ވިޔަފާރި ފޭދޫ ބޭރުތޮށި ލާން ބޭނުންވާ ހިލަައިގެ ދެވަނަ ޝިޕްމަންޓް ގެންގޮސްފި ށ. ފޭދޫ ބަނދަރު ތަަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބޭރުތޮށިލާން ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ. މި މަޞްރޫއުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އެވެ. އެ ކުންފުނިން މި މަޝްރޫއު ހިންގަނީ 33.1 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއުގެ ދަށުން، 27,500 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 378 މީޓަރުގެ ބޭރުތޮއްޓަކާއި 276 މީޓަރުގެ އެއްގަމު ތޮއްޓެއް ލުމުގެ މަސައްކަޔް ކުރާނ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ވިޔަފާރި މީމު އެއާޕޯޓުގެ ފަޔަރ ބިލްޑިން ފައުންޑޭޝަނާއެކު މުލިން ސައެއް މީމު އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެ އެއާޕޯޓުގެ ފަޔަރ ބިލްޑިންގެ ފައުންޑޭޝަން އެޅުން ފާހަގަ ކުރުމަށް މ. މުލިން އެމްޓީސީސީ މުވައްޒަފުންނަށް ސައެއް ދީފިއެވެ. މި ސައި ދެއްވީ މުލީ ކައުންސިލާއި އެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ގުޅިގެން އިއްޔެއެވެ. މީމު އެއާޕޯޓުގެ މަސައްކަތުގެ ދަށުން 14 ހެކްޓަރުގެ ބިންހިއްކުމާއި، 1812 މީޓަރުގެ ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރާނެއެވެ. އަދި 1200 މީޓަރު ދިގު 30 މީޓަރު […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ވިޔަފާރި ޕިކްނިކް އައިލެންޑް ހިއްކަން ތައްޔާރުވެ ސައިޓް މޮބިލައިޒްކޮށްފި މާލޭގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށް ހަދާ ޕިކްނިކް އައިލެންޑް ހިްކުމުގެ މަސައްކަތް ފަށަން ސައިޓް މޮބިލައިޒް ކޮށްފިއެވެ. މި ސައިޓް މޮބިލައިޒް ކޮށްފައިވަނީ މިއަދުއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއެވެ. ކ. ކުޑަގިރީގައި ތަރައްގީ ކުރާ މި ޕިކްނިކް އައިލެންޑް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅާ އެއްގޮތަށް އަންނަ އަހަރުގެ އޭޕްރިލް މަހުގެ ކުރިން ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ވިޔަފާރި ފައިނުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ ރ. ފައިނު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި މަޝްރޫއުގެ 63 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ފައިނު ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި، ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް މި މަހުގެ އެއް ވަނަ ދުވަހު ފަށާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 8100 ކިއުބިކް މީޓަރުގެ ވެލި ބެކްފިލް ކުރުމާއި، 250 މީޓަރުގެ ސަރަހައްދެއްގައި […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީގައި އެމްޓީސީސީން ކުރަމުން އަންނަ މަސައްކަތްތައް އާޒިމް ބައްލަވައިފި ހދ. ކުޅުދުއްފުށީގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކުރަމުން އަންނަ މަސައްކަތްތައް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ބައްލަވައިލައްވައިފިއެވެ. އާޒިމް މި މަސައްކަތްތައް ބެއްލެވީ އިއްޔެ ކުޅުދުއްފުއްޓަށް ކުރެއްވި ޒިޔާރަތުގައެވެ. އެގޮތުން ރީޖަނަލް ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށްދާ ގޮތާއި ފެރީ ޓާމިނަލުގެ މަސައްކަތް ކުރިއަށްދާ ގޮތް އޭނާ ބެއްލެވިއެވެ. މީގެ އިތުރުން މި ދަތުރުފުޅުގައި އާޒިމްވަނީ އެ ކުންފުނީގެ “ރާއްޖެ ޓްރާންސްޕޯޓް ލިންކް” ގައި މަސައްކަތް ކުރުމަށ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީގައި ތަމްރީން ކުރާ މުވައްޒަފުންނާ އާޒިމް ބައްދަލު ކުރައްވައިފި ހދ. ކުޅުދުއްފުށީގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ތަންރީން ކުރަމުން އަންނަ މުވައްޒަފުންނާ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ބައްދަލު ކުރައްވައިފިއެވެ. އާޒިމް މި މުވައްޒަފުންނާ ބައްދަލު ކުރެއްވީ މިއަދު އެރަށަށް ޒިޔާރަތް ކުރައްވައެވެ. މި މުވައްޒަފުންނަކީ އެމްޓީސީސީގެ “ރާއްޖެ ޓްރާންސްޕޯޓް ލިންކް” ގައި މަސައްކަތް ކުރުމަށް ތަމްރީން ވަމުން އަންނަ މުވައްޒަފުންނެވެ. މުޅި ރާއްޖެ އެއް ފެރީ ނެޓްވޯކަކުން ގުޅާލުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ތ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިމިއްޖެ ހއ. ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މިބމަޝްރޫއުގެ މަސައްކަތް ނިންމާލީ މި މަހުގެ 27 ވަނަ ދުވަހު ކަމަށެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގައެވެ. މި މަޝްރޫއުގެ ދަށުން ރަށްގިރުމުން ސަލާމަތްކުރުމަށްޓަކައި 310 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. މިއީ 10.02 […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ވިޔަފާރި ފުވައްމުލަކު ކުރީގެ ނެރުތައް ބަންދު ކުރަން ފަށައިފި ފުވައްމުލަށް ސިޓީގެ ކުރީގެ ބަންދު ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ. މި މަސައްކަތް ފައްޓަވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމާއި، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރާއި، ފުވައްމުލައް މެދު ދާއިރާގެ މެމްބަރު ހުސައިން މުޙައްމަދު ދީދީއާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި އެމްޓީސީސީގެ އިސްވެރިންނާއި، ފުވައްމުލައް ސިޓީ ކައުންސިލްގެ މޭޔަރ އިސްމާ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ވިޔަފާރި އައްޑޫ ހުޅުމީދޫ ބަހާއުއްދީން މަގު ހަދައި ނިމިއްޖެ ސ. ހުޅުމީދޫ ބަހާއުއްދީން މަގު ހެދައި ނިމިއްޖެ ކަމަށް މޯލްޑިވެސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ އޭޕްރީލް 2019 ގައެވެ. މަޝްރޫއުގެ މަސައްކަތް ނިމުނީ މި މަހުގެ 15ގައެވެ. މި މަޝްރޫއުގެ ދަށުން 2.2 ކިލޯމީޓަރުގެ ދިގު 8.8 މީޓަރު ފުޅާ މިމަގުގައި ތާރުއެޅުމުގެ މަސައްކަތް ކޮށްފައި ވާއިރު، 6060 އަކަމީޓަރުގެ ހިނގާ ސަރަޙައްދެއް ގާއިމުކުރުމާއި، ފެންހިންދާ ނިޒާމެއް ގާއިމުކުރުމާއި، ކޭބަލް ޖަންކްޝަން ވަޅުލުމުގެ މަސައްކަތް […... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ވިޔަފާރި ރަކީދޫ ގޮނޑުދޮށް ހިމާޔަތް ކުރަން ސައިޓު މޮބިލައިޒް ކޮށްފި ވ. ރަކީދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ޕްރޮޖެޓް ސައިޓް މޮބިލައިޒް ކޮށްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ ސައިޓް މޮބިލައިޒް ކުރީ ހޮނިހިރު ދުވަހު ކަމަށެވެ. މި މަޝްރޫއަގެ ދަށުން، 40 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި 200 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ. ވ . ރަކީދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފިޕްރެސ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ވިޔަފާރި މީމު އެއާޕޯޓުގެ ފަޔާ ބިލްޑިންގެ މަސައްކަތް ފަށައިފި މީމު އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއާޕޯޓް ފަޔާ ބިލްޑިންގެ ފައުންޑޭޝަން ބީމްގެ މަސައްކަތްތައް ފަށައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ އެ މަސައްކަތް މި ހަފުތާ ތެރޭ ނިންމާލެވޭނެ ކަމަށެވެ. އެއަށްފަހު ފަޔާ ބިލްޑިންގެ ކޮލަމްތަކުގެ މަސައްކަތް ފަށާނެއެވެ. މި މަޝްރޫއުގެ ދަށުން، 14 ހެކްޓަރުގެ ބިންހިއްކައި، 1812 މީޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކޮށް، 1200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ގާއިމުކުރާނެއެވެ. އަދި […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އިހަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރަން ބޮޑު ހިލަ ގެންގޮސްފި ހއ. އިހަވަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް އެ ރަށަށް ގެންގޮސްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނިގޮތުގައި މި ޝިޕްމަންޓް އެ ރަށަށް ގެންގޮސްފައިވަނީ މިދިޔަ ހަފުތާގެ އާދީއްތަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކުމާއި 850 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމަންޓް ޖަހާނެއެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރީ މިދިޔަ އ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ވިޔަފާރި މާފުށީ ބިން ހިއްކުމުގެ މަސައްކަތް ނިމިއްޖެ ކ. މާފުށީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫއުގެ މަސައްކަތް ނިމުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން، 25 ހެކްޓަރުގެ ބިންހިއްކާފައިވާއިރު، 1,100 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމަންޓް ވަނީ ޖަހައިފައެވެ. ކ. މާފުށީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް 27 […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ މޫސުން ގޯސްވެ، ވިލިމާލެ ފެރީ ދަތުރުތައް މެދުކަނޑާލައިފި މާލެއާއި ވިލިމާލެއާ ދެމެދު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބާއްވާ ފެރީ ދަތުރުތައް މެދުކަނޑާލައިފި އެވެ. އެމްޓީސީސީން ބުނީ މާލެއާއި ވިލިމާލެއާ ދެމެދު ބާއްވާ ފެރީ ދަތުރުތައް މެދުކަނޑާލީ، މޫސުން ގޯސްވުމުގެ ސަބަބުންކަމަށެވެ. އަދި މިކަމުގެ ސަބަބަން ދިމާވެދާނެ ދަތިތަކަށްޓަކައި މައާފަށް އެދޭކަމަށްވެސް އެމްޓީސީސީން ބުނެފައިވެއެވެ. މިރެއާއި މާދަމާވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވައިގަދަވެ، މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފައި ވެއެވެ. މޫސުމާބެހޭ... އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ވިޔަފާރި ކިނޮޅަސް ބަނދަރުގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް މާދަމާ ފަށާނެ: އެމްޓީސީސީ ރ. ކިނޮޅަހުގެ ބަނދަރަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މާދަމާ ކިނޮޅަހުގެ ބަނދަރުގެ މަސައްކަތް ފެށުމަށް ސައިޓް މޮބިލައިޒް ކުރާނެއެވެ. ކިނޮޅަހުގެ ބަނދަރު ބެދުމުގެ ސަބަބުން އެ ރަށަށް އުޅަނދުފަހަރަށް ވަދެ ނުކުމެ ހަދަން ވަނީ ދަތިވެފައެވެ. މިކަމާ ގުޅިގެން އެ ރަށުގެ ރައްޔިތުން ވަނީ ވީހާވެސް އަވަހަށް މައްސަލަ ހައްލުކޮށްދިނުމަށް އެދި އަޑު އުފުލާފައެވެ. […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން