާ ސަރުކާރު ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި ތަމްރީންތައް ކުރިއަށްދަނީ އޮގަސްޓް މަހުގެ 2 އިން 6 ގެ ނިޔަލަށް ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައެވެ. މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއ...

ޗައިނާއިން ރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު، ''ހުރިހާ ދާއިރާއަކުން ވެސް އެހީތެރިކަން ލިބޭނެ''
Sports

ޗައިނާއިން ރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު، ''ހުރިހާ ދާއިރާއަކުން ވެސް އެހީތެރިކަން ލިބޭނެ''

ޗައިނާ ސަރުކާރުގެ އެހީގައި ދިވެހިރާއްޖޭގެ ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށްޓަކައި ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ރާއްޖެއަށް ހަދިޔާކޮށްފިއެވެ. މި ތަކެތި ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މާލޭގެ “ޔޫތު ހަބް” ގައެވެ. މި ރަސްމިއްޔާތުގައި ޗައިނާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ވަނީ ކުޅިވަރުގެ ތަފާތު 21 ބާވަތެއްގެ ސާމާނު ހަދިޔާކޮށްފައެވެ. މި ތަކެއްޗާ ހަވާލުވުމުގެ ގޮތުން ސޮއިކުރަންޖެހޭ “ޑޮކިއުމަންޓް އޮފް އެކްނޮލެޖްމަންޓް” ގައި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއ...

ޗައިނާ ސަފީރު ބާރަށަށް ޒިޔާރަތްކުރުމަށް ދައުވަތު
Raajje

ޗައިނާ ސަފީރު ބާރަށަށް ޒިޔާރަތްކުރުމަށް ދައުވަތު

ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ކޮން ޝިއަންހު ހއ. ބާރަށަށް ޒިޔާރަތެއް ކުރެއްވުމަށް އެރަށު ކައުންސިލުން ރަސްމީކޮށް ދައުވަތު އަރުވައިފިއެވެ. މި ދައުވަތު އަރުވާފައިވަނީ ބާރަށު ކައުންސިލްގެ ރައީސް އަލީ ސަމީމް، ޗައިނާ ސަފީރާއެކު ހޯމަ ދުވަހު ބޭއްވި ބައްދަލުވުމެއްގައެވެ. ބާރަށު ކައުންސިލްގެ ރައީސް އަލީ ސަމީމް ވިދާޅުވީ، ޗައިނާ ސަފީރާއެކު ބޭއްވުނު މި ބައްދަލުވުމަކީ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމަށެވެ. މި ބައްދަލުވުމުގައި ސަފީރު ވަނީ ބާރަށުގެ ރައްޔިތުންނަށް ހެޔޮއެދުންތައ...

ޗައިނާގެ ސީއެމްއީސީން ރާއްޖެ އަށް ފެން ހިންދާ ޕަމްޕް ހަދިޔާކޮށްފި
Raajje

ޗައިނާގެ ސީއެމްއީސީން ރާއްޖެ އަށް ފެން ހިންދާ ޕަމްޕް ހަދިޔާކޮށްފި

ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ގްރޫޕް ކޯރޕަރޭޝަން ލިމިޓެޑް (ސީ.އެމް.އީ.ސީ) ގެ ފަރާތުން ދިވެހި ސަރުކާރަށް ފެން ހިންދާ ޕަމްޕްތަކެއް މިއަދު ހަދިޔާކޮށްފިއެވެ. މި ތަކެތި ރަސްމީކޮށް ހަވާލުކުރުމަށް މިއަދު ހުޅުމާލޭ ސެންޓަރަލް ޕާރކްގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ. ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ގްރޫޕް ކޯރޕަރޭޝަން ލިމިޓެޑްގެ ފަރާތުން މި ފެންޕަންޕްތައް ހަވާލުކޮށްދެއްވީ، އެ ކުންފުނީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރ ލިއު ޝިޔައޮޑާއެވެ. ދިވެހި ސަރުކާރުގެ ފަ...

ރާއްޖެއަކީ ކުޑަ ޤައުމެއްނަމަވެސް ބާކީ ނުވާނޭހެން ޗައިނާއިންދޭ އެއްބާރުލުމަށް ރައީސްގެ ތައުރީފް
Raajje

ރާއްޖެއަކީ ކުޑަ ޤައުމެއްނަމަވެސް ބާކީ ނުވާނޭހެން ޗައިނާއިންދޭ އެއްބާރުލުމަށް ރައީސްގެ ތައުރީފް

ރާއްޖެއަކީ ކިތަންމެ ކުޑަ ޤައުމެއް ކަމުގައިވިޔަސް ބާކީ ނުވާނޭ ފަދަ ދުނިޔެއެއް ބައްޓަންކުރުމަށް ދިވެހިރާއްޖެއާއެކު ޗައިނާއިން ކުރާ މަސައްކަތަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ތައުރީފް ކުރަށްވައިފިއެވެ. ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ޙައްޤުގައި ޗައިނާއިން އަދާކުރާ ދައުރު ފާހަގަކުރައްވައި، އެމަނިކުފާނު މި މޭރުމުން ވާހަކަފުޅު ދެއްކެވީ ޗައިނާގެ 76 ވަނަ ޤައުމީ ދުވަހާއި މިޑް އޯޓަމް ފެސްޓިވަލް ފާހަގަކުރުމަށް ބޭއްވި ޖާފަތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައ...