އެމްޑީޕީގައި ހަގީގީ ވެރިއަކު ނެތް: ދާއޫދު
ލާމަރުކަޒީ ނިޒާމު ބާރުވެރިކުރީ ތިމަންނާމެންނޭ ކިޔައިގެން އެމްޑީޕީން މިހާރު ދައްކަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި ހަގީގަތުގައި މިއަދު އެމްޑީޕީގައި ވެރިޔަކު ނެތް ކަމަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ދާއޫދު ވިދާޅުވެއްޖެ އެވެ. ކުޅުދުއްފުށީ ސިޓީގެ މާލެ ކެމްޕޭން އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި މެމްބަރު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރިމަތިލާން ހަތެއް ނުވަތަ އަށް މީހުން މިހާރުވެސް އެ ޕާޓީން ކެމްޕެއިން ކުރާއިރު އެމްޑީޕީގެ ލީޑަރުން މިއަދު މަސައްކަތްކުރަމުން...