Skip to main content
Topic Archive

#ސްރީލަންކާ

86 Stories filed
ރައީސް ޞާލިޙް، ސްރީލަންކާގެ ރައީސާ ބައްދަލު ކުރައްވައިފި
Raajje

ރައީސް ޞާލިޙް، ސްރީލަންކާގެ ރައީސާ ބައްދަލު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް، ސްރީލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސައާ މިއަދު ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ، ރައީސް ޞާލިޙް ސްރީލަންކާއަށް މިހާރު ކުރައްވަމުންގެންދަވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. ރައީސް ޞާލިޙް ސްރީލަންކާއަށް ކުރައްވާ މި ދަތުރުފުޅަކީ “ޕްރައިމް މިނިސްޓަރ މަހިންދަ ރާޖަޕަކްސަ ޓްރޮފީ 2021” ފުޓްބޯޅަ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ. ރައީސް ޞާލިޙް، ސްރީލ...

ލަންކާ އެއާޕޯޓުގެ ޕީސީއާރް ޓެސްޓް ކައުންޓަރު ތޮއްޖެހުމާއި އެކު އިތުރު އިންތިޒާމްތަކެއް
International

ލަންކާ އެއާޕޯޓުގެ ޕީސީއާރް ޓެސްޓް ކައުންޓަރު ތޮއްޖެހުމާއި އެކު އިތުރު އިންތިޒާމްތަކެއް

ލަންކާ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުން، އޮން އެރައިވަލް ޕީސީއާރް ޓެސްޓް ހެދުމަށް ބޭނުންވާ އިންތިޒާމްތައް އިތުރުކޮށްފިއެވެ. ބަންޑާރަނަޔަކަ އިންޓާނޭޝަނަލް އެއާޕޯޓުގައި އޮން އެރައިވަލް ޕީސީއާރް ޓެސްޓް ހެދުމަށް ބޭނުންވާ ކައުންޓަރުތައް އިތުރުކޮށް ފަސިންޖަރުންނަށް ފަސޭހައިން ގައިދުރުކަމާއި އެކު ޓެސްޓް ހެދުމާއި ޓެސްޓްއަށް ފައިސާ ދެއްކުމަށް ބޭނުންވާނެ ކައުންޓަރުތަކެއްވެސް ވަނީ ގާއިމްކޮށްފައެވެ. ލަންކާ އެއާޕޯޓްގައި ކައުންޓާތައް ިއތުރުކޮށްފައި މިވަނީ ލަންކާ އެއާޕޯޓް ތެރޭގައި އެއްވެސް ގައިދުރުކަމެ...

ރާއްޖެ-ލަންކާ މެޗް ބައްލަވަން ނަމާލް ރާއްޖޭ ވަޑައިގެންފި
Raajje

ރާއްޖެ-ލަންކާ މެޗް ބައްލަވަން ނަމާލް ރާއްޖޭ ވަޑައިގެންފި

ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ރާއްޖެއާއި ސްރީ ލަންކާ ބައްދަލުކުރާ މެޗު ބެއްލެވުމަށް ލަންކާގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ނާމަލް ރާޖަޕަކްސަ ރާއްޖެ ވަޑައިގެންފިއެވެ. ނަމާލްއަކީ ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާގެ ދަރިކަލެކެވެ. ނަމާލް ރާއްޖެ ވަޑައިގަތީ މިއަދުގެ ހެނދުނުގެ ވަގުތެއްގަ އެވެ. މިއަދު ލަންކާ ކުޅޭ މެޗް ބެއްލެވުމަށްފަހު ނަމާލް މިރޭގެ ވަގުތެއްގައި ރާއްޖެއިން ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބިއެވެ. ނަމަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭނާ ރާއްޖެ ވަޑައިގަތީ...

ލަންކާ ރަޓްމަލާނާ އެއާޕޯޓުން ރާއްޖެއަށް ދަތުރު ފަށަނީ
Business

ލަންކާ ރަޓްމަލާނާ އެއާޕޯޓުން ރާއްޖެއަށް ދަތުރު ފަށަނީ

ސްރީ ލަންކާގެ ރަޓްމަލާނާ އެއާޕޯޓުން ރާއްޖެއަށް ދަތުރުތައް ފަށަން ނިންމަައިފިއެވެ. މިއީ އެ އެއާޕޯޓުން 50 އަހަރު ފަހުން ބައިނަލްއަގުވާމީ ދަތުރުތައް ފަށާ ފުރަތަމަ ފަހަރެވެ. އެގޮތުން، އެންމެ ފުރަތަމަ ފްލައިޓު ޝެޑިއުލް ކޮށްފައިވަނީ ރާއްޖެއަށެވެ. ލަންކާގެ ޓޫރިޒަމް މިނިސްޓްރީއާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުގައި ބުނެފައިވާގޮތުގައި މި ދަތުރުތައް ފަށާނީ އަންނަ މަހުއެވެ. އަދި ރާއްޖޭގެ އެއާލައިނުތަކުން ވެސް ވަނީ އެ އެއާޕޯޓަށް ދަތުރު ފަށަން އެއްބަސްވެފައެވެ. މި ދަތުރުތައް ފެށުމާއެކު ފްލައިޓް ޕާކު ކުރުމަށް […...

ދެން ލަންކާއަށް ޓޫރިސްޓް ވިސާގައި ދެވޭނީ ފީއެއް ދައްކައިގެން
Business

ދެން ލަންކާއަށް ޓޫރިސްޓް ވިސާގައި ދެވޭނީ ފީއެއް ދައްކައިގެން

ރާއްޖެއިން ލަންކާއަށް ޓޫރިސްޓް ވިސާގައި ދާ މީހުން އަތުން އޮންއެރައިވަލް ވިސާ ފީގެ ގޮތުގައި 25 ޑޮލަރު ނަގަން އެ ގައުމުން ފަށައިފިއެވެ. ލަންކާގެ އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ކަނޑައަޅާފައިވާ އާ އުސޫލުގެ ދަށުން ސާކު ގައުމުތަކުން 30 ދުވަހުގެ އޮންއެރައިވަލް ވިސާއަކަށް 25 ޑޮލަރުގެ ފީއެއްނަގާނެއެވެ. އޮންލައިންކޮށް ވިސާ ނަގާ ނަމަ ދައްކަން ޖެހޭނީ 20 ޑޮލަރެވެ. މީގެ ކުރިން ދިވެހިންނަށް ހިލޭ ޓޫރިސްޓު ވިސާ ލިބެއެވެ. މިގޮތަށް ބަދަލު ގެނަޔަސް، 30 ދުވަހުގެ ވިސާ […]

ކޯވިޑް-19 ޖެހިގެން ލަންކާގައި ދިވެއްސަކު ނިޔާވެއްޖެ
Raajje

ކޯވިޑް-19 ޖެހިގެން ލަންކާގައި ދިވެއްސަކު ނިޔާވެއްޖެ

ކޯވިޑް-19 ޖެހިގެން ލަންކާގައި ދިވެއްސަކު ނިޔާވެއްޖެއެވެ. ލަންކާގައި މިވަގުތު ކޯވިޑް ބަލި ދަނީ ވަރަށް ބާރަށް  ފެތުރެމުންނެވެ. ބަލީގެ ހާލަތު ގޯސްވުމުގެ ސަބަބުން މިވަގުތު އެ ޤައުމު އޮތީވެސް ފުރަބަނދުކޮށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު މީޑިއާއަށް ވިދާޅުވީ، ލަންކާގައި ކޮވިޑްގައި ދިވެއްސަކު ނިޔާވުމާއި ގުޅިގެން އާއިލާއަށް ފޯރުކޮށްދޭން ޖެހޭ ކޮންސިއުލާ އެހީތެރިކަން ކޮލަމްބޯގައި ހުންނަ ދިވެހި ރާއްޖޭގެ ހައި ކޮމިޝަނުން ފޯރު...

ރައީސް ޞާލިޙް، ސްރީލަންކާގެ ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
Raajje

ރައީސް ޞާލިޙް، ސްރީލަންކާގެ ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް، ސްރީލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސަގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިއީ ރައީސް ޞާލިޙްގެ ދެ ކަނބަލުން ސްރީލައްކާއަށް މިހާރު ކުރައްވަމުންގެންދަވާ ނުރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރެއްވި ޒިޔާރަތެކެވެ. މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ މިއަދު ހެނދުނު ކޮލަންބޯގައި ހުންނަ ޕްރެޒިޑެންޓަލް ސެކްރެޓޭރިއެޓްގައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ރައީސުން ވަނީ ކޯވިޑް-19 ކޮންޓްރޯލްކުރުމަށް ކުރެވޭ މަސައްކަތާއި، އެ މަސައްކަތުގައި ހުރި...

ކަރަންޓީނު މުއްދަތަށް ބަދަލު ގެނެސްފައިވާތީ ލަންކާއަށް ދަތުރުކުރާނަމަ ސަމާލުވާން އެދެފި
Raajje

ކަރަންޓީނު މުއްދަތަށް ބަދަލު ގެނެސްފައިވާތީ ލަންކާއަށް ދަތުރުކުރާނަމަ ސަމާލުވާން އެދެފި

ސްރީލަންކާގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ، އެގަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް، ކަރަންޓީން އުސޫލަށް ބަދަލުގެނަސްފައިވާތީ އެކަމަށް ދިވެހިން ސަމާލުވުމަށް ފޮރިން މިނިސްޓްރީއިން އެދިއްޖެއެވެ. މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް އެގައުމަށް ދަތުރުކުރާ ފަރާތްތައް، ލަންކާ ސަރުކާރުން ކަނޑައަޅާ ކަރަންޓީން ހޮޓަލެއް ނުވަތަ ކަރަންޓީން ސެންޓަރެއް، ނުވަތަ ރައްކާތެރިކަމަށް ކަނޑައެޅިފައިވާ ލެވެލް 1ގެ ހޮޓަލެއްގައި 14 ދުވަހު ކަރަންޓީންވާންޖެހޭނެ ކަމަށް ލަންކާ ސަރުކާރުންފަވާކަމަ...

މޫނު ބުރުގާ މަނާކުރަން ލަންކާގެ ކެބިނެޓުން ރުހުންދީފި
International

މޫނު ބުރުގާ މަނާކުރަން ލަންކާގެ ކެބިނެޓުން ރުހުންދީފި

އާއްމު ތަންތަނުގައި އުޅޭއިރު މޫނު ބުރުގާ އަޅައިގެން ނުވަތަ މޫނު ނިވާކޮށްގެން އުޅުން މަނާކުރުމަށް ޑްރާފްޓްކޮށްފައިވާ ބިލަށް ސްރީ ލަންކާގެ ކެބިނެޓުން އިއްޔެރުހުން ދީފިއެވެ. ކެބިނެޓުގެ ތަރުޖަމާން، މިނިސްޓަރ އޮފް މާސް މީޑިއާ އެންޑް އިންފޮމޭޝަން ކެހެލިޔާ ރަމްބުކްވެއްލާ ވިދާޅުވީ އާއްމު ތަންތަނުގައި އުޅޭ އިރު މޫނު ބުރުގާ މަނާކުރަންކެބިނެޓުގެ ރުހުން ދިނީ މޫނު ނިވާ ކުރުމުން އެއީ ކާކުކަން ދެނެގަންނަން ދަތިވާނެތީ ކަމަށެވެ. އަދި އެއީ ގައުމީ ސަލާމަތަށް ކުރިމަތިވާނެ ނުރައްކަލެއް ކަމަށްވެސްއޭނާ ވިދާޅުވިއެވެ. އ...

ލަންކާ ފަތުރުވެރިންނަށް ހުޅުވާލައިފި
International

ލަންކާ ފަތުރުވެރިންނަށް ހުޅުވާލައިފި

މުޅިދުނިޔެއަށް ކުރިމަތިވި ކޯވިޑް-19 ވަބާގެ ސަބަބުން ބަންދުކުރަން ޖެހުނު އަވަށްޓެރި ސްރީލަންކާގެ ބޯޑަރުތައް، މިއަދު ފަތުރުވެރިންނަށް ހުޅުވާލައިފި އެވެ. ފަތުރުވެރިން މެދުގައި ދެކުނު އޭޝިޔާ ސަރަހައްދުން މަގުބޫލުކަން ހޯދާފައިވާ އެއް މަންޒިލް ގޮތުގައި ހިމެނޭ، ސްރީލަންކާގެ ބޯޑަރުތައް މިއަދު ފަތުރުވެރިންނަށް މި ހުޅުވައިލީ، ކޯވިޑާއި ގުޅިގެން އެ ގައުމުގެ ބޯޑަރުތައް ބަންދުކޮށްފައި އޮންނަތާ 10 މަސް ފަހުން ނެވެ. ލަންކާގެ ޓުއަރިޒަމް ޕްރޮމޯޝަން ބިއުރޯ (އެސްއެލްޓީޕީބީ) އިން ބުނެފައި ވަނީ އެގައުމު ފަތުރުވެރިނަށ...

މުޅި ލަންކާއިން ކަރަންޓު ކެނޑިއްޖެ
International

މުޅި ލަންކާއިން ކަރަންޓު ކެނޑިއްޖެ

އަވަށްޓެރި ސްރީލަންކާގެ ހުރިހާ އަވަށަކުން ކަރަންޓު ކެނޑި އެގައުމުގެ ރައްޔިތުންނަށް ގިނަ ދަތި ތަކަކާއި ކުރިމަތިލާން ޖެހިއްޖެއެވެ. ގާތްގަނޑަކަށް ހަތްގަޑިއިރަށް ކަރަންޓު ކެންޑިފައި ވަނީ ޓްރާންސްމިޝަން ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށް އެގައުމުގެ ކަރަންޓާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. ކަރަންޓުގެ މައްސަލަ ދިމާވީ ކެރަވަލަ ޕިޓީޔާގެ ސަބް ސްޓޭޝަނުންނެވެ. މައްސަލަދިމާވުމާއި އެކު މުޅި ޤައުމުން ވަނީ ކަރަންޓު ކެންޑިފައެވެ. ކޮލަމްބޯ ސަރަހައްދަށް ހަތް ގަޑިއިރު ފަހުން ކަރަންޓް ލިބ...