ފްލޮޓިލާގެ ތިން އުޅަނދެއް އިސްރާއީލްގެ ބަނދަރުގައި ހިފަހައްޓާފައިވޭ: ރިޕޯޓް
ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދަތުރުކުރަމުންދިޔަ ފްލޮޓިލާއެއްގެ މަދުވެގެން ތިން އުޅަނދު މިވަގުތު އިސްރާއީލްގެ އަޝްދޯދް ބަނދަރުގައި ހިފަހައްޓާފައިވާ ކަމަށް އަލްޖަޒީރާގެ ފެކްޓް-ޗެކިންގ އޭޖެންސީން ކަށަވަރުކޮށްދީފިއެވެ. މި އުޅަނދުތައް ހިފަހައްޓާފައި ވަނީ ބައިނަލްއަޤްވާމީ ކަނޑުގެ ސަރަހައްދުން، އިސްރާއީލުން ޣައިރު ޤާނޫނީ ގޮތެއްގައި އިންޓަރސެޕްޓްކުރުމަށްފަހު ދެކުނަށް ގެންގޮސް ކަމަށް އެ ފްލޮޓިލާއިން ވަނީ ބުނެފައެވެ. މެރިން ޓްރެފިކް ވެބްސައިޓުން ލިބޭ ޓްރެކިންގ މަޢުލޫމާތުން ދައްކާގޮތުގައި، ގްރ...