ޣައްޒާގައި ހަނގުރާމަ ހުއްޓާލަން ގޮވާލާ ޤަރާރު އެމެރިކާއިން ވީޓޯކޮށް ފެއިލްކޮށްލައިފި
ފަލަސްތީނުގެ ޣައްޒާގައި އަނިޔާވެރި އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި ގަތުލްއާންމު ވަގުތުން ހުއްޓާލުމަށް ގޮވާލާ ހުށަހެޅުނު ޤަރާރު އެމެރިކާއިން ވީޓޯކޮށް މިފަހަރުވެސް ފެއިލްކޮށްލައިފިއެވެ. އދ. ގެ ސެކިއުރިޓީ ކައުންސިލްގެ 10،000 ވަނަ ޖަލްސާގައި މި ޤަރާރު ވީޓޯކުރީ ޣައްޒާގައި ބަނޑުހައިހޫނުކަން ފެތުރެމުންދާ ދަނޑިވަޅެއްގައި އަދި އިސްރާއީލުން ޣައްޒާ ސިޓީ އެކީ ކޮންޓްރޯލްކުރުމަށް ހިންގަމުންދާ ހަނގުރާމައިގެ ތެރޭގައެވެ. މިއަދު ވޯޓަށް އެހި ގަރާރަކީ ޣައްޒާގެ މައްސަލައިގައި މިދިޔަ ޖޫންމަހާއި މިދިޔައަހަރުގެ ނޮ...