Skip to main content
Topic Archive

#ފަލަސްތީނު

441 Stories filed
ނަތަންޔާހޫގެ ގަތުލުއާންމު ކުށްވެރިކޮށް، އދ.ގެ ވީޓޯ ބާރު އުވާލަން ސްޕޭނުން ގޮވާލައިފި
News

ނަތަންޔާހޫގެ ގަތުލުއާންމު ކުށްވެރިކޮށް، އދ.ގެ ވީޓޯ ބާރު އުވާލަން ސްޕޭނުން ގޮވާލައިފި

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ދާއިމީ މެންބަރުންނަށް ލިބިދީފައިވާ ވީޓޯ ކުރުމުގެ ބާރު އުވާލުމަށް ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ގޮވާލައްވައިފިއެވެ. އދ. ގެ އާންމު މަޖިލީހުގައި ބުދަ ދުވަހު ތަގުރީރު ކުރައްވަމުން ސަންޗޭޒް ވިދާޅުވީ، ދުނިޔޭގެ އެކި ސަރަހައްދުތަކަށް އިންސާފުވެރި ތަމްސީލުވުމެއް ކަށަވަރުކުރުމަށްޓަކައި ސެކިއުރިޓީ ކައުންސިލް އިސްލާހުކުރަން ޖެހޭ ކަމަށެވެ. އަ...

ޣައްޒާގެ ހަނގުރާމައާއެކު އދ. ގެ އިތުބާރު ގެއްލިއްޖެ، ނަތަންޔާހޫ ހިންގަނީ ޤަތުލުޢާއްމެއް: ބްރެޒިލް
International

ޣައްޒާގެ ހަނގުރާމައާއެކު އދ. ގެ އިތުބާރު ގެއްލިއްޖެ، ނަތަންޔާހޫ ހިންގަނީ ޤަތުލުޢާއްމެއް: ބްރެޒިލް

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ޣައްޒާގައި ހިންގަމުންދަނީ ޤަތުލުޢާއްމެއް ކަމަށާއި، އޭގެ ސަބަބުން ލިބޭ އަނިޔާއާއި ނަފްސާނީ އަސަރުތައް ފަލަސްތީނުގެ އަންނަން އޮތް ޖީލުތަކުން އުފުލަންޖެހޭނެ ކަމަށް ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ދާ ސިލްވާ ވިދާޅުވެއްޖެއެވެ. އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަމުން ލޫލާ ވަނީ، ބައިނަލްއަގުވާމީ ބޮޑެތި ކުރިމަތިލުންތައް ހުއްޓުވުމަށް އދ. ގެ ސެކިއުރިޓީ ކައުންސިލް ނުކުޅެދިފައިވުމުގެ ސަބަބުން އެ ޖަމްއިއްޔާގެ އިތުބާރު ތާރީޚީ މިންވަރަކަ...

ޣައްޒާގެ އާންމުންގެ ނިކަމެތިކަން ބަލައިނުގަނެވޭނެ، ހައްލަކީ ދެ ދައުލަތް ގާއިމުކުރުން:: ކްރޮއޭޝިއާ
International

ޣައްޒާގެ އާންމުންގެ ނިކަމެތިކަން ބަލައިނުގަނެވޭނެ، ހައްލަކީ ދެ ދައުލަތް ގާއިމުކުރުން:: ކްރޮއޭޝިއާ

ޣައްޒާގައި ހާލުގައި ޖެހިފައިވާ އާންމު ރައްޔިތުންގެ ނިކަމެތިކަމާއި ތަހައްމަލުކުރަމުންދާ އުނދަގޫތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ފަލަސްތީނުގެ މައްސަލައަށް އޮތް ދާއިމީ ހައްލަކީ މަޝްވަރާކޮށްގެން ދެ ދައުލަތް ގާއިމުކުރުން ކަމަށް ކްރޮއޭޝިއާގެ ބޮޑުވަޒީރު އެންޑްރޭ ޕްލެންކޮވިޗް ވިދާޅުވެއްޖެއެވެ. އެއްބައިވަންތަވެފައިވާ ދައުލަތްތަކުގެ ޖަމްއިއްޔާ (އދ.) ގޭ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަމުން ޕްލެންކޮވިޗް ވިދާޅުވީ، ފަލަސްތީނުގައި ހިނގަމުންދާ އަނިޔާވެރިކަމުގެ ބުރު ނައްތާލުމަށްޓަކައި އާންމުން ރަ...

ޣައްޒާގެ ހާލަތާމެދު ދުނިޔެ ހިމޭނުން އޮތުމަކީ ލަދުވެތިކަމެއް: މެކްރޯން
International

ޣައްޒާގެ ހާލަތާމެދު ދުނިޔެ ހިމޭނުން އޮތުމަކީ ލަދުވެތިކަމެއް: މެކްރޯން

ޣައްޒާގެ ހާލަތާމެދު ބައިނަލްއަޤްވާމީ މުޖުތަމަޢުން ފިޔަވަޅެއް ނާޅައި ހިމޭނުން އޮތްނަމަ ދުނިޔޭގެ އިޢުތިބާރު ގެއްލިގެންދާނެ ކަމަށް ވިދާޅުވެ، އެ ސަރަޙައްދަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އަޅާފައިވާ ހުރަސްތަކަކީ “ލަދުވެތި” ކަމެއްގެ ގޮތުގައި ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން ސިފަކުރައްވައިފިއެވެ. އދ. ގޭ އާންމު މަޖިލީހުގައި ތަޤްރީރު ކުރައްވަމުން މެކްރޯން ވަނީ ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުން ހުއްޓިފައިވާ ހުއްޓުމާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މެކްރޯން ވިދާޅުވީ ޣައްޒާއަށް ސުލްޙަ އަތު...

މެދުއިރުމަތީގައި ހަމަޖެހުން ގާއިމުކުރެވޭނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެދިގެން: އދ.ގެ ވެރިޔާ
International

މެދުއިރުމަތީގައި ހަމަޖެހުން ގާއިމުކުރެވޭނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެދިގެން: އދ.ގެ ވެރިޔާ

މެދުއިރުމަތީގައި ދެމެހެއްޓެނިވި ހަމަޖެހުމާއި ރައްކާތެރިކަން ގާއިމުކުރެވޭނެ ހަމައެކަނި މަގަކީ އިސްރާއީލާއި ފަލަސްތީނުގެ ދެ ދައުލަތް އެކުއެކީގައި އުފެއްދުން ކަމަށާއި، އެ ނޫން އެހެން އެއްވެސް އިޚްތިޔާރެއް ނެތް ކަމަށް އދ. ގެ އަމީން އާންމު އެންޓޯނިއޯ ގުޓެރޭޝް ވިދާޅުވެއްޖެއެވެ. އދ. ގައި ވާހަކަފުޅު ދައްކަވަމުން ގުޓެރޭޝް ވަނީ ފަލަސްތީނާއި އިސްރާއީލުގެ މައްސަލައަށް ދެ ދައުލަތް އެކުއެކީގައި އޮތުމުގެ ހައްލު (ޓޫ-ސްޓޭޓް ސޮލިއުޝަން) ހޯދައިދިނުމުގެ މުހިންމުކަން އަލުން ތަކުރާރު ކުރައްވާފައެވެ. އިޖުތިމާއީ މީޑިއާ...

އެމެރިކާ އިން އިސްރާއީލަށް 2.8 ބިލިއަން ޑޮލަރުގެ 40،000 ބޮން ފޮނުވަނީ
International

އެމެރިކާ އިން އިސްރާއީލަށް 2.8 ބިލިއަން ޑޮލަރުގެ 40،000 ބޮން ފޮނުވަނީ

އިސްރާއީލަށް 2.8 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމުގެ އާ އެއްބަސްވުމެއްގެ ދަށުން، ނުރައްކާތެރި ބަރު 40،000 ބޮން ފޮނުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ރާވަމުންދާކަމަށް ރިޕޯޓްތައް ބުނެފިއެވެ. މީގެ ދެ އަހަރު ކުރިން ބައިޑަންގެ ސަރުކާރުން ފޮނުވުން ހުއްޓުވި 2،000 ޕައުންޑުގެ މި ބޮންތަކަކީ ޣައްޒާގައި ގިނަ އަދަދެއްގެ އާންމުން މަރުވެދާނެ ކަމުގެ ބިރު ބޮޑުވުމުން ހިފެހެއްޓި ހަތިޔާރުތަކެއްކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. އެއްބަސްވުން އަދި ނިމުމަކަށް ނާންނާތީ ނަން ހާމަނުކުރުމަށް ޝަރުތުކޮ...

ޖެހިޖެހިގެން ދެވަނަ އަހަރު، ފަލަސްތީނުގެ ރައީސަށް އެމެރިކާއިން ވިސާ ނުދީ ހުރަސްއަޅައިފި
International

ޖެހިޖެހިގެން ދެވަނަ އަހަރު، ފަލަސްތީނުގެ ރައީސަށް އެމެރިކާއިން ވިސާ ނުދީ ހުރަސްއަޅައިފި

އަންނަ ހަފުތާގައި އެމެރިކާގެ ނިއުޔޯކުގައި ބޭއްވުމަށް ހަމަޖެހިފައިވާ އދ.ގެ އާންމު މަޖިލީހުގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އެދިވަޑައިގަތުމުން، އެމެރިކާއިން އެންޓްރީ ވިސާ ނުދޭން ނިންމާ ފަލަސްތީނުގެ އަޑު އުފުލުމަށް ހުރަސްއަޅައިފިއެވެ. ބޭރުގެ މީޑިއާތަކަށް މައުލޫމާތުދީފައިވާ ފަލަސްތީނުގެ ދެ މަސްދަރަކުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، މިއީ ވިދިވިދިގެން ދެވަނަ އަހަރު އައްބާސަށް އެމެރިކާއިން ވިސާ ނުދިން ފަހަރެވެ. އެމެރިކާއިން ފަލަސްތީނުގެ މަސްއޫލު...

ނަތަންޔާހޫ ހިންގަނީ ހަނގުރާމައިގެ ޖަރީމާ އާއި ނަސްލު ނައްތާލުން: އިނގިރޭސިވިލާތް
International

ނަތަންޔާހޫ ހިންގަނީ ހަނގުރާމައިގެ ޖަރީމާ އާއި ނަސްލު ނައްތާލުން: އިނގިރޭސިވިލާތް

އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކާ ގުޅިގެން، އިސްރާއީލާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް އިނގިރޭސިވިލާތުން ނިންމައިފިއެވެ. އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު އެޑް މިލިބޭންޑް، އިނގިރޭސި ގާނޫނުހަދާ މަޖިލީހުގެ ދަށުގެ (ހައުސް އޮފް ކޮމަންސް) ގައި ވާހަކަދައްކަވަމުން ވިދާޅުވީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާތަކާއި ނަސްލީ ސާފުކުރުމުގެ އަމަލުތައް ހިންގަމުންދާ ކަމަށެވެ. މިލިބޭންޑް ވ...

އިސްރާއީލު ސިފައިންގެ މީހަކު ހިމެނޭ އިޝްތިހާރުގެ މައްސަލަ ބޮޑުވެ އެޑިޑާސް އިން މާފަށް އެދެފި
International

އިސްރާއީލު ސިފައިންގެ މީހަކު ހިމެނޭ އިޝްތިހާރުގެ މައްސަލަ ބޮޑުވެ އެޑިޑާސް އިން މާފަށް އެދެފި

އިސްރާއީލުގެ ކުރީގެ ސިފައިންގެ މީހަކު ބައިވެރިކޮށްގެން ހިންގި އިޝްތިހާރު ކެމްޕޭނަކާ ގުޅިގެން އާންމުންގެ ނުރުހުން އަމާޒުވެ، އެ ކުންފުނީގެ އުފެއްދުންތައް ބޮއިކޮޓްކުރުމަށް ގޮވާލަން ފެށުމުން ޖަރުމަނުގެ މަޝްހޫރު ސްޕޯޓްސްވެއާ ކުންފުނި އެޑިޑާސްއިން ހޯމަ ދުވަހު މާފަށް އެދިއްޖެއެވެ. ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެޑިޑާސްއިން “ސިންގަލް ޝޫ” ހިދުމަތް އިޝްތިހާރުކުރުމަށް ބޭނުންކޮށްފައިވަނީ އިސްރާއީލުގެ ކުރީގެ ސިފައިންގެ މީހެއް ކަމަށްވާ ޝަލޭވް ބިޓޮން އެވެ. މިކަމާ ގުޅިގެން އެޑިޑާސްއިން ނ...

އިސްރާއީލުގެ ކުރީގެ ސިފައިންގެ މީހަކު އިޝްތިހާރުގައި ބޭނުންކުރުމުން އަނެއްކާވެސް އެޑިޑާސް ބޮއިކޮޓްގެ ރާޅެއް
International

އިސްރާއީލުގެ ކުރީގެ ސިފައިންގެ މީހަކު އިޝްތިހާރުގައި ބޭނުންކުރުމުން އަނެއްކާވެސް އެޑިޑާސް ބޮއިކޮޓްގެ ރާޅެއް

އެކި ސަބަބުތަކާ ހުރެ އެއް އަތް ނުވަތަ އެއް ފައި ނެތް މީހުންނަށް ވަކިން އެއް ބޫޓު ގަނެވޭ ގޮތަށް އެޑިޑާސްއިން ކުރިއަށްގެންދާ “ސިންގަލް ޝޫ ސާވިސް” އިޝްތިހާރު ކުރުމަށް އިސްރާއީލުގެ ކުރީގެ ސިފައިންގެ މީހަކު ބޭނުންކުރުމާ ގުޅިގެން، އެ ކުންފުނި ބޮއިކޮޓް ކުރުމަށް ގޮވާލާ އަޑުތައް އަނެއްކާވެސް ގަދަވެއްޖެއެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުންނާއި ސޯޝަލް މީޑިއާ ބޭނުންކުރާ ގިނަ ބަޔަކު ދަނީ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމުގެ ތެރެއިން އެތައް ހާސް ބައެއްގެ އަތްފައި […]

ގައްޒާގެ އިމާރާތްތަކުގެ ދަށުން ފެނުނު 100 ފަލަސްތީނު ރައްޔިތުންގެ ޖަނާޒާ ބާއްވައިފި
International

ގައްޒާގެ އިމާރާތްތަކުގެ ދަށުން ފެނުނު 100 ފަލަސްތީނު ރައްޔިތުންގެ ޖަނާޒާ ބާއްވައިފި

ގައްޒާ ސިޓީގެ ޒައިތޫން އަވަށުގައި އިސްރާއީލުން ދިން ހަމަލާތަކުގައި ސިއްކަކޮށްލާފައިވާ އިމާރާތްތަކުގެ ދަށުން ފެނުނު 100 ފަލަސްތީނު ރައްޔިތުންގެ ހަށިގަނޑާއި ބައިތައް ފަސްދާނުލުމަށް ބޭއްވި ބޮޑު ޖަނާޒާގެ ހިނގާލުމުގައި ފަލަސްތީނުގެ އެތައް ބަޔަކު ބައިވެރިވެއްޖެއެވެ. އާދީއްތަ ދުވަހު ބޭއްވި މި ޖަނާޒާގައި މަރުވި މީހުންގެ އާއިލާތަކުގެ އިތުރުން މުޖުތަމަޢުގެ އިސްފަރާތްތަކާއި ސިޔާސީ ޝަޚްސިއްޔަތުތައް ބައިވެރިވިއެވެ. ހަލާކުވެފައިވާ އިމާރާތްތަކުގެ ކައިރީގައި ފަލަސްތީނުގެ ދިދަ އޮޅާފައިވާ ހަށިގަނޑުތައް ބެހެއްޓުމަ...

ޣައްޒާގެ އާބާދީއާއި ބިމަށް ބަދަލުުގެނައުމަށް ކުރާ އެއްވެސް މަސައްކަތެއް ބަލައިނުގަނެވޭނެ: އީޔޫ
International

ޣައްޒާގެ އާބާދީއާއި ބިމަށް ބަދަލުުގެނައުމަށް ކުރާ އެއްވެސް މަސައްކަތެއް ބަލައިނުގަނެވޭނެ: އީޔޫ

ޣައްޒާގެ އާބާދީއަށް ނުވަތަ އެ ސަރަހައްދުގެ ބިމަށް އެއްވެސް ބަދަލެއް ގެނައުމަށް ކުރެވޭ ކޮންމެ މަސައްކަތެއް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ބަލައިނުގަންނާނެ ކަމަށް އެ އިއްތިހާދުން ބުނެފިއެވެ. އީޔޫއިން މިކަން ހާމަކޮށްފައިވަނީ ޔޫރަޕިއަން ކޮމިޝަންގެ ތަރުޖަމާނު ކްރިސްޓިއަން ވިގަންޑް ހުކުރު ދުވަސް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ. ތުރުކީގެ ”އަނަދޯލޫ އެޖެންސީން” ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވިގަންޑް ވިދާޅުވީ، އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ގަރާރު 2735 އާ އެއްގޮތަށް، ޣައ...

އެމެރިކާ އިން ފިޔަވަޅުއެޅުމުން އަލްސަޣީރަށް ތިން ދުވަސް ވަންދެން ހެވުނު، ބްރެޒިލްގައި ފަލަސްތީނުގެ އަޑު ގަދަވެއްޖެ
International

އެމެރިކާ އިން ފިޔަވަޅުއެޅުމުން އަލްސަޣީރަށް ތިން ދުވަސް ވަންދެން ހެވުނު، ބްރެޒިލްގައި ފަލަސްތީނުގެ އަޑު ގަދަވެއްޖެ

ފަލަސްތީނުގެ އެކްޓިވިސްޓް ރާވާ އަލްސަޣީރާއި ‘މަސާރު ބަދީލް’ ހަރަކާތާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައި، ޓެރަރިޒަމްގެ ލިސްޓުގައި ހިމެނުމާ ގުޅިގެން، ބްރެޒިލް އަދި ލެޓިން އެމެރިކާގެ އެކި ސަރަހައްދުތަކުގައި ފަލަސްތީނަށް ތާއީދުކުރާ ފަރާތްތަކުގެ އެއްބާރުލުން އިތުރުވާން ފަށައިފިއެވެ. އެކްޓިވިސްޓުން ބުނަމުންދަނީ އެމެރިކާގެ މި ނިންމުމަކީ ފަލަސްތީނުގެ ހައްގުގައި ކުރެވޭ ސިޔާސީ މަސައްކަތްތަކާއި އެއްބާރުލުން ދިނުމުގެ ހަރަކާތްތައް ކުށްވެރިކުރުމަށް ކުރާ މަސައްކަތެއް ކަމަށެވެ. އެމެރިކާގެ...

ހުޅަނގުއައްސޭރީގެ އިތުރު އަވަށެއް ފޭރިގަނެ އޮކްޓޯބަރު 2023ގެ ފަހުން އިސްރާއީލުން ފޭރިގަތް އަވަށްތަކުގެ އަދަދު 66 އަށް
International

ހުޅަނގުއައްސޭރީގެ އިތުރު އަވަށެއް ފޭރިގަނެ އޮކްޓޯބަރު 2023ގެ ފަހުން އިސްރާއީލުން ފޭރިގަތް އަވަށްތަކުގެ އަދަދު 66 އަށް

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރި (ވެސްޓް ބޭންކް) ގެ ދެކުނުގައި އޮންނަ ޚިރްބަތު އަލް-ތަބާން އަވަށުގެ ރައްޔިތުން ގަދަކަމުން ބޭރުކޮށްލުމާ ގުޅިގެން، އޮކްޓޯބަރު 2023 ގެ ފަހުން އިސްރާއީލުން ރައްޔިތުން އެއްކޮށް ހުސްކޮށްލި 66 ވަނަ ފަލަސްތީނު އަވަށަކަށް އެ އަވަށް ވެފައިވާ ކަމަށް އިސްރާއީލުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ ބީސަލެމް އިން ބުނެފިއެވެ. ބީސަލެމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހެބްރޮންގެ ދެކުނުގައި އޮންނަ މި އަވަށަށް އިސްރާއީލު ސިފައިން ވަދެގަނެ، މަދު [...

ޣައްޒާގައި ނަސްލު ނައްތާލަމުން ދަނިކޮށް ޖަރުމަނުން އިސްރާއީލަށް 930 މިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ
International

ޣައްޒާގައި ނަސްލު ނައްތާލަމުން ދަނިކޮށް ޖަރުމަނުން އިސްރާއީލަށް 930 މިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ

އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޤަތުލުޢާއްމު ކުރިއަށްދާ މިދަނޑިވަޅުގައި، މި އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި އެ ޤައުމަށް ގާތްގަނޑަކަށް 800 މިލިއަން ޔޫރޯ (930 މިލިއަން އެމެރިކާ ޑޮލަރު) ގެ އަސްކަރީ ސާމާނު އެކްސްޕޯޓް ކުރުމުގެ ހުއްދަ ޖަރުމަނު ސަރުކާރުން ދީފިއެވެ. ޣައްޒާގައި ނަސްލު ނައްތާލަމުން ދަނިކޮށް ރުމަނުން އިސްރާއީލަށް 930 މިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަން ހުއްދަދީފި މި މަޢުލޫމާތު ހާމަކޮށްފައިވަނީ އިދިކޮޅު ލެފްޓް ޕާޓީން ޕާލަމެންޓުގައި ކުރ...