ފްލޮޓިލާއަށް ހަމަލާދިނުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފުވުން، އެއީ ބޮޑުކުށެއް: ކޮލަމްބިއާގެ ރައީސް
ބޮގޮޓާ، 1 އޮކްޓޯބަރު 2025: ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްސަދުގައި ދަތުރުކުރަމުންދާ ގްލޯބަލް ސުމޫދު ފްލޮޓިލާ (ޖީއެސްއެފް)އަށް ހަމަލާދިނުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފުވުމެއް ކަމަށާއި، އެއީ އިންސާނިއްޔަތާ ޚިލާފު ބޮޑު ކުށެއްކަމަށް ކޮލަމްބިއާގެ ރައީސް ގުސްތާވޯ ޕެޓްރޯ ވިދާޅުވެއްޖެއެވެ. މިކަން އޭނާ ހާމަކުރެއްވީ މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. މިގޮތުން ކޮލަމްބިއާގެ ރައީސް ގުސްތާވޯ ޕެޓްރޯ ވަނީ، ޣައްޒާ ސުމޫދު ފްލޮޓިލާގައި ހަރަކާތްތެރިވާ ސަތޭ...