އިސްރާއީލްގެ މީޑިއާއިން ހަގީގަތް އޮޅުވާލައި ފަތުރަނީ ޕްރޮޕެގެންޑާ: އިސްރާއީލްގެ ނޫސްވެރިޔާ ލެވީ
އިސްރާއީލްގެ މީޑިއާއިން ވަނީ އެ ޤައުމުގެ ރައްޔިތުންނަށް ޣައްޒާ ހަނގުރާމައިގެ ހަގީގަތް ވަރަށް ބޮޑަށް އޮޅުވާލާފައި ކަމަށް އިސްރާއީލްގެ ނޫސްވެރިޔާ އަދި ކޮލަމިސްޓް ގިޑިއަން ލެވީ ބުނެފިއެވެ. 2021 ވަނަ އަހަރު ނޫސްވެރިކަމުގެ ދާއިރާއިން އިސްރާއީލުގެ އެންމެ މަތީ އެވޯޑް ކަމަށްވާ ސޮކޮލޮވް އެވޯޑް ހޯދާފައިވާ ލެވީ އަލްޖަޒީ އަަށް ވާހަކަދައްކަމުން އޭނާ ބުނެފައި ވަނީ ޣައްޒާ ހަނގުރާމައިގެ މީޑިއާގެ ކަވަރޭޖު އިސްރާއީލްގެ މީޑިއާ އިން ވަރަށް ބޮޑަށް ރައްޔިތުންނަށް ހަގީގަތް ފޮރުވާފައިވާ ކަމަށެވެ. އަދި އިސްރާއީލް މީޑިއާ...