ފަޅުރަށަކަށް ގޮސް އުޅެނިކޮށް ހާލު ދެރަވި މީހަކު ނިޔާވެއްޖެ
ގއ. ކޮލަމާފުށި ކައިރީގައި އޮންނަ ފަޅުރަށަކަށް ގޮސް އުޅެނިކޮށް ހާލު ދެރަވެގެން ގއ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ މީހަކު މިއަދު ނިޔާވެއްޖެއެވެ. ފުލުހުން ހާމަކުރި ގޮތުގައި މި ހާދިސާގައި ނިޔާވެފައިވަނީ ގއ. ކޮލަމާފުށީ، އުދަރެސް، އުމުރުން 45 އަހަރުގެ އަޙްމަދު މިސްޙާޤެވެ. އޭނާގެ ހާލު ދެރަވެފައިވަނީ ކޮލަމާފުށި ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ހާލު ދެރަވި މިސްޙާޤު ގއ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިއަދު މެންދުރުފަހު 14:30 އެހައި...