އިސްރާއީލްގެ ރައްޔިތުން ރާއްޖެ އިން ފޭބުމަށް އިސްރާއީލުން އަންގައިފި
އިސްރާއީލްގެ ރައްޔިތުން ރާއްޖެ ދަތުރު ނުކުރުމަށާއި ރާއްޖޭގައި ތިބި އިސްރާއީލްގެ ރައްޔިތުން ވެސް ރާއްޖެ އިން ފޭބުމަށް އިސްރާއީލްގެ ފޮރިން މިނިސްޓްރީން އެދިއްޖެއެވެ. އިސްރާއީލްގެ ފޮރިން މިނިސްޓްރީން ނެރުނު އިންޒާރުގެ ނޯޓެއްގައި ބުނެފައި ވަނީ ރާއްޖޭގައި އިސްރާއީލްއާ ދެކޮޅު ހިޔާލުތަކާއި ހަރަކާތްތައް އިތުރުވެފައިވާ ކަމަށެވެ. އަދި އިސްރާއީލްއާ ދެކޮޅު ހިޔާލުތައް ފާޅުކުރާ މީހުންގެ ތެރޭގައި ދިވެހި ސަރުކާރުގެ އޮފިޝަލުން ވެސް ހިމެނޭ ކަމަށް ބުނެފައިވެއެވެ. އެހެންވެ، މިވަގުތު އިސްރާއީލަށް ދަތުރު ނުކުރުމަށާއި...