އިޒްރޭލުން ޑްރޯނުންނާއި މިސައިލުން ހަމަލާދީ ފަލަސްތީނު އިތުރު 24 މީހަކު ޝަހީދުކޮށްލައިފި
އިޒްރޭލުގެ ޑްރޯން އަދި މިސައިލް ހަމަލާތަކެއްގައި، ފަލަސްތީނުގެ ޣައްޒާގައި މަދުވެގެން 24 ފަލަސްތީނު މީހުން ޝަހީދުކޮށްލައިފިއެވެ. މި ހަމަލާތަކުގައި އެތައް ބަޔަކަށް އަނިޔާވެފައިވާކަމަށް ރިޕޯޓުތައް ބުނާއިރު، މިއީ މިދިޔަ މަހު ވެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފަށް އިޒްރޭލުން ދެމުންދާ ހަމަލާތަކެކެވެ. އިޒްރޭލުގެ ޑްރޯން އަދި މިސައިލް ހަމަލާތަކެއްގައި އުތުރު ޣައްޒާ އާއި މެދުތެރޭ ޣައްޒާގެ އެކި ހިސާބުތަކުން މަދުވެގެން 24 ފަލަސްތީނު މީހުން ޝަހީދުކޮށްލައި، އެތައް ބަޔަކަށް އެކިވަރުގެ އަނިޔާވެފައި...