Skip to main content
Topic Archive

#ފަލަސްތީނު

441 Stories filed
އިސްރާއީލުން ޑްރޯން ހަމަލާއެއްދީ ފަލަސްތީނުގެ އެއް އާއިލާއެއްގެ ތިން މީހަކު ޝަހީދުކޮށްލައިފި
International

އިސްރާއީލުން ޑްރޯން ހަމަލާއެއްދީ ފަލަސްތީނުގެ އެއް އާއިލާއެއްގެ ތިން މީހަކު ޝަހީދުކޮށްލައިފި

ޣައްޒާގެ ދެކުނުގައިވާ ޚާން ޔޫނިސްގެ އުތުރު ސަރަހައްދަށް އިސްރާއީލުން ދިން ޑްރޯން ހަމަލާއެއްގައި ފަލަސްތީނުގެ އެއް އާއިލާއަކަށް ނިސްބަތްވާ ތިން މީހުން ޝަހީދުވެއްޖެއެވެ. މިކަން ހާމަކޮށްފައިވަނީ ނާސިރު މެޑިކަލް ކޮމްޕްލެކްސްއާ ހަވާލާދީ އެ ސަރަހައްދުގައި ހަރަކާތްތެރިވާ ނޫސްވެރިންނެވެ. މި ނުރައްކާތެރި ހަމަލާ ދީފައި މިވަނީ، ވޭތުވެދިޔަ އަހަރު އެއްބަސްވި “ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ” ޚިލާފަށް، އިސްރާއީލުގެ އަސްކަރިއްޔާއިން މުޅި ޣައްޒާގެ އެކި ސަރަހައްދުތަކަށް ދެމުންގެންދާ ހަމަލާތައް ހުއްޓުމެއްނެތި...

އިސްރާއީލަށް ފިޔަވަޅު ނޭޅޭތީ އޯއައިސީގައި ރާއްޖެއިން ކަންބޮޑުވުން ފާޅުކޮށްފި
International

އިސްރާއީލަށް ފިޔަވަޅު ނޭޅޭތީ އޯއައިސީގައި ރާއްޖެއިން ކަންބޮޑުވުން ފާޅުކޮށްފި

އިސްރާއީލުގެ ޣައިރު ޤާނޫނީ ޢަމަލުތައް ހުއްޓުވައި، އެ ޤައުމުގެ މައްޗަށް ބައިނަލްއަޤުވާމީ ޤާނޫނުތައް ތަންފީޒުކުރުމަށް އެކަށޭނެ ފިޔަވަޅުތަކެއް އަޅާފައިނުވާތީ، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ބައްދަލުވުމެއްގައި ދިވެހިރާއްޖެއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ރާއްޖެއިން މިކަމަށް ކަންބޮޑުވުން ފާޅުކުރެއްވީ ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި ޚާރިޖީ ވަޒީރުންގެ ފެންވަރުގައި މިއަދު ބޭއްވި އޯއައިސީގެ އެކްސްޓްރާއޯޑިނަރީ މީޓިންގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ދެއްކެވި ވާހަ...

އިސްރާއީލުން ފަލަސްތީނުގެ ޖެރޫސަލަމް އެފެއާޒް މިނިސްޓަރާއި އިތުރު 30 މީހަކު ހައްޔަރުކޮށްފި
Sports

އިސްރާއީލުން ފަލަސްތީނުގެ ޖެރޫސަލަމް އެފެއާޒް މިނިސްޓަރާއި އިތުރު 30 މީހަކު ހައްޔަރުކޮށްފި

އިސްރާއީލުގެ ފުލުހުން ފަލަސްތީނުގެ ޖެރޫސަލަމް އެފެއާޒް މިނިސްޓަރު އަޝްރަފް އަލް-އައުވަރު ހައްޔަރުކޮށްފިއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އިރުމަތީ ގުދުސްގެ ސިލްވާން އަވަށުގައި ހުންނަ އޭނާގެ ގެއިން ބުދަ ދުވަހުއެވެ. މިނިސްޓަރުގެ އޮފީހުގެ އޮފިޝަލަކު ބޭރުގެ ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވީ، އިސްރާއީލު ފުލުހުން އޭނާ ހައްޔަރުކުރީ އެއްވެސް ސަބަބެއް ބަޔާންނުކޮށް ކަމަށެވެ. އަދި މިކަމާ ގުޅިގެން އިސްރާއީލުގެ ފުލުހުން އަދި އެއްވެސް ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ. ފާއިތުވި އަހަރު އިސްރާއީލުގެ...

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ޣައްޒާގެ 20 މީހަކު ޝަހީދުކޮށްލައިފި
International

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ޣައްޒާގެ 20 މީހަކު ޝަހީދުކޮށްލައިފި

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ މަދުވެގެން 20 މީހުން ޝަހީދުވެއްޖެއެވެ. އޮކްޓޫބަރު 2025 ގައި އިއުލާނުކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް، އިސްރާއީލުގެ ވައިގެ ހަމަލާތަކާއި ޑްރޯން ހަމަލާތައް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޣައްޒާއަށް ދަނީ ދެމުންނެވެ. މީގެ އިތުރުން، ޖެނުއަރީ 2024 ގައި އުމުރުން ފަސް އަހަރުގެ ހިންދު ރަޖަބާއި އޭނާގެ އާއިލާގެ ހަ މެންބަރަކު މަރާލި މައްސަލައިގެ ޖިނާއީ ތަހުގީގެއް އިސްރާއީލުގެ އަސްކަރިއްޔާއިން މިހާރު ވ...

ފަލަސްތީނުގެ ނަރުހެއްގަޔަށް އިސްރާއީލުގެ ޖައްބާރަކު ބަޑިޖެހުމުގެ ސަބަބުން މުޅި އުމުރަށް ވާގިނެތިއްޖެ
International

ފަލަސްތީނުގެ ނަރުހެއްގަޔަށް އިސްރާއީލުގެ ޖައްބާރަކު ބަޑިޖެހުމުގެ ސަބަބުން މުޅި އުމުރަށް ވާގިނެތިއްޖެ

ހިފާފައިވާ ހުޅަނގު އައްސޭރީގެ ހެބްރޮން ކައިރީގައި، ކައިވެންޏަށް ތައްޔާރުވުމުގެ ގޮތުން ހަދަމުންދިޔަ އޭނާގެ އަމިއްލަ ގޭގެ ކައިރީގައި ހުއްޓައި، އިސްރާއީލުގެ ހައްދުފަހަނައެޅި ޖައްބާރު ވަޒަންވެރިން ބަޑިޖެހުމުގެ ސަބަބުން ފަލަސްތީނުގެ 27 އަހަރުގެ ނަރުހެއް މުޅި އުމުރަށް ވާގިނެތިފައިވާކަމަށް ފަލަސްތީނުގެ ނާސިންގ އެންޑް މިޑްވައިފަރީ އެސޯސިއޭޝަނުން ބުނެފިއެވެ. ދުރާ ގަވަރމެންޓަލް ހޮސްޕިޓަލުގެ އިންޓެންސިވް ކެއާ ނަރުހެއް ކަމަށްވާ މުޙައްމަދު ނަބީލް އަލް މުތައްވަރުގެ ބުރަކައްޓަށް ބަޑިޖަހާފައިވަނީ ހެބްރޮންގެ އިރ...

ޣައްޒާގެ ރައްޔިތުން އެކަނިވެރިކޮށެއް ނުލާނަން، އެހީތެރިވުމުގައި ދެމި ތިބޭނަން: ތުރުކީ
International

ޣައްޒާގެ ރައްޔިތުން އެކަނިވެރިކޮށެއް ނުލާނަން، އެހީތެރިވުމުގައި ދެމި ތިބޭނަން: ތުރުކީ

ޣައްޒާގެ ރައްޔިތުން އެކަނިވެރިކޮށް ނުލާނެ ކަމަށާއި އެ ގައުމަށް އެހީތެރިވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ތުރުކީން ކުރާނެ ކަމަށް އެގައުމުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވިދާޅުވެއްޖެއެވެ. ރައީސް އުރުދުޣާން ގެންދަވަނީ ބައިނަލްއަގުވާމީ އެކި މެހެފިލްތަކުގައި ފަލަސްތީނުގެ މައްސަލައަށް ވަކާލާތު ކުރައްވަމުންނެވެ. އެގޮތުން، ވަގުތުން ވަގުތަށް ހަނގުރާމަ ހުއްޓާލުމަށާއި، 1967 ވަނަ އަހަރުގެ ބޯޑަރުތަކުގެ މައްޗަށް ބިނާވެފައިވާ މިނިވަން ފަލަސްތީނު ދައުލަތެއް ގާއިމުކުރުމަށް އެމަނިކުފާނު ބާރުއަޅުއްވައެ...

އިސްރާއީލަށް ގެންދަން އުޅުނު ކާގޯ ކޮންޓޭނަރެއް މެލޭޝިޔާއިން ހިފަހައްޓައިފި
International

އިސްރާއީލަށް ގެންދަން އުޅުނު ކާގޯ ކޮންޓޭނަރެއް މެލޭޝިޔާއިން ހިފަހައްޓައިފި

އިސްރާއީލަށް ގެންދިއުމަށް ތައްޔާރުކޮށްފައިވާ އަސްކަރީ ބޭނުންތަކަށް ބޭނުންކުރެވިދާނެ ފަދަ މުދާތަކެއް އެކުލެވޭ ކާގޯ ކޮންޓޭނަރެއް މެލޭޝިޔާގެ ކަމާބެހޭ ފަރާތްތަކުން ހިފަހައްޓައިފިއެވެ. މި ކޮންޓޭނަރު ހިފަހައްޓާފައިވަނީ ޖޯހޯރުގައި އޮންނަ ޕޯޓް އޮފް ތަންޖުންގް ޕެލެޕަސްއިންނެވެ. މެލޭޝިޔާގެ ބޯޑަރު ކޮންޓްރޯލް އެންޑް ޕްރޮޓެކްޝަން އޭޖެންސީ (އޭކޭޕީއެސް) އިން މި ކޮންޓޭނަރު ހިފެހެއްޓީ ލިބުނު އިންޓެލިޖެންސް މައުލޫމާތުތަކަކަށް ބަލައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. އިބްތިދާއީ ތަހުގީގުތަކުން ދައްކާ ގޮތުގައި މި މު...

ފަލަސްތީނުގެ ކޮންވޯއީގައި ބައިވެރިވި ފަރަންސޭސި އެކްޓިވިސްޓް ސެބަސްޓިއަން އިސްލާމްވެއްޖެ
International

ފަލަސްތީނުގެ ކޮންވޯއީގައި ބައިވެރިވި ފަރަންސޭސި އެކްޓިވިސްޓް ސެބަސްޓިއަން އިސްލާމްވެއްޖެ

ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރުމަށް ފްރާންސުން ފެށި “ޕަލެސްޓައިން ކޮންވޯއީ” ގައި ބައިވެރިވި ފަރަންސޭސިވިލާތުގެ އެކްޓިވިސްޓެއް ކަމަށްވާ ސެބަސްޓިއަން މިޝެލޮޓް އިސްލާމްދީން ގަބޫލުކޮށްފިއެވެ. އިސްލާމްވުމަށްފަހު އޭނާ މިހާރު ވަނީ އޭނާގެ ނަން ޔޫސުފް ސަލާހުއްދީން ގެ ނަމަށް ބަދަލުކޮށްފައެވެ. ބޮސްނިއާ އެންޑް ހެރްޒެގޮވީނާއިން ފެށިގެން ތުރުކީ މަގުން ހުޅަނގު އައްސޭރިއަށާއި އުރުދުންއަށް ދަތުރުކުރާ މި އެއްގަމު ކޮންވޯއީ ތުރުކީއަށް ފޯރުމާއެކު، ސެބަސްޓިއަން ވަނީ އޭނާ އިސްލާމްވިކަން ރަސްމީކޮށް އިއުލާންކޮށްފައ...

އިސްރާއީލުން ޝަހީދުކޮށްލި އެތުލީޓުންގެ ހަނދާނުގައި ފަލަސްތީނުން '1000 ޝަހީދުންގެ ކަޕް' ލޯންޗުކޮށްފި
Sports

އިސްރާއީލުން ޝަހީދުކޮށްލި އެތުލީޓުންގެ ހަނދާނުގައި ފަލަސްތީނުން '1000 ޝަހީދުންގެ ކަޕް' ލޯންޗުކޮށްފި

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ޝަހީދުކޮށްލާފައިވާ ފަލަސްތީނުގެ 1،014 އެތުލީޓުންގެ ހަނދާނުގައި “1000 ޝަހީދުންގެ ކަޕް” ނަމުގައި މުބާރާތެއް ބޭއްވުމަށް ފަލަސްތީނުން ނިންމައިފިއެވެ. މި މުބާރާތް ލޯންޗުކުރިކަން އިއުލާން ކުރެއްވީ ފަލަސްތީނުގެ ސުޕްރީމް ކައުންސިލް ފޯ ޔޫތު އެންޑް ސްޕޯޓްސްގެ ރައީސް ޖިބްރީލް ރާޖޫބް އެވެ. ހިފާފައިވާ ހުޅަނގު އައްސޭރީގެ އަލް ބީރޭގައި ހުންނަ ޖޯސެފް ބްލެޓާ ފުޓްބޯޅަ އެކަޑަމީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރާޖޫބް ވިދާޅުވީ، މި މުބާރާތު...

ފަލަސްތީނުގެ ހައްގުގައި ގްރީސްގައި ބޮޑެތި އެއްވުންތަކެއް
Raajje

ފަލަސްތީނުގެ ހައްގުގައި ގްރީސްގައި ބޮޑެތި އެއްވުންތަކެއް

ޔޫރަޕްގެ އެކި ގައުމުތަކުގައި ފަލަސްތީނަށް ތާއީދުކޮށް ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން، ގްރީސްގެ ވެރިރަށް އެތެންސްގައި ބޮޑު އެއްވުމެއް ބާއްވައިފިއެވެ. ގްރީސްގެ އެކި ސިޓީތަކުގައި ހަރަކާތްތެރިވާ އެކްޓިވިސްޓުންނާއި އިންތިޒާމްކުރާ ފަރާތްތަކުން އަންނަނީ “ޑޭ ފޯ ފަލަސްތީން” ނުވަތަ “ޑޭ އޮފް އެކްޝަން” ގެ ނަމުގައި ގަވާއިދުން މިފަދަ ހަރަކާތްތައް ހިންގަމުންނެވެ. މި މުޒާހަރާތަކުގެ ބައިވެރިން އާންމުކޮށް އެއްވަނީ އެތެންސްގެ މަރުކަޒީ ސަރަހައްދުތައް ކަމަށްވާ މޮނަސްޓިރާކީ ސްކޮޔަރ، ވިކްޓޯރިއާ ސްކޮޔަރ...

އިސްރާއީލް ސިފައިން ބޮލަށް ދިން ބަޑީގެ ހަމަލާއަކާ ގުޅިގެން ޒަޚަމްވި ފަލަސްތީނުގެ ކުޑަކުއްޖަކު ޝަހީދުވެއްޖެ
International

އިސްރާއީލް ސިފައިން ބޮލަށް ދިން ބަޑީގެ ހަމަލާއަކާ ގުޅިގެން ޒަޚަމްވި ފަލަސްތީނުގެ ކުޑަކުއްޖަކު ޝަހީދުވެއްޖެ

އިސްރާއީލް ސިފައިން ދިން ބަޑީގެ ހަމަލާތަކެއްގައި ޒަޚަމްވި ފަލަސްތީނުގެ އަންހެން ކުއްޖަކު މިއަދު ޝަހީދުވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، އިސްރާއީލުން އެ އެއްބަސްވުމާ ޚިލާފަށް ދެމުންދާ ހަމަލާތަކުގެ ތެރެއިންނެވެ. ޝަހީދުވެފައިވަނީ އުމުރުން 13 އަހަރުގެ ސަބާ ނައީމް އަބްދުﷲ އަލް-ހަޝާޝް އެވެ. ސިއްހީ މަސްދަރުތަކުން ބައިނަލްއަގްވާމީ މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، އެ ކުއްޖާ ޝަހީދުވީ މީގެ ދެ ދުވަސ...

ޣައްޒާއާ ގުޅޭ ޓްރަމްޕްގެ 15 ނުކުތާގެ ޕްލޭނަށް އިސްރާއީލުން ދެކޮޅުހަދައިފި
International

ޣައްޒާއާ ގުޅޭ ޓްރަމްޕްގެ 15 ނުކުތާގެ ޕްލޭނަށް އިސްރާއީލުން ދެކޮޅުހަދައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ‘ބޯޑް އޮފް ޕީސް’ އިން ޣައްޒާގެ މައްސަލައަށް ހުށަހެޅި 15 ނުކުތާގެ ސުލްހައިގެ ޕްލޭން އިސްރާއީލުން ރަސްމީކޮށް ދެކޮޅުކަން ޢިއުލާންކޮށްފިއެވެ. އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ، ފަލަސްތީނުގެ ހަމާސް ޖަމާއަތުން ފުރިހަމައަށް ހަތިޔާރު ބަހައްޓަންދެން އިސްރާއީލުގެ ސިފައިން ޣައްޒާއިން ފޭބުމަށް ދެކޮޅު ހަދާ ކަމަށެވެ. އާދީއްތަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި ވާހަކަދަމުން ނަތަންޔާހޫ ބުނެފައި ވަނީ، އިސްރާއީލުން އެ 15 ނުކުތާގެ ލިޔުން ބަލައެ...

ފަލަސްތީނުގެ ލީޑަރުން ނިންމާ ކޮންމެ ނިންމުމަކަށް އީރާނުން ތާއީދުކުރާނެ: ރައީސް ޕެޒެޝްކިއަން
International

ފަލަސްތީނުގެ ލީޑަރުން ނިންމާ ކޮންމެ ނިންމުމަކަށް އީރާނުން ތާއީދުކުރާނެ: ރައީސް ޕެޒެޝްކިއަން

ހަމާސް ޖަމާއަތާއި އިސްރާއީލާ ދެމެދު ކުރިއަށްދާ ނުސީދާ މަޝްވަރާތަކުގައި ފަލަސްތީނުގެ ލީޑަރުން ނިންމަވާ ކޮންމެ ނިންމުމަކަށް ނުވަތަ އިސްނެންގެވުމަކަށް އީރާނުން ތާއީދުކުރާނެ ކަމަށް އެ ގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ބުދަ ދުވަހު ވިދާޅުވެއްޖެއެވެ. އީރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރައީސް މިހެން ވިދާޅުވީ ހަމާސްގެ ސިޔާސީ ގޯފީގެ އިސްވެރިޔާ ޚަލީލް އަލް-ހައްޔާއަށް ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ފޯނު ކޯލުގައި ރައީސް ޕެޒެޝްކިއަން ވަނީ ފަލަސްތީނުގެ މަޝްވަރާވެރިނ...

ޣައްޒާގެ އިމާރާތްތަކުގެ ދަށުން ފެނުނު 112 މީހެއްގެ ޖަނާޒާ ބާއްވައިފި
International

ޣައްޒާގެ އިމާރާތްތަކުގެ ދަށުން ފެނުނު 112 މީހެއްގެ ޖަނާޒާ ބާއްވައިފި

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި ސުންނާފަތިކޮށްލާފައިވާ އިމާރާތްތަކުގެ ދަށުން ފެނުނު 112 މީހެއްގެ ކަށުނަމާދާއި ޖަނާޒާ އަންގާރަ ދުވަހު ބާއްވައިފިއެވެ. މި ޖަނާޒާ ބާއްވާފައިވަނީ ގައްޒާ ސިޓީގެ ސަބްރާ އަވަށުގައެވެ. ބައިނަލްއަގްވާމީ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފަލަސްތީނުގެ ދިދަ އޮޅާފައިވާ މި ހަށިތައް ބާއްވާފައިވަނީ އެމީހުން ޝަހީދުވި އިމާރާތްތަކުގެ ކައިރީގައެވެ. މި ޖަނާޒާގައި އެތައް ހާސް ބަޔަކު ބައިވެރިވެފައިވާއިރު، މިއީ ފަލަސްތީނުގެ ތާރީޚުގައިވެސް އެއްފަހަރާ އެނ...

ޣައްޒާގެ ރައްޔިތުން ވަޒަނުން ބޭރު ކުރުމުގެ ޕްލޭން ކާމިޔާބު ނުވާތީ ނަތަންޔާހޫ ރުޅިގަދަވެއްޖެ
International

ޣައްޒާގެ ރައްޔިތުން ވަޒަނުން ބޭރު ކުރުމުގެ ޕްލޭން ކާމިޔާބު ނުވާތީ ނަތަންޔާހޫ ރުޅިގަދަވެއްޖެ

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ވަރުގަދަ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުން ރެފިއުޖީންގެ ގޮތުގައި ބަލައިގަތުމަށް ދުނިޔޭގެ ގައުމުތަކުން ދެކޮޅު ހަދަމުންދާތީ، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަރަށް ބޮޑަށް ރުޅިގަދަވެ ވާހަކަދައްކައިފިއެވެ. ޣައްޒާގެ ރައްޔިތުން ވަޒަނުން ބޭރުކޮށް އެހެން ގައުމުތަކުގައި ވަޒަންވެރި ކުރުމަކީ އިސްރާއީލުގެ ޕްލޭނެވެ. ނަމަވެސް އެކަން އަދި މިހާތަނަށް ކާމިޔާބުވާގޮތެއް ނުވެއެވެ. އިސްރާއީލުގެ ދައުލަތުގެ ޓީވީގައި ވާހަކަދައްކަމުން ނަތަންޔ...