ފަލަސްތީނުގެ މައްސަލައިގައި އިޒްރޭލާ ދެކޮޅަށް ވަގުތުން ފިޔަވަޅު އެޅުމަށް އީރާނުން ޑިމާންޑްކޮށްފި
ހަނގުރާމަ ހުއްޓާލައި މެދުއިރުމައްޗަށް ދާއިމީ ސުލްހަ ގެނައުމަށް އެއްބަސްވުމަކަށް އަންނަން ބޭނުންނަމަ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ އަމަލުތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ވަގުތުން ފިޔަވަޅު އެޅުމަށް އީރާނުން ޑިމާންޑްކޮށްފިއެވެ. މިއީ އީރާނުގެ ހާރިޖީ ސިޔާސަތާއި ސަރަހައްދީ ޑިޕްލޮމެޓިކް މަސައްކަތްތަކުގެ ތެރެއިން އެ ގައުމުން ތަކުރާރުކޮށް ކުރަމުންދާ މުހިންމު އިލްތިމާސެކެވެ. ބައިނަލްއަގްވާމީ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އީރާނުން ވަނީ އދ. ގެ ސަލާމަތީ މަޖިލީހާއި...