އިޒްރޭލުގައި ހުންނަ ސްޕެއިންގެ ސަފީރު އަނބުރާ ގެންދަން ނިންމައިފި
އިޒްރޭލުން ގާޒާގައި ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމާއި، އެމެރިކާއާއި އިޒްރޭލު ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ އާ ހަނގުރާމައާ ދެކޮޅު ހެދުމުގެ ގޮތުން، އިޒްރޭލުގައި ހުންނަވާ ސްޕެއިންގެ ސަފީރު އަނބުރާ ގައުމަށް ގެންދިއުމަށް ސްޕެއިން ސަރުކާރުން ނިންމައިފިއެވެ. ސްޕެއިންގެ ރަސްމީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ ބަޔާނެއްގައި ވާގޮތުން، މި ނިންމުން ނިންމާފައިވަނީ ބުދަ ދުވަހުއެވެ. ސްޕެއިން އަކީ ޔޫރަޕްގެ އިއްތިހާދުގެ ގައުމުތަކުގެ ތެރެއިން އިޒްރޭލުގެ އުދުވާނަށް އެންމެ ބޮޑަށް ފާޑުކިޔަމުންދާ އެއް...