މެލޭޝިއާގައި ދިވެހި ދަރިވަރަކު ނިޔާވި އެކްސިޑެންޓް: ޑްރައިވަރުގެ މައްޗަށް 3 ދައުވާއެއް އުފުލައިފި
މެލޭޝިއާގައި ދިވެހި ދަރިވަރަކު ނިޔާވެ، އިތުރު ދަރިވަރަކަށް އަނިޔާވި ނުރައްކާތެރި ކާރު އެކްސިޑެންޓާ ގުޅިގެން، އެ ދަރިވަރުން ދަތުރުކުރި އީ-ހެއިލިން ކާރު ދުއްވަން އިން ޑްރައިވަރުގެ މައްޗަށް އެ ގައުމުގެ ކޯޓުގައި ތިން ދައުވާއެއް އުފުލައިފިއެވެ. މި އެކްސިޑެންޓާއި ގުޅިގެން މިއަދު (8 އޮކްޓޫބަރު)، ޝާހް އާލަމް މެޖިސްޓްރޭޓް ކޯޓުގައި އުފުލި މި ދައުވާތަކަށް ޑްރައިވަރު ވަނީ އިންކާރުކޮށްފައެވެ. މެލޭޝިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ މުހައްމަދު ޝަފީގު އިބްރާހި...