Skip to main content
Topic Archive

#ޗައިނާ އެމްބަސީ(ދިވެހިރާއްޖެ)

71 Stories filed
ފަސް އެއްބަސްވުމެއް، ޗައިނާއިން ރާއްޖެއަށް 968 މިލިއަން ރުފިޔާގެ ހިލޭ އެހީ
Raajje

ފަސް އެއްބަސްވުމެއް، ޗައިނާއިން ރާއްޖެއަށް 968 މިލިއަން ރުފިޔާގެ ހިލޭ އެހީ

ދިވެހިރާއްޖެއަށް 968.19 މިލިއަން ރުފިޔާގެ ހިލޭ އެހީ ހިމެނޭހެން ޖުމްލަ ފަސް އެއްބަސްވުމެއްގައި ރާއްޖެއާއި ޗައިނާއާ ދެމެދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުންތަކުގައި ސޮއިކުރީ ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި ފޮރިން މިނިސްޓަރު ވަންގް ޔީ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. އެއްބަސްވުންތަކުގައި ސޮއި ކުރުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިހާރު ރާއްޖެ ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ އާއި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދ...

ދިވެހިންނަށް ޗައިނާއިން 30 ދުވަހުގެ އޮންއެރައިވަލް ވިސާ ދެނީ
Raajje

ދިވެހިންނަށް ޗައިނާއިން 30 ދުވަހުގެ އޮންއެރައިވަލް ވިސާ ދެނީ

ކޯވިޑް-19އާ ގުޅިގެން ޗައިނާއިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލުމުން ދިވެހިންނަށް ޗައިނާއަށް ދިޔުމުން 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އެއްބަސްވުމުގައި ސޮއިކުރީ ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި ފޮރިން މިނިސްޓަރު ވަންގް ޔީ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. ފޮރިން މިނިސްޓްރީން ވިދާޅުވީ، ވިސާއަށް ލުއި ދިނުމުގެ އެއްބަސްވުމުގެ ދަށުން ޗައިނާއަށް ދަތުރުކުރާ ދިވެހިންނަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ...

ޗައިނާގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގެންފި
Raajje

ޗައިނާގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގެންފި

ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި ފޮރިން މިނިސްޓަރު ވަންގް ޔީ ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފި އެވެ. ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ، ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން އޭނާއަށް މަރުޙަބާ ދެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރ އަދި އދ.ގެ ޢާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދުއެވެ. ޝާހިދުގެ އަރިހުގައި ޗައިނާގެ ފޮރިން މިނިސްޓަރަށް މަރުޙަބާ ދެންނެވުމަށް ރާއްޖެގެ ފޮރިން މިނިސްޓްރީގެ އިސްވެރިންވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. ޗައިނާގެ ފޮރިން މިނ...

ޗައިނާގެ ޤައުމީދުވަސް ފާހަގަކުރުމުގެ ހަފުލާއެއް ކުޅުދުއްފުށީގައި
Thiladhunmathi News

ޗައިނާގެ ޤައުމީދުވަސް ފާހަގަކުރުމުގެ ހަފުލާއެއް ކުޅުދުއްފުށީގައި

ޗައިނާގެ 72 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ޗައިނާ މޯލްޑިވްސް ކަލްޗަރ އެސޯސިއޭޝަން (ސީއެމްސީއޭ) އިން ކުޅުދުއްފުށީ ސިޓީގައި ހަފްލާއެއް ބާއްވައިފި އެވެ. މި ހަފްލާ ޝަރަފްވެރި ކޮށްދެއްވާފައިވަނީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފް އެވެ. ކުޅުދުއްފުށީ ސިޓީގައި ކުރިއަށް ގެންދެވުނު މި ހަފްލާގައި ސީއެމްސީއޭ ގެ ފައުންޑަރު އަދި ޗެއާމަން، ކުރީގެ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ރަޝީދުއާއި އެސޯސިއޭޝަންގެ މެންބަރުންގެ އިތުރުން ކުޅުދުއްފުށީގެ ބައެއް ފަރާތްތަކުން ބައިވެރިވެފާވެއެވެ. މި ހަފްލާ...

ޗައިނާއިން ރާއްޖެއަށް އައު ސަފީރެއް އައްޔަންކޮށްފި
Raajje

ޗައިނާއިން ރާއްޖެއަށް އައު ސަފީރެއް އައްޔަންކޮށްފި

ޗައިނާއިން ރާއްޖެ އަށް އައު ސަފީރަކު އައްޔަންކޮށްފިއެވެ. އެ ގައުމުން ރާއްޖެ އަށް މިފަހަރު އައްޔަންކުރީ އަންހެން ސަފީރެކެވެ. ސަފީރު ކަމަށް އައްޔަންކުރި ވޭން ލީޝިން ރާއްޖެ ވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ. އެކަމަނާ ރާއްޖެ ވަޑައިގެން ކުރެއްވި ޓުވީޓުގައި ވިދާޅުވީ ރާއްޖެ ވަޑައިގަތުމުން އެޑިޝަނަލް ސެކެޓްރީ ޖާވިދު ފައިސްލް އާއި ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ ޗީފް ޕްރޮޓޮކޯލް އަހުމަދު މުޖުތަބާގެ ފަރާތުން ލިބިވަޑައިގެންނެވި ހޫނު މަރުހަބާއާ މެދު ވަރަށް ބޮޑަށް ހިންހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. Hello, dea...

ޗައިނާއިން ހަދިޔާކުރި ވެކްސިންގެ 2 ވަނަ ބެޗް ރާއްޖެ ގެނެސްފި
Raajje

ޗައިނާއިން ހަދިޔާކުރި ވެކްސިންގެ 2 ވަނަ ބެޗް ރާއްޖެ ގެނެސްފި

ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރާނެކަމަށް އިއުލާނުކޮށްފައިވާ، 2 ލައްކަ ޑޯޒް ސިނޮފާމް ވެކްސިންގެ ދެވަނަ ބެޗް މިއަދު ރާއްޖެ ގެނެސްފިއެވެ. މިއާއިއެކު ޗައިނާއިން ރާއްޖެއަށް ހަދިޔާކުރަން ނިންމި ސިނޮފާމް ވެކްސިންގެ 2 ލައްކަ ޑޯޒް މިވަނީ ރާއްޖެ ގެނެވިފައެވެ. މި ވެކްސިންގެ ފުރަތަމަ ބެޗް، 1 ލައްކަ ޑޯޒް ދިވެހި ސަރުކާރާއި ހަވާލުކުރީ މިމަހުގެ 25 ވަނަ ދުވަހުއެވެ. ފޮރިން މިނިސްޓަރު ޢަބުދުﷲ ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ، ޗައިނާއިން ހަދިޔާކޮށްފައިވާ ސިނޮފާމް ވެކްސިންގެ ބާކީ […]

ޗައިނާއިން ހަދިޔާ ކުރި ވެކްސިންގެ ފުރަތަމަ ޑޯޒް މާދަމާ ޖަހަން ފަށަނީ
Raajje

ޗައިނާއިން ހަދިޔާ ކުރި ވެކްސިންގެ ފުރަތަމަ ޑޯޒް މާދަމާ ޖަހަން ފަށަނީ

މާދަމާއިންފެށިގެން، ޗައިނާ ސަރުކާރުން ހަދިޔާކުރި ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހަން ފަށާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. އެޗްޕީއޭއިން ބުނީ މާލެ ސަރަހައްދުގައި ކޯވިޑް ވެކްސިންގެ ފުރަތަަމަ ޑޯޒް ދިނުން ހުއްޓާލާފައި އޮތުމަށް ފަހު އަލުން ވެކްސިން ދޭން މާދަމާ ފަށާނެ ކަމަށެވެ. މިގޮތުން މާދަމާ ވެކްސިން ޖަހަން ފަށާއިރު ޖަހާނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީ)އިން ހުއްދަ ދީފައިވާ ޗައިނާގެ ސިނޯފާމް ވެކްސިން ކަމަށް އެ […]

ޗައިނާއިން ވެސް 200،000 ޑޯޒް ވެކްސިން ހަދިޔާ ކުރަނީ
Raajje

ޗައިނާއިން ވެސް 200،000 ޑޯޒް ވެކްސިން ހަދިޔާ ކުރަނީ

ރާއްޖެއަށް އެކިގޮތް ގޮތުން ގިނަ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޗައިނާ ސަރުކާރުން ރާއްޖެއަށް އިތުރު 100،000 ޑޯޒް ކޯވިޑް ވެކްސިން ހަދިޔާ ކުރަން ނިންމައިފިއެވެ. ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ޖޭންގް ލިޖޮންގް، ހުސްވި ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު ވަނީ އެ ގައުމުގެ ސަރުކާރުން ދިވެހި ރައްޔިތުންނަށް 100،000 ޑޯޒްގެ ވެކްސިން ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ. މީގެއިތުރުން، އިތުރު 100،000 ޑޯޒްގެ ވެކްސިން ހަދިޔާ ކުރަން ނިންމާފައިވާ އިއްޔެ، […]

ފަތާ ޓްރެކްއާއިއެކު އިބްރޭގެ ޝުކުރު ޗައިނާއަށް!
Thiladhunmathi News

ފަތާ ޓްރެކްއާއިއެކު އިބްރޭގެ ޝުކުރު ޗައިނާއަށް!

ޗައިނާ ސަރުކާރުން ހއ. ކެލާއަށް ހަދިޔާކުރި ފަތާ ޓްރެކް ރާވާ ނިންމާލެވުމާއެކު، ރައްޔިތުންގެ މަޖިލިސްގައި ކެލާ ތަމްސީލް ކުރަށްވާ، ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ޗައިނާއަށް ޝުކުރު އަދާކޮށްފިއެވެ. ޗައިނާ ސަރުކާރުން ހއ. ކެލާއަށް ހަދިޔާކުރި ފަތާ ޓްރެކް އެރަށަށް ގެންގޮސްފައިވަނީ ހުސްވި ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ. މިހާރު އެ ޓްރެކް ވަނީ ރާވައި، ކެލާގެ ޒުވާނުންނަށް ބޭނުން ކުރެވޭ ގޮތް ހަދާފަ އެވެ. މިކަންފާހަގަކޮށް އިބްރޭ ކުރެއްވި ޓްވީޓެއްގައި ވަނީ […]

ޗައިނާގެ އެހީއެއް ރާއްޖެއަށް، 100،000 ޑޯޒް ވެކްސިން ހަދިޔާ ކުރަނީ
Raajje

ޗައިނާގެ އެހީއެއް ރާއްޖެއަށް، 100،000 ޑޯޒް ވެކްސިން ހަދިޔާ ކުރަނީ

ރާއްޖެއަށް އެކިގޮތް ގޮތުން ގިނަ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޗައިނާ ސަރުކާރުން ރާއްޖެއަށް 100،000 ޑޯޒް ކޯވިޑް ވެކްސިން ހަދިޔާ ކުރަން ނިންމައިފިއެވެ. ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ޖަންގް ލިޖޮންގް މިއަދު ވިދާޅުވީ އެ ގައުމުގެ ސަރުކާރުން ދިވެހި ރައްޔިތުންނަށް 100،000 ޑޯޒްގެ ވެކްސިން ހަދިޔާ ކުރަން ނިންމާފައިވާ ކަމަށެވެ. އެ ވެކްސިން ޝިފްމަންޓް ވަރަށް އަވަހަށް ރާއްޖެއަށް ގެނެވޭނެ ކަަމަށް ވެސް ސަފީރު ވަނީ ވިދާޅުވެފަ އެވެ. އަމިއްލަ ފަރާތަކުން ރާއްޖެއަށް ހަދިޔާކުރި […]

ކެލާއަށް ޗައިނާގެ ހަދިޔާއެއް
Thiladhunmathi News

ކެލާއަށް ޗައިނާގެ ހަދިޔާއެއް

ޗައިނާ ސަރުކާރުން ހއ. ކެލާއަށް ހަދިޔާކުރި ފަތާ ޓްރެކް އެރަށަށް ގެންގޮސްފިއެވެ. މި ފަތާ ޓްރެކަކީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް، 2019 ވަނަ އަހަރުގެ ތެރޭގައި ހއ. އަތޮޅުގެ ތިން ރަށަކަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ކެލާއަށް ކުރެއްވި ޒިޔާރަތުގައި އެ ރަށުގެ ޒުވާނުން، އެރަށުގައި ފަތާޓްރެކެއް ހެދުމަށް އެހީތެރިކަމަށް އެދުމުން ހަދިޔާ ކުރެއްވި ފަތާ ޓްރެކެކެވެ. ކެލާ ކައުންސިލްގެ ރައީސް އާދަމް ޣުފްރާން ”ތިލަދުން” ވިދާޅުވީ މިއަދު އެ ޓްރެކް އެރަށަށް ލިބިފައިވާ ކަމަށެވެ...