ލޯންޗެއް ބަލާ ފާސްކޮށް ޑްރަގާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި
ގއ. ކޮޅަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން، ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ލޯންޗެއް ބަލާ ފާސްކޮށް މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ 2025 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 23 ވަނަ ދުވަހުއެވެ. ފުލުހުންގެ ޚިދުމަތުން ދިން މައުލޫމާތުގައިވާ ގޮތުން، މަސްތުވާތަކެތި އެތެރެކުރާ ކަމަށް ޝައްކުކުރެވޭ މައުލޫމާތާ ގުޅިގެން، ފުލުހުން އެރަށަށް ދަތުރުކުރި ލޯންޗު ބަލާ ފާސްކުރިއިރު ގިނަ އަދަދ...