އިސްރާއީލުގެ ޕާސްޕޯޓު މަނާކުރަން ކޮމިޓީން ފާސްކޮށްފި
ފަލަސްތީނުގެ މުސްލިމުންނަށް އިސްރާއީލުން ދެމުންދާ އަނިޔާވެރި އަމަލުތައް ހުއްޓަންދެން އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީން މިއަދު ފާސްކޮށްފިއެވެ. މި ނިންމުން ނިންމީ މިއަދު ބޭއްވުނު ކޮމިޓީގެ ބައްދަލުވުމުގައެވެ. ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި މި ބިލުގެ މަސައްކަތް މިއަދު ކޮމެޓީން ނިންމާފައިވާއިރު، މިއަދުގެ ކޮމެޓީގެ މި ބިލަށް، ހުޅުދޫ ދާއިރާގެ މެންބަރު އަދި ޕީއެ...