Skip to main content
Topic Archive

#ޗައިނާ އެމްބަސީ(ދިވެހިރާއްޖެ)

71 Stories filed
ޗައިނާ ދަތުރުފުޅަށްފަހު ރައީސް ރާއްޖެ ވަޑައިގެންފި
Raajje

ޗައިނާ ދަތުރުފުޅަށްފަހު ރައީސް ރާއްޖެ ވަޑައިގެންފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޗައިނާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު މިއަދު ނިންމަވާލައްވައިފިއެވެ. ރައީސް މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅަކީ އެ ޤައުމުގެ ރައީސް ޝީ ޖިންޕިންގގެ ދަޢުވަތަކަށް، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި މި ސަމިޓްގައި ބައިވެރިވެވަޑައިގެން އެހެންް ޤައުމުތަކުގެ ހެޑް އޮފް ސްޓޭޓުންނާއި މަންދޫބުންނާއެކު އެސްސީ.އޯ ޕްލަަސްގެ މަތީ ފެންވަރުގެ ބައްދަލުވުންތަކުގައިވެސް ބައިވެރިވ...

ޗައިނާގެ ވިކްޓްރީ ޑޭ ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
Raajje

ޗައިނާގެ ވިކްޓްރީ ޑޭ ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި

ދެވަނަ ބޮޑު ހަނގުރާމައިގައި ޗައިނާއަށް ކާމިޔާބު ލިބުނުތާ 80 އަހަރު ފުރުނު ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައިވެރިވެވަޑައިގެންފިއެވެ. ރައީސް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި، ބެއިޖިންގ ގެ ޓިއަނަންމެން ސްކޮއަރ ގައި މިއަދު ހެނދުނު ބޭއްވި މި ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ބައިވެރިވެވަޑައިގެންނެވީ ޗައިނާގެ ރައީސް، ޝީ ޖިންޕިންގ ގެ ދަޢުވަތަކަށެވެ. ޗައިނާގެ ރައީސް ޝީ ޖިންޕިންގ ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި، އެމަނިކުފާނުގެ އަރިހުގައި އެޤައ...

ރާއްޖެ-ޗައިނާ: 11 ދާއިރާއަކުން އެއްބާރުލުންދިނުމަށް އެއްބަސްވެއްޖެ
Raajje

ރާއްޖެ-ޗައިނާ: 11 ދާއިރާއަކުން އެއްބާރުލުންދިނުމަށް އެއްބަސްވެއްޖެ

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު 11 އެކި ދާއިރާއަކުން އެއްބާރުލުން ދިނުމާ ބެހޭ ފަހުމުނާމާތަކުގައި މިއަދު ސޮއިކޮށްފިއެވެ. ޗައިނާގެ ބެއިޖިންގްގައި ހުންނަ ވަންގްފުޖިންގް ހިލްޓަން ހޮޓެލްގައި ބޭއްވުނު ރަސްމިއްޔާތުގައި މި ފަހުމުނާމާތަކުގައި ސޮއިކޮށްފައިވާއިރު، މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައިވެރިވެ ވަޑައިގެންގަންނަވާފައެވެ. ދެ ޤައުމުގެ މެދުގައި މިއަދު ސޮއިކުރެވުނު 11 ފަހުމުނާމާގެ ތެރޭގައި އިޤްތިޞާދީ ތަރައްޤީ، އުމުރާނީ ތަރައްޤީ އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން އެއްބ...

ރައީސް މުޢިއްޒު ޗައިނާގެ ރައީސްއާއި ބައްދަލުކުރައްވައިފި
Raajje

ރައީސް މުޢިއްޒު ޗައިނާގެ ރައީސްއާއި ބައްދަލުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޗައިނާގެ ރައީސް ޝީ ޖިންޕިންގއާ މިއަދު ހެނދުނު ބައްދަލުކުރައްވައިފިއެވެ. ޗައިނާގެ ޓިއާންޖިންގައި ހުންނަ ޓިއާންޖިން ޔިންގްބިން ހޮޓެލްގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި ޗައިނާގެ ރައީސް ވަނީ ރައީސް މުޢިއްޒަށް މަރްޙަބާ ވިދާޅުވެ، ދެޤައުމުގެ ގުޅުން ބަދަހިކުރުމުގައި މި ދަތުރުފުޅުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ރައީސް މުޢިއްޒު ވަނީ ދެއްވި މެހެމާންދާރީއަށް ޝުކުރު އަދާކުރައްވާފައެވެ. މިއަދުގެ ބައްދަލުވުމުގައި ދެ ރައީސުން ކުރެއްވި މަޝްވަރާތަކުގައި އިޤްތިޞާދީ ތ...

ޗައިނާގައި ދިވެހި ކަނޑުމަހުން ދަޅުމަސް އުފައްދަން ފަށައިފި
Raajje

ޗައިނާގައި ދިވެހި ކަނޑުމަހުން ދަޅުމަސް އުފައްދަން ފަށައިފި

ރާއްޖެއިން ޗައިނާއަށް އެކްސްޕޯޓްކުރާ ކަނޑުމަހުން، ޗައިނާގެ މަޝްހޫރު ދެ ކުންފުންޏެއް ގުޅިގެން ދަޅުމަސް އުފައްދަން ފަށައިފިއެވެ. ޗައިނާގެ ވެއިހައި ކިޔުޒީ ބްލޫސީ ފުޑްސް ކޮންޕެނީ ލިމިޑެޓް އާއި ޖިންގް ވެއިޑާއޯ ބްރޭންޑް ގުޅިގެން އުފެއްދި މި ދަޅުމަހަކީ، ރާއްޖެއިން އެކްސްޕޯޓްކުރި ކަނޑުމަހުން އުފެއްދި ފުރަތަމަ ސާމްޕަލް ބެޗެވެ. މި ދަޅުމަސް އުފެއްދުމާއި ގުޅިގެން ޚާއްސަ ރަސްމިއްޔާތެއް ބޭއްވިފައިވާއިރު، އުފެއްދި ފުރަތަމަ ސާމްޕަލް ބެޗްގެ ދަޅުމަސް ވަނީ ޗައިނާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފަ...

މާލެ ސަރަހައްދަށް އަނެއްކާވެސް ބޮޑު ހޮސްޕިޓަލެއް، ނަމަކީ "ވިލިމާލެ-ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް"
Raajje

މާލެ ސަރަހައްދަށް އަނެއްކާވެސް ބޮޑު ހޮސްޕިޓަލެއް، ނަމަކީ "ވިލިމާލެ-ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް"

ވިލިމާލޭގައި ޗައިނާގެ ހިލޭ އެހީގެ ދަށުން އިމާރާތްކުރުމަށް ހަމަޖެހިފައިވާ 112 އެނދުގެ އާ ހޮސްޕިޓަލަށް “ވިލިމާލެ-ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް” ގެ ނަން ދީ މާލެ ސަރަހައްދަށް އަނެއްކާވެސް ބޮޑު ހޮސްޕިޓަލެއް އެޅުމަށް ނިންމައިފިއެވެ. މި ނިންމުން އިއުލާންކުރެވުނީ ހޮސްޕިޓަލް އެޅުމަށް ބޭނުންވާ “ލެޓާ އޮފް އެކްސްޗޭންޖު” ގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައެވެ. ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭއްވުނު މި ރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވި ގޮތުގައި، މި އެއްބަސްވު...

ޗައިނާ ފަތުރުވެރިންނަށް ދިމާވާ ހިތާމަވެރި ހާދިސާތައް މަދުކުރުމަށް ހޭލުންތެރިކުރުމުގެ ހަރަކާތެއް
Raajje

ޗައިނާ ފަތުރުވެރިންނަށް ދިމާވާ ހިތާމަވެރި ހާދިސާތައް މަދުކުރުމަށް ހޭލުންތެރިކުރުމުގެ ހަރަކާތެއް

ޗައިނާއިން ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ދިމާވާ ހިތާމަވެރި ހާދިސާތައް މަދުކުރުމަށް ހޭލުންތެރިކުރުމުގެ ހަރަކާތެއް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ. ފުލުހުން ބުނީ، ދިވެހިރާއްޖޭގެ ޓޫރިޒަމްގެ ހައި ސީޒަނާ ދިމާކޮށް، ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން ޗައިނާގެ ފަތުރުވެރިންނަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމުގެ ހަރަކާތެއް ފަށާފައިވާ ކަމަށެވެ. މި ހަރަކާތަކީ އްޖެއަށް ޒިޔާރަތްކުރާ ޗައިނާ ފަތުރުވެރިންނަށް ދިމާވާ ހިތާމަވެރި ހާދިސާތައް މަދުކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ޓ...

''ޗައިނާ-ރާއްޖެ، ގުޅުން ބިނާވެފައިވަނީ އިތުބާރާއި ސިޔާދަތު ދެމެހެއްޓުމުގެ ބިންގަލުގެ މަތީގައި''
Raajje

''ޗައިނާ-ރާއްޖެ، ގުޅުން ބިނާވެފައިވަނީ އިތުބާރާއި ސިޔާދަތު ދެމެހެއްޓުމުގެ ބިންގަލުގެ މަތީގައި''

ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ބިނާވެފައިވަނީ އިތުބާރާއި، އިޙްތިރާމާއި، ސިޔާދަތު ދެމެހެއްޓުމާއެކު، އިސްތިޤުލާލު ހިފެހެއްޓުމުގެ ބިންގަލުގެ މަތީގައިކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ޗައިނާގެ 75 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރިސެޕްޝަނުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ޗައިނާއާއި ރާއްޖެއާއި ޤައުމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް...

ރާއްޖެ-ޗައިނާ، ދެ ޤައުމުގެ ފައިސާއިން މުއާމަލާތްކުރުމުގެ އެއްބަސްވުމެއް
Raajje

ރާއްޖެ-ޗައިނާ، ދެ ޤައުމުގެ ފައިސާއިން މުއާމަލާތްކުރުމުގެ އެއްބަސްވުމެއް

ޗައިނާގެ ޕީޕަލްސް ބޭންކާއި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހާ ވުޒާރާ އާއި ދެމެދު ލޯކަލް ކަރަންސީ ސެޓްލްމަންޓް ފްރޭމްވޯކް ޤާއިމްކުރުމަށް ފަހުމުނާމާއެއް ސޮއިކޮށްފިއެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހާ ވުޒާރާ އިން ބުނީ މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެވިޝަނަރީ ލީޑަރޝިޕް ގެ ދަށުން ޤާއިމުކުރެވުނު ފަހުމުނާމާއެއް ކަމަށެވެ. މިއީ ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ މުޢާމަލާތްތަކާއި އިންވެސްޓްމަންޓް އިތުރުކުރުމަށް އަމާޒުކޮށްގެން ސޮއިކުރެވުނު ފަހުމުނާމާއެއް ކަމަށާއި، އަދި މި ފްރޭމްވޯކް ޤާއިމ...

މާލެ އާއި ވިލިމާލޭގެ މަގުތައް ހަދަން ލެޓަރ އޮފް އެކްސްޗޭންޖެއްގައި ސޮއިކޮށްފި
Raajje

މާލެ އާއި ވިލިމާލޭގެ މަގުތައް ހަދަން ލެޓަރ އޮފް އެކްސްޗޭންޖެއްގައި ސޮއިކޮށްފި

މާލެ އާއި ވިލިމާލޭގެ މަގުތައް ހަދަން ލެޓަރ އޮފް އެކްސްޗޭންޖެއްގައި ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާއި ދެމެދު ސޮއިކޮށްފިއެވެ. އިމާރާތްކުރުމާއި ބިނާރާއާއިބެހޭ ވުޒާރާއިން ބުނީ މާލެ އާއި ވިލިމާލޭގެ މަގުތައް ހަދަން ލެޓަރ އޮފް އެކްސްޗޭންޖެއްގައި ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާއި ދެމެދު އިއްޔެ ސޮއިކޮށްފައިވާ ކަމަށެވެ. މި ލެޓަރ އޮފް އެކްސްޗޭންޖެއްގައި ދިވެހިސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ބިނާރާއާއިބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކު...

ޗައިނާއިން ރާއްޖެއަށް ޓިބެޓް ގްލޭޝިއަލް ފެން ހަދިޔާކުރުމުން ކަންބޮޑުވުން
International

ޗައިނާއިން ރާއްޖެއަށް ޓިބެޓް ގްލޭޝިއަލް ފެން ހަދިޔާކުރުމުން ކަންބޮޑުވުން

ޗައިނާއިން ރާއްޖެއަށް ޓިބެޓް ގްލޭޝިއަލް ފެން ހަދިޔާކުރުމުން ފެނާބެހޭ ޤަވާއިދުތަކާ މެދު ބައިނަލްއަޤްވާމީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ގޭގައި ފެން ހިމާޔަތްކުރުމުގެ ހަރުކަށި ގަވައިދުތައް ތަންފީޒު ކުރަމުން އަންނައިރު، ޗައިނާގެ ޓިބެޓުން ރާއްޖެއަށް 3،000 މެޓްރިކް ޓަނުގެ ގްލޭޝިއަލް ފެން ވަނީ ހަދިޔާކޮށްފައެވެ. މާޗް މަހާއި މެއި މަހު ދެ ބެޗަކަށް ބަހާލައިގެން ފެން ހަދިޔާ ކުރި އިރު، ޗައިނާއިން ފެން ހިމާޔަތް ކުރުމުގެ އާ ގަވައިދެއްވަނީ...

17 ސިއްހީ މަރުކަޒެއްގެ ލެބޯޓަރީތަކަށް އާލަތް ހޯދަން ޗައިނާއާއިއެކު އެއްބަސްވުމެއް
Raajje

17 ސިއްހީ މަރުކަޒެއްގެ ލެބޯޓަރީތަކަށް އާލަތް ހޯދަން ޗައިނާއާއިއެކު އެއްބަސްވުމެއް

ރާއްޖޭގެ 17 ސިއްހީ މަރުކަޒެއްގެ ލެބޯޓަރީތަކަށް އާލަތް ހޯދަން ޗައިނާއާއިއެކު ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގެ 17 ރަށަކަށް ލެބޯޓަރީ އާލާތް ހޯދުމާ ގުޅޭ “ލެޓަރ އޮފް އެކްސްޗޭންޖު” ގައި ސޮއިކޮށްފައި ވަނީ އިއްޔެ ޞިއްޙަތާބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ލެޓަރ އޮފް އެކްސްޗޭންޖުގައި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ދިވެހިރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ހަރ އެކްސެލެންސީ ވަންގ ލިޒިންއެވެ. ޞިއްޙަތާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރ...

ޗައިނާ އިން 12 އެމްބިއުލާންސް ހަދިޔާކޮށްފި
Raajje

ޗައިނާ އިން 12 އެމްބިއުލާންސް ހަދިޔާކޮށްފި

ޗައިނާ އިން 12 ގްރީން އެމްބިއުލާންސް މިއަދު ހަދިޔާކޮށްފި އެވެ. ސިއްހަތާބެހޭ ވުޒާރާއިން ބުނިގޮތުގައި މިއީ ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ ހިލޭ އެހީގެ ދަށުން ހަދިޔާކުރި 12 ގްރީން އެމްބިއުލާންސެވެ. މި އެމްބިއުލާންސްތައް ޞިއްޙީ ވުޒާރާއަށް ހަދިޔާ ކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފައިވާއިރު، މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ. މި ރަސްމިއްޔާތުގައި ޗައިނާ އެމްބަސީގެ ފަރާތުން ގްރީން އެމްބިއުލާންސްތައް ރާއްޖެއާއި ހަވާލ...

ގުޅުން ބަދަހިކުރުމުގައި ރާއްޖެއިން ދެމިތިބޭނެކަމުގެ ޔަގީންކަން ޗައިނާ އަށް ދީފި
Raajje

ގުޅުން ބަދަހިކުރުމުގައި ރާއްޖެއިން ދެމިތިބޭނެކަމުގެ ޔަގީންކަން ޗައިނާ އަށް ދީފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޗައިނާގެ އައު އަހަރު ފެށުމުގެ މުނާސަބަތުގައި އެ ޤައުމުގެ ވެރީންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ. ރައީސް، ޗައިނާގެ އައު އަހަރުގެ ތަހުނިޔާ ފޮނުއްވީ، ޗައިނާގެ ރައީސް ޝީ ޖިންޕިންއަށާއި، ޕްރިމިއަރ އޮފް ދަ ސްޓޭޓް ކައުންސިލް، އަދި ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ ސެންޓްރަލް ކޮމިޓީގެ މެމްބަރ އޮފް ދަ ސްޓޭންޑިންގ ކޮމިޓީ އޮފް ދަ ޕޮލިޓިކަލް ބިއުރޯ، ލީ ޗިއާންގއަށް ފޮނުއްވި ތަހުނިޔާ މެސެޖެއް މެދުވެރިކޮށެވެ. މި މެސެޖުގައި، ޗައިނާއާއި ދިވެހިރާއްޖެއާ ދެޤައުމުގެ […]

ރާއްޖެ އަންނަ ޗައިނާގެ އުޅަނދު އެއްވެސް ދިރާސާއެއް ނުކުރާނެ: ފޮރިން މިނިސްޓްރީ
Raajje

ރާއްޖެ އަންނަ ޗައިނާގެ އުޅަނދު އެއްވެސް ދިރާސާއެއް ނުކުރާނެ: ފޮރިން މިނިސްޓްރީ

ޗައިނާގެ ދިރާސާކުރާ ބޯޓެއް ރާއްޖެއަށް އައި ނަމަވެސް އެ ބޯޓަކުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އެއްވެސް ދިރާސާއެއް ނުކުރާނެ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފިއެވެ. ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޗައިނާގެ އުޅަނދު ރާއްޖޭގައި ބަނދަރުކުރުމުގެ ހުއްދަ ދީފައިވަނީ ޗައިނާ ސަރުކާރުން  އެ އުޅަނދަށް ބޭނުންވާ ބައެއް އަސާސީ ތަކެތި ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ދިވެހި ސަރުކާރުގައި އެދިފައިވާތީ ކަމަށެވެ. އަދި ރާއްޖޭގައި ބަނދަރުކޮށްފައި އޮންނަ މުއްދަތުގައި ދިރާސާކުރުމުގެ އެއްވެސް މ...