ކުޅުދުއްފުށީ ސިޓީގެ ސަރުކާރު ސްކޫލްތަކަށް ދޭ "ސްކޫލް ގްރާންޓް"އަށް ހުޅުވާލައިފި
ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެ ސިޓީގައި ހިންގަމުންދާ ސަރުކާރުގެ ސްކޫލްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދެމުން އަންނަ “ސްކޫލް ގްރާންޓް” އަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، މި ގްރާންޓް ދޫކުރުމުގެ މައިގަނޑު މަޤުސަދަކީ ސްކޫލްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަމަހަމަ އުޞޫލަކުން ޢަމަލުކުރުމާއި، ސްކޫލްތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް އެކަންކަމަށް އެއްބާރުލުން ދިނުމެވެ. މި ގްރާންޓަށް ކުރިމަތިލުމުގެ ފުރުސ...