ވަކިވަކި ނޫސްވެރިންނަށް އިންޒާރު ދިނުމާއި ފުރައްސާރަކުރުން ކުށްވެރިކޮށްފި
ނޫސްވެރިންނަށް އެކި ބާވަތުގެ އިންޒާރު ދިނުމާއި ފުރައްސާރަކުރުމުގެ ޢަމަލުތައް ހިންގަމުންދާތީ، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މިއަދު ބަޔާނެއް ނެރެފި އެވެ. އެމްއެމްސީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، ވަކިވަކި ނޫސްވެރިންނާއި މީޑިއާތަކަށް އަމާޒުކޮށް ސިޔާސީ ޕްލެޓްފޯމްތަކާއި މީސްމީޑިއާގެ މަންސަތަކުގައި އެކި ބާވަތުގެ އިންޒާރު ދިނުމާއި ފުރައްސާރަކުރުމާ ގުޅޭ ކަންބޮޑުވުންތައް އެ ކައުންސިލްގެ ސަމާލުކަމަށް އައިސްފައިވާކަމަށާއި ޚާއްޞަކޮށް ވަކި ޖިންސަކަށ...