އދ.ގެ ސެކްރެޓަރީ ޖެނެރަލް އިސްރާއީލަށް ވަނުން މަނާކޮށްފި
އދ. ގެ ސެކްރެޓަރީ ޖެނެރަލް އިސްރާއީލަށް ވަނުން މަނާކޮށްފިއެވެ. އިސްރާއީލުގެ ފޮރިން މިނިސްޓަރު އިސްރާއީލް ކަޓްޒް ބުނެފައިވަނީ، އދ. ގެ ސެކްރެޓަރީ ޖެނެރަލް އަންޓޯނިއޯ ގުޓެރެސް އިސްރާއީލަށް ވަނުން މަނާކޮށް، އޭނާއަކީ ޕަރސޯނާ ނޮން ގްރާޓާ (ރަސްމީކޮށް ނޭދެވޭ މީހެއް) ގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ. މި ނިންމުން ނިންމާފައިވަނީ އީރާނުން އަންގާރަ ދުވަހު އިސްރާއީލަށް ދިން މިސައިލް ހަމަލާ ގުޓެރެސް ސީދާ ކުށްވެރިނުކުރުމާ ގުޅިގެންނެވެ. އަދި ހަމާސް އަކީ ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައި ގުޓެރެސް އިޢުލާން […]