ފްލޮޓިލާގެ އައު އުޅަނދުތަކެއްގެ ''ރާޅެއް'' ދަތުރުފަށައިފި
ޣާއްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދަތުރުކުރަމުންދާ ގްލޯބަލް ސުމޫދު ފްލޮޓިލާ އާއެކު އިތުރު 9 އުޅަނދު މިހާރު ދަތުރު ފަށާފައިވާ ކަމަށް ފްލޮޓިލާ އިންތިޒާމްކުރާ ފަރާތުން މިއަދު ހާމަކޮށްފިއެވެ. ފްލޮޓިލާގެ ފަރާތުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މި ދަތުރުގެ މައިގަނޑު މަޤްޞަދަކީ އިޒްރޭލުން ގިނަ އަހަރުތަކެއް ވަންދެން ޤާނޫނާ ޚިލާފަށް ޣާއްޒާގައި ކުރަމުންދާ ހިޞާރު ނިމުމަކަށް ގެނައުން ކަމަށެވެ. އަދި މި މިޝަނަކީ ހަމައެކަނި އިންސާނީ އެހީގެ މަޤްޞަދުގައި ކުރިއަށްގެންދާ މިޝަނެއް ކަމަށް އެފަރާތ...