Skip to main content
Topic Archive

#ހުސައިން މުހައްމަދު ލަތީފް (ސެމްބެ)

38 Stories filed
ޗައިނާއަކީ ރާއްޖޭގެ ތަރައްޤީއަށް ވަރަށް މުހިންމު ޤައުމެއް: ނައިބު ރައީސް
Raajje

ޗައިނާއަކީ ރާއްޖޭގެ ތަރައްޤީއަށް ވަރަށް މުހިންމު ޤައުމެއް: ނައިބު ރައީސް

ޗައިނާއަކީ ރާއްޖޭގެ ތަރައްޤީއަށް ވަރަށް މުހިންމު ޤައުމެއް ކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، “ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން” ހުޅުވުމުގެ ރަސްމިއްޔާތުގައި ހުކުރު ދުވަހު ވާހަކަފުޅު ދައްކަވަމުންނެވެ. ނައިބު ރައީސްގެ ވާހަކަފުޅުގައި ވަނީ ޗައިނާއަކީ ރާއްޖޭގެ ތަރައްޤީއަށް ވަރަށް މުހިންމު ޤައުމެއްކަން ފާހަގަކުރައްވާފައެވެ. އަދި ދިވެހިރާއްޖެ އާއި ޗައިނާ އާއި ދެ ޤައުމުންވެސް، އިޖްތިމާޢީ ތަރައްޤީއާއި، ޞުލްޙ...

ޗައިނާގެ ކުންމިންގައި ކިޔަވަންތިބި ދިވެހި ދަރިވަރުންނާ ނައިބު ރައީސް ބައްދަލުކުރައްވައިފި
Raajje

ޗައިނާގެ ކުންމިންގައި ކިޔަވަންތިބި ދިވެހި ދަރިވަރުންނާ ނައިބު ރައީސް ބައްދަލުކުރައްވައިފި

ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގައި ހުންނަ ޔުނާން ޔުނިވާސިޓީގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް މިއަދު ބައްދަލުކުރައްވައިފިއެވެ. “ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން” ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ދިވެހި ދަރިވަރުންނާއެކު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ޔުނާން ޕްރޮވިންޝަލް ގަވަރންމަންޓް ސްކޮލަޝިޕްގެ ދަށުން ޔުނާން ޔުނިވާސިޓީގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ ތަޢުލީމީ ކަން...

ރާއްޖޭގެ ނައިބު ހުސެން ޗައިނާއަށް
Raajje

ރާއްޖޭގެ ނައިބު ހުސެން ޗައިނާއަށް

ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ރަސްމީ ދަތުރުފުޅެއްގައި ހޯމަ ދުވަހުގެރޭ ޗައިނާއަށް ފުރާވަޑައިގެންފިއެވެ. މިއީ އެ ޤައުމުގައި އޮންނަ “ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން” ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ހިނގާ ޑިސެމްބަރު 7-8 އަށް ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގައި އޮންނަ މި ފޯރަމަކީ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީ.އައި.ޑީ.ސީ.އޭ.) އިން އިންތިޒާމުކޮށްގެން ބާއްވާ ފޯރަމެކެވެ. ނައިބު ރައީސްގެ މި ދަތު...

ރައްޔިތުން އިޚުތިޔާރުކުރީ މުޢިއްޒުގެ ތަސައްވުރު، އެކުގައި ސާބިތުވެ ހުންނާނަން: ނައިބު ރައީސް
Raajje

ރައްޔިތުން އިޚުތިޔާރުކުރީ މުޢިއްޒުގެ ތަސައްވުރު، އެކުގައި ސާބިތުވެ ހުންނާނަން: ނައިބު ރައީސް

ދިވެހި ރައްޔިތުން އިޚްތިޔާރުކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރުކަމަށާއި، މިވެރިކަން ރައްޔިތުންނަށް ލާބަހުރި ވެރިކަމަކަށް ހެދުމަށް ރައީސް ޑރ. މުޢިއްޒާއެކު ސާބިތުވެ ހުންނަވާނެކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް މިއަދު ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެންވިދާޅުވެފައި މިވަނީ، ވެރިކަންކުރާ ޕްރޮގްރެސިވް ކޯލިޝަންގެ ބޮޑު ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)ގެ ރައީސްކަމުގައި ކުރިން ހުންނެވި ކުރީގެ ރައީސް ޢަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް އެ ޕާޓީ ދޫކޮށްލައްވަ...

ހުސައިން މުހައްމަދު ލަތީފް ރައީސުލްޖުމްހޫރިއްޔާ ނައިބު ކަމުގެ ހުވާ ކުރައްވައިފި
Raajje

ހުސައިން މުހައްމަދު ލަތީފް ރައީސުލްޖުމްހޫރިއްޔާ ނައިބު ކަމުގެ ހުވާ ކުރައްވައިފި

އަލްއުސްތާޒް ހުސައިން މުހައްމަދު ލަތީފް ރައީސުލްޖުމްހޫރިއްޔާ ނައިބު ކަމުގެ ހުވާ މިއަދު ކުރައްވައިފިއެވެ. ހުސައިން މުހައްމަދު ލަތީފް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ ހުވާ ކުރައްވާފައި ވަނީ، މިކަމަށް މާލޭގެ ޖުމްހޫރީ މައިދާނުގައި މިހާރު ކުރިއަށް ގެންދާ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ ބާވީސް ވަނަ ޖަލްސާގައެވެ. ހުސައިން މުހައްމަދު ލަތީފް ރައީސުލްޖުމްޙޫރިއްޔާގެ ނައިބު ކަމުގެ ހުވާ ލައިދެއްވާފައި ވަނީ ރާއްޖޭގެ އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނެވެ. ހުސައިން މުހ...

މުޢިއްޒު ހުވާކުރުން މިއަދު ހަވީރު، އައު ވަޒީރުންގެ މަޖިލީހުގެ މެންބަރުން ހުވާކުރެއްވުން މިރޭ
Raajje

މުޢިއްޒު ހުވާކުރުން މިއަދު ހަވީރު، އައު ވަޒީރުންގެ މަޖިލީހުގެ މެންބަރުން ހުވާކުރެއްވުން މިރޭ

މިއަހަރު އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވައި ކުރެއްވުމާއި، ޙުސައިން މުޙައްމަދު ލަޠީފް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ ޤާނޫނީ ހުވައި ކުރެއްވުން މިއަދު ހަވީރު ބާއްވަން ނިންމާފައިވާއިރު، އައު ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުން ޢައްޔަނު ކުރެއްވުމާއި ހުވާކުރެއްވުން މިރޭ އޮންނާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާއާއި، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ...

ގައުމަށްޓަކައި ޝަހީދުވި ދަރިންގެ ޒިކުރާ އާކުރުމަކީ ގައުމީ ވާޖިބެއް: އިންތިޚާބީ ނައިބު ރައީސް
Raajje

ގައުމަށްޓަކައި ޝަހީދުވި ދަރިންގެ ޒިކުރާ އާކުރުމަކީ ގައުމީ ވާޖިބެއް: އިންތިޚާބީ ނައިބު ރައީސް

ޤައުމުގެ ހައްގުގައި އަމިއްލަ ފުރާނަ ފުރުބާންކޮށް ޝަހީދުވެދިޔަ ކޮންމެ ބޭފުޅެއްގެ ޒިކުރާ އާކުރުމަކީ ދިވެހި ކޮންމެ ރައްޔިތެއްގެވެސް ޤައުމީ ވާޖިބެއް ކަމަށް އިންތިހާބީ ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ނަސްރުގެ ދުވަހު ޕީއެސްއެމް އިން ގެނެސްދޭ “ދިވެހީންގެރާއްޖެ” ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އިންތިހާބީ ނައިބު ރައީސް ވިދާޅުވީ އެބޭބޭފުޅުންގެ ޒިކުރާއާކޮށް އެފަދަ ދުވަސްތައް ފާހަގަކުރުމަަށް ސަރުކާރުތަކުން ކުޑަކޮށް ވެސް ފަރުވާކުޑަކޮށްގެން ނ...

އިންތިހާބީ ނައިބު ރައީސް ހުސެން، ޕީއެންސީ އާ ގުޅިވަޑައިގެންފައިވާކަން މަޖިލީހަށް އަންގައިފި
Raajje

އިންތިހާބީ ނައިބު ރައީސް ހުސެން، ޕީއެންސީ އާ ގުޅިވަޑައިގެންފައިވާކަން މަޖިލީހަށް އަންގައިފި

ރާއްޖޭގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި ޕީއެންސީ، ޕީޕީއެމް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓުގެ ނައިބުގެ މަގާމުގައި ހުންނެވި އަދި އިންތިހާބީ ނައިބު ރައީސް، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެެ) ޕީއެންސީ އާ ރަސްމީކޮށް ސޮއި ކޮށްފިއެވެ. ޕީޕީއެމްގައި ހުންނެވި، އިންތިހާބީ ނައިބު ރައީސް ޕީއެންސީ އަށް ސޮއިކުރައްވައިފައިވާކަން ރަސްމީކޮށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް އަންގަވާފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އެކަން ހާމަކުރައްވައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ...