ކުޅިވަރު އޭޝިއަން ކަޕް ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ބަލިވެއްޖެ އޭޝިއަން ކަޕް ކޮލިފައިންގެ ތިންވަނަ ބުރުގައި ދިވެހިރާއްޖެ، ފިލިޕީންސްއާއި ދެކޮޅަށް ކުޅުނު މެޗުން ބަލިވެއްޖެއެވެ. ފިލިޕީންސްގައި ކުޅުނު މި މެޗުން ރާއްޖެ ބަލިވެފައިވަނީ 4-1 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފިލިޕީންސްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. ފުރަތަމަ ހާފުގައި އެ ޓީމުން ދެ ލަނޑު ޖެހިއެވެ. އަދި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ވަނީ ގޭމް ކޮންޓްރޯލް ކޮށްފައެވެ. ފިލިޕީންސްގެ ފުރަތަމަ ލަނޑު ހަވަނަ މިނިޓުގައި ޖަހައިދިނީ ޖެފަސަން ޓަބީނާސްއެވެ. އަދި 19 […] އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ޚަބަރު ޤާނޫނާއި ޚިލާފް ކޮންޓެންޓް ގެނެސްދޭނަމަ އެންމެ ހަރުކަށި ފިޔަވަޅު އަޅާނަން: ބްރޯޑްކޮމް ޤާނޫނުއަސާސީއާއި ޤާނޫނާ ޚިލާފު ކޮންޓެންޓް ގެނެސްދޭ ފަރާތްތަކާ މެދު އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) އިން މިއަދު އިންޒާރު ދީފިއެވެ. ބްރޯޑްކޮމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުޑަކުދިންނާއި ޅަފުރައިގެ ކުދިންނާއި ދުވަސްވީ މީހުންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްސަ ރައްކާތެރިކަން ފޯރުކޮށްދިނުމާއި، ބްރޯޑްކާސްޓް ޤާނޫނުގެ 37 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ރަސްދޫގެ ގެއެއްގައި ރޯވެ، ފިހުނު ޒުވާން ދެމަފިރިންގެ ހާލު ސީރިއަސް އއ. ރަސްދޫގެ ގެއެއްގައި ރޭ ދަންވަރު އަލިފާން ރޯވެ، އެ ގޭގެ ދެމަފިރިން ވަރަށް ބޮޑަށް ފިހިއްޖެ އެވެ. ފުލުހުން މިއަދު ބުނީ 24 މާރިޗް 2025 ވަނަ ދުވަހުގެ ރޭ 23:15 ހާއިރު ރަސްދޫ ގެއެއްގައި އަލިފާން ރޯވި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ. ”މިހާދިސާގައި ގޭގައި ދިރިއުޅުނު ދެ މީހަކު ޒަޚަމްވެގެން ފަރުވާއަށް މާލެ ގެނެސްފައިވޭ” ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މި މައްސަލަ ތަހްގީގުކުރަމުން އަންނަކަމަށެވެ. މައުލޫމާތު ލިބޭގޮތުގައި މި ހާދިސާގައި ފިހިފައި ވަނީ […] ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ވާހަކަ ސިލްސިލާ ވާހަކަ: ނާޒުކު ހިތެކޭ މިއީ (17) ކުރީގެ އަދަދާއިގުޅޭ: ” އަކްރަމްއަކީ ލޯތްބަށް ނަފްރަތު ކުރާ މީހަކަށް ވިޔަސް، އަހަރެން ހިއެއް ނުކުރަން އަކްރަމްގެ އަނތްބަކަށް ތިހާ އަނިޔާވެރިވެދާނެ ކަމަކަށް. ” ޝިކާ ވާހަކަ ދެއްކީ ރޮމުންނެވެ. ” އަހަންނާ ދިމާލަށް އެއްޗެހި ނުކިޔަބަލަ. ކިޔައިދޭން މި އުޅޭ ވާހަކަ ފުރަތަމަ އަޑުއަހާބަލަ.” އަކްރަމް ބުނީ ބާރަށެވެ. އެއާއެކު ޝިކާއަށް މައިތިރި ވެވުނެވެ. އަތުގެ ނުފުށުން އޭނާ ކަރުނަތައް ފުހެލުމަށްފަހު މަޑުމަޑުން ގޮސް އެނދުގައި އިށީނދެލީ އިސްޖަހައިގެންހުރެއެވެ. ” އަހަރެން މިހާ ވަރަށް މި […] ސަލާމާ ޢަބްދުލް ޢަލީމް · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ގޫގުލް ވިޑްސް އަށް އޭއައި ވޮއިސްއޯވަރ ފީޗަރ އިތުރުކޮށްފި ގޫގުލްއިން އެ ކުންފުނީގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ވީޑިއޯ ހެދުމުގެ ޓޫލް، ގޫގުލް ވިޑްސް އަށް އޭއައި ވޮއިސްއޯވަރ އިތުރުކޮށްފިއެވެ. މިދިޔަ ހަފްތާގައި އިޢުލާނުކުރި މި އައު ފީޗަރ “ހެލްޕް މީ ކްރިއޭޓް” އަށް އިތުރުކުރުމާއެކު، މި ޓޫލުން އަމިއްލައަށް އުފައްދާ ކޮންމެ ސީނަކަށް ވޮއިސްއޯވަރ އިތުރުކުރެވޭނެއެވެ. ގޫގުލްގެ ބްލޮގް ޕޯސްޓެއްގައި މި އައު ފީޗަރާ ބެހޭ އިތުރު ތަފްސީލު ހިއްސާކޮށްފައިވެއެވެ. މީގެ ކުރިން މި ޓޫލުން ޓެކްސްޓް ޕްރޮމްޕްޓަކާއި ގޫގުލް ޑްރައިވްގައިވާ ޑޮކިއުމަންޓެއްގެ މައްޗަށް ބިނާކޮށް […] އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މިލަންދޫ އިސްލާމީ މަރުކަޒު އަޅަން އެމްޓީސީސީ އަށް ށ މިލަންދޫ އިސްލާމީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. އިސްލާމީ މަރުކަޒުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މަރުކަޒު ޤާއިމްކުރުމަށް އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސޮއި ކުރައްވާފައިވާއިރު އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައުދީއެވެ. މިލަންދޫ އިސްލާމީ މަރުކަޒުގެ މަސައްކަތުގެ އަގު އަދި މިނިސް... އައިޝަތު އައިނީ އާމިރު · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ 12 އަހަރުގެ ކުއްޖަކު ގޭގައި ނިއުކްލިއަރ ރިއެކްޓަރެއް އުފައްދައިފި އެމެރިކާގެ ޓެނެސީގެ ސިޓީއެއް ކަމުގައިވާ މެމްފިސްގެ 12 އަހަރުގެ ކުއްޖަކު އޭނާގެ ކޮޓަރީގައި ނިއުކްލިއަރ ފިއުޝަން ރިއެކްޓަރެއް އުފެއްދުމާ ގުޅިގެން އެފްބީއައިގެ ސަމާލުކަން އެކަން އަތުވެއްޖެއެވެ. މިސްޓަރ ޖެކްސަން ނަމަކަށް ކިޔާ މި ކުއްޖާ އޭނާގެ މި ވާހަކަ އެކްސްގައި ހިއްސާކޮށްފައިވެއެވެ. އޭނާ ބުނާ ގޮތުގައި މި ކަމަށް އިލްހާމް ލިބުނީ ޓެއިލަރ ވިލްސަންގެ ޓެޑް ޓޯކުންނެވެ. މިސްޓަރ ވިލްސަން 2008 ވަނަ އަހަރު 14 އަހަރުގައި ކޮންޓްރޯލްޑް ނިއުކްލިއަރ ފިއުޝަން ހާސިލުކުރި ވާހަކަ އެ ޓޯކުގައި […] އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ރާއްޖެ "ހަނިމާދޫ އެއާޕޯޓްގެ ކުރިއެރުމަށް، ސަރަހައްދުގައި ފަތުރުވެރިކަން ފުޅާވުން މުހިންމު" ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ އަމަލީ މަސައްކަތްނިމި އެ އެއާޕޯޓް ބޭނުން ކުރަން ފެށޭއިރު، އެ ސަރަހައްދުގައި ލޯކަލް ޓުއަރިޒަމް ފުޅާވެފައި އޮތުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ތޯރިގު އިބްރާޙިމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ހއ.އަތޮޅަށް ބީއެމްއެލް ގެސްޓްހައުސް ފައިނޭންސިންގް ތައާރަފްކުރުމަށް މިއަދު ހއ. ފިއްލަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ހަނިމާދޫ އެއާޕޯޓްގެ މަސައްކަތްތައް ނިމިގެންދާއިރު، އެ ސަރަހައްދުގައި އެކަށީގެ... އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ރަޝިޔާއަށްފަހު، ޔޫކްރެއިންގެ އޮފިޝަލުންނާ ވެސް އެމެރިކާގެ ވަފުދު ބައްދަލުކުރަނީ ރަޝިޔާއާގެ އޮފިޝަލުންނާއެކު ބޭއްވި މަޝްވަރާތަކަށްފަހު، ޔޫކްރެއިންގެ އޮފިޝަލުންނާ ވެސް އެމެރިކާގެ ވަފުދުން ރިޔާޒުގައި ބައްދަލުކުރަން ނިންމައިފިއެވެ. ޔޫކްރެއިން އާއި ރަޝިޔާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށްޓަކައި އެމެރިކާގެ އިސް އޮފިޝަލުން ރަޝިޔާގެ ވަފުދަކާއެކު މަޝްވަރާތަކެއް އާދިއްތަ ދުވަހު ސައޫދީގެ ވެރިރަށް ރިޔާޒުގައި ވަނީ ކޮށްފައެވެ. އޭއެފްޕީ ނިއުސް އޭޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ސައުދީ އަރަބިއާގެ ވެރިރަށް ރިޔާދުގައި ބޭއްވުނު އެމެރިކާ-ރަޝިޔާ މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އ... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ވިޔަފާރި ތުލުސްދޫ ސްޓެލްކޯ ކޮމްޕްލެކްސް އިމާރާތް އަޅަން ހަވާލުކޮށްފި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ކ. ތުލުސްދޫގައި އަލަށް ޤާއިމްކުރަން ނިންމާފައިވާ އިންޖީނުގެއާއި ކަސްޓަމަރ ސަރވިސް ބިލްޑިންގ އަދި އިންޖީނުގޭގެ ވަށާފާރު އިމާރާތްކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މިކަމަށް ސްޓެލްކޯ ހެޑްއޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި މަސައްކަތް 11،954،501 ރުފިޔާއަށް ހަވާލުކޮށްފައިވަނީ ސަން ވިލް ޕްރައިވެޓް ލިމިޓެޑާއެވެ. މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ އެވެ. އަދި މަސައްކަތާ ހަވާލުވި ސަންވ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ފިޔާޒަށް ރައީސް ބިރު ދެއްކެވި ކަމަށް ނުބެލެވޭ، ދައުވާ ނުކުރެވޭނެ: ޕީޖީ އަދަދު ނޫހުގެ ސީއީއޯ، ހުސެއިން ފިޔާޒު މޫސާއަށް ގުޅުއްވައި ޑރ. މުހައްމަދު މުއިއްޒު ބިރުދެއްކެވި ކަމަށް ބުނާ މައްސަލާގައި ބިރު ދެއްކެވުމުގެ އިބާރާތެއް ރައީސް ބޭނުން ކުރައްވާފައި ނުވާތީ އެ މައްސަލާގައި ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ. ފިޔާޒުއަށް ރައީސް މުއިއްޒު ފޯނުން ގުޅުއްވައި ރައީސް އިންޒާރު ދެއްވީ އެމްޑީޕީގެ އެއްވުމެއްގައި އެ ޕާޓީގެ މެންބަރަކު ރައީސްގެ އާއިލާ ބޭފުޅަކާ ބެހޭގޮތުން ދެއްކި ވާހަކައާ ގުޅިގެން ކޯފާ އިސްކުރައްވާ ކަމަށް ފިޔާޒް ވިދާޅުވެފައިވެ […] ހުސައިން ހަބީބް · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހއ.އަތޮޅަށް ޚާއްޞަކޮށްގެން ގެސްޓު ހައުސް ފައިނޭންސިންގ ސްކީމެއް ތަޢާރަފްކޮށްފި ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހއ. އަތޮޅަށް ޚާއްޞަކޮށްގެން ގެސްޓު ހައުސް ފައިނޭންސިންގ ސްކީމެއް މިއަދު ތަޢާރަފްކޮށްފިއެވެ. މި ސްކީމް ތަޢާރަފްކޮށްފައިވަނީ ހއ. ފިއްލަދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވި ގޮތުގައި މި ފައިނޭންސިންގ ސްކީމަކީ ގެސްޓުހައުސް ވިޔަފާރި އަލަށް ފަށަން ބޭނުންވާ ފަރާތްތަކާއި މިހާރު ގެސްޓުހައުސް ވިޔަފާރި ކުރަމުންދާ ފަރާތްތަކަށްވެސް ހުޅުވާލެވިފައިވާ ސްކީމެކެވެ. އަ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ތުރާކުނު، އުލިގަމު، މޮޅަދޫ އަދި ތަކަންދޫގައި ވެސް އޭޓީއެމްގެ ޚިދުމަތް ފަށައިފި ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްގެ ސެލްފް ސާވިސް އޭޓީއެމްގެ ޚިދުމަތް ހއ. އަތޮޅުގެ ތުރާކުނު، އުލިގަމު، މޮޅަދޫ އަދި ތަކަންދޫގައި ވެސް މިއަދު ފަށައިފިއެވެ. ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް މިއަދު ވަނީ ހއ. އަތޮޅުގެ ޖުމްލަ 7 ރަށެއްގައި ފަށާފައެވެ. މި ހަތަރު ރަށުގެ އިތުރުން ދެން މި ޚިދުމަތް ފަށާފައި ވަނީ އުތީމު، މުރައިދޫ އަދި މާރަންދޫގައެވެ. ބީއެމްއެލުން މިއަދު ބުނިގޮތުގައި މި އޭޓީއެމްތައް މެދުވެރިކޮށް ހަފުތާގެ 7 ދުވަހު 24 ގަޑިއިރު ރައްޔިތުންނަށް […] ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ތެލެސީމިއާ ސެންޓަރުގެ ޑީޖީގެ މަޤާމަށް ބޭފުޅަކު ހަމަޖައްސައިފި މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމްބީއެސް) ގެ ޑިރެކްޓަރ ޖެނެރަލް (ޑީޖީ) މަޤާމަށް ބޭފުޅަކު ހަމަޖައްސައިފިއެވެ. ހެލްތް މިނިސްޓްރީން ބުނީ އެ މަގާމަށް ހަމަޖައްސާފައި ވަނީ އަހްމަދު މައުސޫމް ކަމަށެވެ. ހެލްތް މިނިސްޓްރީން ބުނީ، އެމްބީއެސްގެ ޑީޖީއަކަށް ހަމަޖެއްސި އަހްމަދު މައުސޫމަކީ މެނޭޖްމަންޓް ދާއިރާގައި އަދި ހިންގުމުގެ ތަޖުރިބާ ހުރި ބޭފުޅެއްކަމަށެވެ. އަދި އޭނާ ވަނީ މީގެ ކުރިން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލު (އައިޖީއެމްއެޗް) ގައިވެސް މަސައްކަތް ކުރައްވާފައެވެ. ހެލްތް މިނިސްޓްރީން މަޢުލޫމާތު ދޭ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ދުނިޔޭގެ ޓީބީ ދުވަހުގެ މުނާސަބަތުގައި ރައީސްގެ މެސެޖެއް ދުނިޔޭގެ ޓީބީ ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޚާއްޞަ މެސެޖެއް ފޮނުއްވައިފިއެވެ. މި މެސެޖުގައި ރައީސް މުޢިއްޒު ވަނީ މިއަހަރުގެ ދުނިޔޭގެ ޓީބީ ދުވަހުގެ ޝިޢާރަށް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން ބައިނަލްއަޤުވާމީ މުޖުތަމަޢުން ޓީބީ ނައްތާލުމަށް ކަނޑައަޅާފައިވާ ޢަޒުމުގައި ދިވެހިރާއްޖެއިން ވެސް ބައިވެރިވާކަން ރައީސް ފާހަގަކުރަށްވާފައެވެ. ރައީސް މުޢިއްޒުގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، 1998 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖެއަކީ ޓީބީ ބަލި ދެނެގަތުމުގެ މިންވަރު... ޔުމްނާ ޢަލީ · 1 އަހަރު ކުރިން