އެސްޓީއޯ، ފާމަސޫޓިކަލް އަދި ޕޯސްޓްގެ ބޯޑަށް އާ ޑިރެކްޓަރުން ޢައްޔަނުކޮށްފި
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އާއި، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން އަދި މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް އާ ތިން ޑިރެކްޓަރުން މިއަދު ޢައްޔަނުކޮށްފިއެވެ. މި ތިން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅުން ޢައްޔަނުކޮށްފައިވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިންނެވެ. ޕީސީބީން ވަނީ އެ ތިން ކުންފުނީގެ ބޯޑަށް މެންބަރުން ހަމަޖެއްސިކަން މިއަދު ހާމަކޮށްފައެވެ. ޕީސީބީން ހާމަކުރި ގޮތުގައި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބް...