ޝެޖައިޔާ ސަރަހައްދުގައި މުޖާހިދުން ދިން ހަމަލާއެއްގައި އިޒްރޭލް ސިފައިންގެ ދެމީހުން މަރާލައިފި
ފަލަސްތީނުގެ ޣައްޒާގެ ޝެޖައިޔާ ސަރަހައްދުގައި އިއްޔެ މުޖާހިދުން ދިން ހަމަލާއެއްގައި އިޒްރޭލް ސިފައިންގެ ދެމީހުން މަރާލައިފި ކަމަށް އިޒްރޭލްގެ އަސްކަރިއްޔާ އާއި ހަވާލާދީ ޓައިމްސް އޮފް އިޒްރޭލުން ބުނެފިއެވެ. އެނޫހުން ބުނީ ޣައްޒާ ތެރޭގައި މަރާލާފައިވަނީ އުމުރުން 20 އަހަރުގެ ޕަރަޓްރޫޕާ ބްރިގޭޑުގެ 890 ބެޓަލިއަންގެ ޔާއިރް އަވިޓަން އާއި ހަތް ވަނަ އާމާޑް ބްރިގޭޑްގެ 77 ބެޓަލިއަންގެ އުމުރުން 21 އަހަރުގެ ޔާކިރް ޝުމުއެލް ޓަޓެލްބައުމް ކަމަށެވެ. އެދެ ސިފައިން ވެސް މަރާލާފައިވަނީ ޣައްޒާ ސިޓީޣެ […]