''ރައީސްގެ ގައުމީ އެޖެންޑާގެ އަމާޒަކީ ޑްރަގާއި ގޭންގު ކުށްތަކުން ޤައުމު ސަލާމަތްކުރުން''
”ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ގައުމީ އެޖެންޑާގެ އަމާޒަކީ ޑްރަގާއި ގޭންގު ކުށްތަކުން ޤައުމު ސަލާމަތްކޮށް، ޤާނޫނުތައް މުގުރަން އެއްވެސް ފުރުސަތެއް ނުދިނުންކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަކުރުމަށް ށ. މާއުނގޫދޫގައި އިއްޔެ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ މި ސަރުކާރުން ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ދިވެ...