އިސްރާއީލަށް އަސްކަރީ ސާމާނު ފޮނުވުން ހުއްޓުވަން ފަރަންސޭސި ޖަމިއްޔާތަކުން ކޯޓަށް
އިސްރާއީލުގެ ދިފާޢީ ކުންފުންޏެއް ކަމަށްވާ އެލްބިޓް ސިސްޓަމްސް އަށް ފޮނުވަން ތައްޔާރުކޮށްފައިވާ އަސްކަރީ ސާމާނުތަކެއްގެ ޝިޕްމަންޓެއް ފޮނުވުން ހުއްޓުވުމަށް އެދި، ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން ފަރަންސޭސިވިލާތަށް ލާޒިމުވާ ކަންކަމަށް ރިއާޔަތްކޮށް އެ ޤައުމުގެ ތިން ޖަމްޢިއްޔާއަކުން ޕެރިހުގެ އެޑްމިނިސްޓްރޭޓިވް ކޯޓަށް ހުކުރު ދުވަހު މައްސަލައެއް ހުށަހަޅައިފިއެވެ. މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ ފްރެންކޯ-ޕަލަސްތީނިއަން ޖަމްޢިއްޔާއެއް ކަމަށްވާ ‘ނިޑާލް’ އާއި، އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖ...