ހއ. އާއި ހދ. އަތޮޅުގައި "ރައްކާ ރޯޑް ޝޯ" ގެ ހަރަކާތްތަކެއް
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ރައްޔިތުން އެކަމަށް ހޭލުންތެރިކުރުވުމަށް ފުލުހުން ކުރިއަށް ގެންދާ “ރައްކާ ރޯޑް ޝޯ” ގެ ހަރަކާތްތައް ހއ. އަތޮޅާއި ހދ. އަތޮޅުގައި ފަށައިފިއެވެ. މި ފެބުރުވަރީ މަހުގެ 7 އިން 12 އަށް ކުރިއަށްދާ މި ޕްރޮގްރާމަކީ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނާއި އަޕަރ ނޯތު ޕޮލިސް ގުޅިގެން ހިންގާ ހަރަކާތެކެވެ. މި ހަރަކާތްތަކުގެ ތެރެއިން ހއ. އަދި ހދ. އަތޮޅުގެ ފަސް ސުކޫލެއްގެ ދަރިވަރުންނަށް އަމާޒުކޮށްގެން ޓްރެފިކް މޮނީޓާސް ޕްރޮގްރާމް […]