Skip to main content
Topic Archive

#އިސްރާއީލު

282 Stories filed
އީރާންގެ މިސައިލްތަކެއް އިސްރާއީލަށް، ބޮޑެތި ސިޓީތަކުން އިވެނީ ގޮވުމުގެ އަޑު!
International

އީރާންގެ މިސައިލްތަކެއް އިސްރާއީލަށް، ބޮޑެތި ސިޓީތަކުން އިވެނީ ގޮވުމުގެ އަޑު!

އިސްރާއީލުން އީރާނާއި ދެކޮޅަށް ދެމުން އަންނަ ހަމަލާތަކުގައި ޖަވާބުގައި އީރާނުން މިސައިލް ހަމަލާތަކެއް ދެމުން އަންނަކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. އިސްރާއީލުގެ ސިފައިންގެ ފަރާތުން އެކްސްގައި ބުނެފައިވާ ގޮތުގައި އެ ޤައުމުގެ ދިފާޢީ ނިޒާމުތަކުން ދަނީ މިސައިލްތައް ހުއްޓުވުމަށް މަސައްކަތްކުރަމުންނެވެ. އަދި ރައްކާތެރި ސަރަޙައްދުތަކަށް ވަނުމަށް އިސްރާއީލުގެ ރައްޔިތުންނަށް އިރުޝާދު ދީފައިވެއެވެ. މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި މުޅި ޤައުމުގައި އެއަރ ރެއިޑް ސައިރަންތައް އިވެމުންދެއެވެ. ރޮއިޓަރސް ނިއ...

ހަމަލާތައް މެދުނުކެނޑި ކުރިއަށްދާނެ، ޔަހޫދީންގެ މައްޗަށް ނަރަކައިގެ ދޮރުތައް ވަނީ ހުޅުވާލާފައި: އީރާން
International

ހަމަލާތައް މެދުނުކެނޑި ކުރިއަށްދާނެ، ޔަހޫދީންގެ މައްޗަށް ނަރަކައިގެ ދޮރުތައް ވަނީ ހުޅުވާލާފައި: އީރާން

އީރާނުން ރައްދުގައި އިސްރާއީލަށް ދޭ ހަމަލާތަކުގެ 12 ވަނަ ބުރު ކުރިއަށްދާއިރު، މިސައިލް ހަމަލާތައް މެދުނުކެނޑި ކުރިއަށްދާނެކަމަށާއި އަދި ޔަހޫދީންގެ މައްޗަށް ނަރަކައިގެ ދޮރުތައް ހުޅުވާލާފައިކަމަށް އީރާނުން ބުނެފިއެވެ. އީރާންގެ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިސްރާއީލަށް ދޭ މިސައިލް ހަމަލާތައް “އަމާޒުކުރެވިގެން އަދި މެދުނުކެނޑި” ކުރިއަށްދާނެ ކަމަށެވެ. އައިއާރުޖީސީ އިން ބުނެފައިވަނީ އިސްރާއީލަށް ދޭ ހަމަލާތަކުގެ 12 ވަނަ ބުރުގައި ވަރަށް ދުރަ...

އީރާނުން އަދި ބޭނުންކުރަމުން ދަނީ އަސްކަރީ ގާބިލުކަމުގެ މިންވަރެއް
International

އީރާނުން އަދި ބޭނުންކުރަމުން ދަނީ އަސްކަރީ ގާބިލުކަމުގެ މިންވަރެއް

އިޒްރޭލަށް ދިން ބަދަލުހިފުމުގެ ހަމަލާތަކުގައި އީރާނުން އަދި އެ ޤައުމުގެ ހުރިހާ އަސްކަރީ ޤާބިލިއްޔަތެއް ބޭނުންކޮށްފައިނުވާކަމަށް އީރާންގެ ތެހެރާން ޔުނިވަރސިޓީގެ ބައިނަލްއަޤްވާމީ ގުޅުންތަކުގެ ޕްރޮފެސަރ ފުއާދު އިޒާދީ ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވިގޮތުގައި އީރާނުން އިޒްރޭލަށް ދިން ބަދަލުހިފުމުގެ ހަމަލާތަކުގައި އީރާނުން އަދި އެ ޤައުމުގެ ހުރިހާ އަސްކަރީ ޤާބިލިއްޔަތެއް ބޭނުންކޮށްފައެއް ނުވެއެވެ. “މި މެސެޖަކީ އިޒްރޭލުން ހަނގުރާމަ ހުއްޓާލުމަށް އީރާނުން އުންމީދުކުރާކަމުގެ މެސެޖެއް، އަދި މިއީ އިޒްރޭލުން ހ...

ހާމަނާއީ އަވަހާރަ ކޮށްލަން އިސްރާއީލުން ޕްލޭންކުރި
International

ހާމަނާއީ އަވަހާރަ ކޮށްލަން އިސްރާއީލުން ޕްލޭންކުރި

އިރާނުގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އަވަހާރަ ކޮށްލަން އިސްރާއީލުން ރޭވިކަމަށާއި، އެކަން ހުއްޓުވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. މީޑިއާ ރިޕޯޓްތައް ބުނެފައިވާގޮތުގައި އިރާނުގެ އިސް ލީޑަރު ހާމަނާއީ އަވަހާރަކޮށްލުމަށް އިސްރާއީލުން ކުރި މަސައްކަތް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހުއްޓުވާފައެވެ. ރޮއިޓަރސް ނިއުސް އޭޖެންސީން ދެ އެމެރިކާ އޮފިޝަލަކާ ހަވާލާދީ ބުނެފައިވާ ގޮތުގައި، ދާދިފަހުން އިސްރާއީލީ އިސްވެރިން ވަނީ ހާމަނާއީ އަވަހާރަކޮށްލުމުގ...

އިސްރާއީލްގެ ޕްލޭނަކީ އީރާންގެ ސަރުކާރު ވައްޓާލުން: ރިޕޯޓް
International

އިސްރާއީލްގެ ޕްލޭނަކީ އީރާންގެ ސަރުކާރު ވައްޓާލުން: ރިޕޯޓް

އިސްރާއީލްގެ ޕްލޭނަކީ އީރާންގެ ސަރުކާރު ވައްޓާލުންކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. އިސްރާއީލުގެ މީޑިއާ ”ޗެނަލް 14” އިން ބުނި ގޮތުގައި، އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ވެރިކަމުން އީރާނުގެ ސަރުކާރު ”ފުނޑާލުމަށް އަމާޒުކޮށް” އަންނަނީ މަސައްކަތްކުރަމުންނެވެ. އަދި މިއީ އިސްރާއީލުގެ ހަނގުރާމަވެރި މަސައްކަތްތައް ފުޅާކުރުމުގެ ބޭނުމުގައި ކުރާކަމެއްކަމަށް ވެސް އެޗެނަލުން ބުނެފަވެއެވެ. އެ ޗެނަލްގެ ޑިޕްލޮމެޓިކް ކޮރެސްޕޮންޑެންޓް ތަމީރު މޮރާގް ބުނެފައި ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ނެތަންޔާހ...

ނަތަންޔާހޫ އަކީ 21 ވަނަ ގަރުނުގެ ހިޓްލަރު: ވެނެޒުއޭލާގެ ރައީސް
International

ނަތަންޔާހޫ އަކީ 21 ވަނަ ގަރުނުގެ ހިޓްލަރު: ވެނެޒުއޭލާގެ ރައީސް

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އަކީ “21 ވަނަ ގަރުނުގެ ހިޓްލަރު” ކަމަށް ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ވިދާޅުވެއްޖެއެވެ. ވެނެޒުއެލާގެ ރައީސް މަދޫރޯ ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫއަށް “21 ވަނަ ގަރުނުގެ ހިޓްލަރު” ގެ ނަން ދެއްވާ، އިސްރާއީލުން އީރާނަށް ފަހަކަށް އައިސް ދިން ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފައެވެ. މަދޫރޯގެ މި ބަސްފުޅުތަކަކީ މެދުއިރުމަތީގެ ބޭރުގައިވާ ޤައުމެއްގެ އިސްވެރިއަކު އިސްރާއީލުގެ ފަހުގެ ޢަމަލުތަކާ ދެކޮޅަށް ދެއްކެވި އެންމެ ހ...

އަހަރެމެންނަށް ކުރިމަތިވީ ވަރަށް ހިތާމަވެރި އުނދަގޫ ހެނދުނަކާ: އިސްރާއީލްގެ ރައީސް
International

އަހަރެމެންނަށް ކުރިމަތިވީ ވަރަށް ހިތާމަވެރި އުނދަގޫ ހެނދުނަކާ: އިސްރާއީލްގެ ރައީސް

އިސްރާއީލަށް ބޮޑު ގެއްލުމަކާއި ކުރިމަތިވެ، ކުރިމަތިލާން ޖެހުނީ ވަރަށް ހިތާމަވެރި އުނދަގޫ ހެނދުނަކާކަމަށް އިސްރާއީލްގެ ރައޯސް އިސްހާގް ހާރޒޮގް ބުނެފިއެވެ. އީރާނުން ދިފާޢުގައި އިސްރާއީލަށް ރޭ ދިން މިސައިލް ހަމަލާތަކުގައި ވަނީ އިސްރާއީލްގެ 8 މީހުން މަރުވެ، އެތައްސަތޭކަ މީހުންނަށް އަނިޔާވެފައެވެ. އެކަމާއި ގުޅިގެން އިސްރާއީލުގެ ރައީސް އިސްހާގް ހާރޒޮގް ބުނެފައި ވަނީ އެ ގައުމަށް “ވަރަށް ހިތާމަވެރި އަދި އުނދަގޫ ހެނދުނަކާ” ކުރިމަތިވެފައިވާ ކަމަށެވެ. ހާރޒޮގް އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، އަ...

އީރާނުން އިސްރާއީލަށް 100 ޑްރޯން ދޫކޮށްލައި ރައްދުގައި ހަމަލާދީފި
Raajje

އީރާނުން އިސްރާއީލަށް 100 ޑްރޯން ދޫކޮށްލައި ރައްދުގައި ހަމަލާދީފި

އިސްރާއީލުން އީރާނާއި ދެކޮޅަށް އިސްވެ ހަނގުރާމަ ފަށައި، އީރާނުގެ ނިއުކްލިއަރ މަރުކަޒުތައް ހިމެނޭހެން އާންމު އިމާރާތްތަކަށް ހަމަލާދީފައިވާއިރު، އީރުން ވެސް ރައްދުގައި ހަމަލާދީފިއެވެ. އިސްރާއީލް ޑިފެންސް ފޯސަސް (އައިޑީއެފް) ގެ ސްޕޯކްސްޕަރސަން ބްރިގޭޑިއަރ ޖެނެރަލް އެފީ ޑެފްރިން ބުނެފައިވަނީ އީރާނުން “ގާތްގަނޑަކަށް 100 ޔޫއޭވީ އިސްރާއީލްގެ ސަރަހައްދަށް” ދޫކޮށްލާފައިވާ ކަމަށާއި، އެ ހަމަލާތައް ހުއްޓުވުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. ބްރިގޭޑިއަރ ޖެނެރަލް އެފީ ޑެފްރިން ބުނެފައިވަނީ އިސްރާއީލުން 200 ވ...

އިސްރާއީލުން އީރާނަށް ހަމަލާދީ ހަނގުރާމަ ފަށައިފި
International

އިސްރާއީލުން އީރާނަށް ހަމަލާދީ ހަނގުރާމަ ފަށައިފި

ހައްދުފަހަނާ އަޅާފައިވާ އިސްރާއީލުން އީރާނަށް ހަމަލާދީ ހަނގުރާމަ ފަށައިފިއެވެ. ދަ ޓައިމްސް އޮފް އިޒްރޭލް އިން ރިޕޯޓްކުރާ ގޮތުގައި، “ރައިޒިންގ ލަޔަން” ގެ ނަމުގައި ފެށި އޮޕަރޭޝަނެއްގައި އިޒްރޭލްގެ މިލިޓަރީން ވަނީ އީރާނަށް ހަމަލާދޭން ފަށާފައެވެ. ހައްދުފަހަނާއަޅާފައިވާ އިޒްރޭލްގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ ބުނިގޮތުގައި މި ހަމަލާތައް އަމާޒުކުރެވިފައިވަނީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާއި، ބެލިސްޓިކް މިސައިލްތަކާއި އަދި މިލިޓަރީ ޤާބިލިއްޔަތަށެވެ. “މި އޮޕަރޭޝަން ކުރިއަށްދާނީ މިޝަން ފުރިހ...

އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅުއްވާނެކަމުގެ އިންޒާރު ފްރާންސްގެ ރައީސް ދެއްވައިފި
International

އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅުއްވާނެކަމުގެ އިންޒާރު ފްރާންސްގެ ރައީސް ދެއްވައިފި

ޣައްޒާގައި ހިނގަމުންދާ އިންސާނީ ކާރިޘާއަށް ޓެލް އަވީވް ސަރުކާރުން އިޖާބަ ނުދީފިނަމަ، އިސްރާއީލު މީހުންނާ ދެކޮޅަށް “ދަތިކުރުމުގެ ފިޔަވަޅު އަޅުއްވާފާނެ” ކަމުގެ އިންޒާރު ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން ދެއްވައިފިއެވެ. ހުކުރު ދުވަހު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅެއްގައި ވާހަކަފުޅު ދައްކަވަމުން މެކްރޮން ވިދާޅުވީ، ޣައްޒާގެ ފަލަސްތީނުގެ ރައްޔިތުން ބަނޑުހައިހޫނުކަމުގެ ބިރުވެރިކަމާ ކުރިމަތިލަމުންދާއިރު، ބައިނަލްއަޤްވާމީ މުޖުތަމަޢަށް ހިމޭނުން ތިބެވެން ނޯންނާނެ ކަމަށެވެ. މި ބަސްތަކުގެ ސަބަބުން އިސްރ...

ޣައްޒާ ހަނގުރާމަ ހުއްޓާލުމާ ގުޅޭ އެމެރިކާގެ ހުށަހެޅުމަށް ނަތަންޔާހޫ ތާއީދުކޮށްފި
International

ޣައްޒާ ހަނގުރާމަ ހުއްޓާލުމާ ގުޅޭ އެމެރިކާގެ ހުށަހެޅުމަށް ނަތަންޔާހޫ ތާއީދުކޮށްފި

ޣައްޒާ ހަނގުރާމަ ހުއްޓާލުމާ ގުޅޭ ގޮތުން ހުށަހެޅި އެމެރިކާގެ ހުށަހެޅުމަށް ނަތަންޔާހޫ ތާއީދުކުރާކަމަށް އޭނާ ބުނެފިއެވެ. ހަނގުރާމަ ހުއްޓާލައި ގައިދީން ބަދަލުކުރުމާ ގުޅޭގޮތުން، އެމެރިކާގެ މެދުއިރުމައްޗަށް ކަނޑައަޅުއްވާފައި ހުންނަވާ ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފް ހުށަހެޅުއްވި އައުޓްލައިނަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، ތާއީދުކުރާ ކަމަށް ބުނެފައިވާއިރު، އޭނާގެ ކެބިނެޓްގެ ދެ ވަޒީރަކުވަނީ އެ ހުށަހެޅުމަށް ދެކޮޅު ހަދާފައެވެ.  އެމެރިކާގެ ހުށަހެޅުމަށް ނަތަންޔާހޫ ތާއީދުކުރާކަމަށް ބުނީ ، ޣަ...

އެމެރިކާގައި ބަޑިން ހަމަލާދީ އިސްރާއީލް އެމްބަސީގެ 2 މުވައްޒަފަކު މަރާލައިފި
International

އެމެރިކާގައި ބަޑިން ހަމަލާދީ އިސްރާއީލް އެމްބަސީގެ 2 މުވައްޒަފަކު މަރާލައިފި

އެމެރިކާގެ ވޮޝިންގޓަން ޑީސީގައި ހުންނަ ޖޫދީ މިއުޒިއަމްގެ ކައިރީގައި ބަޑިން ހަމަލާދީ އެމެރިކާގައި ހުންނަ އިސްރާއީލް އެމްބަސީގެ ދެ މުވައްޒަފުކު މަރާލާފައިވާކަމަށް ބައިނަލްއަގްވާމީ މީޑިއާއިން ބުނެފިއެވެ. ބައިނަލް އަގްވާމީ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި ބުދަ ދުވަހުގެ ރޭ އެމެރިކާގެ ވޮޝިންގޓަން ޑީސީގައި ހުންނަ ޖޫދީ މިއުޒިއަމެއްގައި ބޭއްވި ހަފްލާއަކުން ނުކުތް، އެމެރިކާގައި ހުންނަ އިސްރާއީލް އެމްބަސީގެ 2 މުވައްޒަފެއްގެ ގަޔަށް ބަޑި ޖަހައި ވަނީ މަރާލާފައެވެ. އިސްރާއީލްގެ ފޮރިން މިނިސްޓަރު...

އިސްރާއީލުން ޣާޒާގައި ހިންގާ ޖަރީމާތަކާއި ގުޅިގެން އިނގިރޭސިވިލާތުން ފިޔަވަޅު އަޅަން ފަށައިފި
International

އިސްރާއީލުން ޣާޒާގައި ހިންގާ ޖަރީމާތަކާއި ގުޅިގެން އިނގިރޭސިވިލާތުން ފިޔަވަޅު އަޅަން ފަށައިފި

އިނގިރޭސިވިލާތުން، އިސްރާއީލާއެކު ވިޔަފާރީގެ އެއްބަސްވުމަކަށް ވާހަކަ ދެއްކުން ހުއްޓާލައި، އެ ޤައުމުގެ ސަފީރު ހާޒިރުކޮށް، އަދި ހުޅަނގު އައްސޭރީގައި ދިރިއުޅޭ ޔަހޫދީ ވަޒަންވެރިންނާ ދެކޮޅަށް އިތުރު ފިޔަވަޅުތަކެއް އަޅައިފިއެވެ. މި ފިޔަވަޅުތައް އެޅީ އިނގިރޭސި ފޮރިން ސެކްރެޓަރީ ޑޭވިޑް ލެމީ ގާޒާގައި ހިންގާ ހަނގުރާމަވެރި ޢަމަލުތައް “އަޚްލާޤީ ގޮތުން ޖާއިޒުނުވާ” ކަމެއްގެ ގޮތުގައި ސިފަކުރުމަށްފަހުގައެވެ. މި ފިޔަވަޅުތައް އަޅާފައިވަނީ، އިސްރާއީލުން ހަފްތާ ބަންދުގައި އާ ހަނގުރާމަވެރި ޢަމަލުތަކެއް ފެށުމާ ގުޅިގެ...

އިސްރާއީލުގެ ޕާސްޕޯޓު މަނާކުރި ބިލު ތަސްދީޤު ކުރައްވައިފި
Raajje

އިސްރާއީލުގެ ޕާސްޕޯޓު މަނާކުރި ބިލު ތަސްދީޤު ކުރައްވައިފި

ފަލަސްތީނުގެ މުސްލިމުންނަށް އިސްރާއީލުން ދެމުންދާ އަނިޔާވެރި އަމަލުތައް ހުއްޓަންދެން އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި ބިލު ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ތަސްދީގު ކުރަށްވައިފިއެވެ. މިއީ ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލެވެ. ރައީސް މި ބިލު ތަސްދީގުކުރަށްވާފައި މި ވަނީ މަޖިލީހުގެ ތަޅުމުން ބިލު ފާސްކުރިތާ މަދު ގަޑިތަކެއްގެ ތެރޭގައެވެ. މި ބިލަކީ، އިސްރާއީލުން ފަލަސްޠީނުގެ ދަރިފަސްކޮޅު ނައްތައިލުމަށް ހި...

އިސްރާއީލުގެ ޕާސްޕޯޓު މަނާކުރަން މަޖިލީހުން ފާސްކޮށްފި
Parliament

އިސްރާއީލުގެ ޕާސްޕޯޓު މަނާކުރަން މަޖިލީހުން ފާސްކޮށްފި

ފަލަސްތީނުގެ މުސްލިމުންނަށް އިސްރާއީލުން ދެމުންދާ އަނިޔާވެރި އަމަލުތައް ހުއްޓަންދެން އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މި ބިލު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީން އިއްޔެ މި ބިލުގެ މަސައްކަތް ނިންމާފައިވާއިރު، މިއަދު ތަޅުމުގައި ވޯޓަށް އެހުމުން ބިލު ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. އެ...