މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
މަކަރާއި ހީލަތުން އެއް ހަފްތާގެ ތެރޭގައި 480,000 އަށްވުރެ ގިނަ ރުފިޔާ އަތުލައިފި

މަކަރާއި ހީލަތުން އެއް ހަފްތާގެ ތެރޭގައި 480,000 އަށްވުރެ ގިނަ ރުފިޔާ އަތުލައިފި

ފާއިތުވި ހަފްތާގެ ތެރޭގައި މަކަރާއި ހީލަތުން 480,000 ރުފިޔާއަށްވުރެ ގިނަ ރުފިޔާ އަތުލައިފައިވާކަމަށް ދިވެހި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެންޓި ސްކޭމް ސެންޓަރުން ހިއްސާކޮށްފައިވާ މަޢުލޫމާތުގައިވާ ގޮތުން، މި މަހުގެ 13 ވަނަ ދުވަހުން 19 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 481,520.67 ރުފިޔާ ގެއްލިފައިވެއެވެ. ނަމަވެސް މީގެ ތެރެއިން 383,610.08 ރުފިޔާ ވަނީ އަނބުރާ ހޯދާފައެވެ. މިއީ ގެއްލުނު ފައިސާގެ 80 އިންސައްތައެވެ. މި މުއްދަތުގެ ތެރޭގައި އެންޓި ސްކޭމް ސެންޓަރަށް […...

ޔުމްނާ ޢަލީ
ޤުދުރަތީ ރީތިކަމަކީ، ދިވެހިރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު ނިޢުމަތް: ރައީސް

ޤުދުރަތީ ރީތިކަމަކީ، ދިވެހިރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު ނިޢުމަތް: ރައީސް

ޤުދުރަތީ ރީތިކަމަކީ، ދިވެހިރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު ނިޢުމަތްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރާ ދުނިޔޭގެ ދިރޭތަކެތީގެ ނަސްލުގެ ދުވަހާއި ގުޅިގެން މީސްމީޑިއާ މެދުވެރިކޮށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ. އެ މެސެޖުގައި ރައީސް ވިދާޅުވެފައި ވަނީ ޤުދުރަތީ ރީތިކަމަކީ، ދިވެހިރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު ނިޢުމަތްކަމަށެވެ. އަދި މި އަގުހުރި ނިޢުމަތަށް ރައްކާތެރިވެވޭނީ، ދިރޭ ތަކެތީގެ ނަސްލު ޙިމާޔަތްކޮށް ދަމަހައްޓައިގެންކަމަށް ރ...

ޔުމްނާ ޢަލީ
ޔުނައިޓެޑް ބަލިކޮށް ޓޮޓެންހަމުން ޔޫރޮޕާ ލީގު ކާމިޔާބުކޮށްފި

ޔުނައިޓެޑް ބަލިކޮށް ޓޮޓެންހަމުން ޔޫރޮޕާ ލީގު ކާމިޔާބުކޮށްފި

މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް ޔުއެފާ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ޓޮޓެންހަމުން ކާމިޔާބު ކޮށްފިއެވެ. ރޭ އެތުލެޓިކް ބިލްބާއޯގެ ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ޓޮޓެންހަމުން ވަނީ 1-0 ގެ ނަތީޖާއިން ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދާފައެވެ. މިއީ ޔުނައިޓެޑާއި ޓޮޓެންހަމަށް ވެސް ޕްރިމިއާ ލީގުގައި ވަރަށް ދަށް ސީޒަނެކެވެ. ލީގުގައި ކޮންމެ ޓީމަކަށް ބާކީ އެއް މެޗު އޮތްއިރު މިވަގުތު ޔުނައިޓެޑް އޮތީ ޕޮއިންޓް ތާވަލުގެ 16 ވަނާގައެވެ. ޓޮޓެންހަމް އޮތީ 17 ވަނާގައެވެ. މި ސަބަބާއި […]

އިބްރާހިމް ޚަލީލް
ދުނިޔޭގެ އެންމެ މުއްސަނދި ރަސްގެފާނު: 4 އަނބިން، 300 ކާރު، 38 ޕްރައިވެޓް ޖެޓް

ދުނިޔޭގެ އެންމެ މުއްސަނދި ރަސްގެފާނު: 4 އަނބިން، 300 ކާރު، 38 ޕްރައިވެޓް ޖެޓް

ތައިލެންޑްގެ ރަސްގެފާނު، މަހާ ވަޖިރަލޮންކޯން، ނުވަތަ ރަސްމީ ނަމުންނަމަ ރާމާ ދިހަވަނަ އަކީ، މިވަގުތު ދުނިޔޭގެ ތަޚުތުގައި އިންނެވި އެންމެ މުއްސަނދި ރަސްގެފާނު ކަމަށް ބައިނަލްއަޤްވާމީ މީޑިއާ ރިޕޯޓްތައް ބުނެއެވެ. އޭނާގެ އަމިއްލަފުޅު މުދަލުގެ އަގު 30 ބިލިއަން އެމެރިކާ ޑޮލަރާއި 43 ބިލިއަން އެމެރިކާ ޑޮލަރާ ދެމެދުގެ އަދަދަކަށް އަރާކަމަށް ބެލެވޭއިރު، މި މުއްސަނދިކަމުގެ އަލިގަދަ ހެކިތަކުން ދުނިޔޭގެ ސަމާލުކަން ވަނީ އަތުލައިގެންފައެވެ. ޚަބަރުތައް ފެތުރިފައިވާ ގޮތުގައި، ރަސްގެފާނު މަހާ ވަޖިރަލޮންކޯންގެ އަތްޕ...

އަޙްމަދު ދާއޫދު
ޕާކިސްތާނާއި ޗައިނާއިން ވިޔަފާރީގެ ގުޅުންތައް ދެމެހެއްޓުމަށް އެއްބަސްވެއްޖެ

ޕާކިސްތާނާއި ޗައިނާއިން ވިޔަފާރީގެ ގުޅުންތައް ދެމެހެއްޓުމަށް އެއްބަސްވެއްޖެ

ޕާކިސްތާނާއި ޗައިނާއާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިކޮށް، މުވާސަލާތީ ގުޅުން ތައް ދެމެހެއްޓުމަށް އެއްބަސްވެއްޖެއެވެ. ޕާކިސްތާނުން ބުދަ ދުވަހު ބުނެފައިވަނީ، އިންޑިއާއާއެކު ހިނގި ނުރައްކާތެރި ހަނގުރާމައެއް ނިމުނުތާ ދުވަސްކޮޅެއް ފަހުން، ޗައިނާއާއެކު ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރުކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ. މި ހަނގުރާމައާ ގުޅިގެން ޗައިނާއިން ވަނީ ދެ ޤައުމުގެ މައްސަލަތައް ވާހަކަދައްކައިގެން ހައްލުކުރުމަށް ގޮވާލާފައެވެ. ދެ ޤައުމުގެ ދެބަސްވުންތައް ފެށުނީ އޭޕްރީލް 22 ވަނަ ދުވަހު އިންޑިއާގެ...

އަޙްމަދު ދާއޫދު
އިންޑިގޯ ފްލައިޓެއް ގަދަ ކޮޅިގަނޑެއްގައި ޖެހި ކުއްލި ހާލަތުގައި ޖައްސައިފި

އިންޑިގޯ ފްލައިޓެއް ގަދަ ކޮޅިގަނޑެއްގައި ޖެހި ކުއްލި ހާލަތުގައި ޖައްސައިފި

އިންޑިއާގެ ވެރިރަށް ދިއްލީން ސްރީނަގަރަށް ދަތުރުކުރަމުންދިޔަ އިންޑިގޯ މަތިންދާބޯޓެއް (6އީ2142) ގަދަ ވިއްސާރައާއި ވައިގަދަވުމުގެ ސަބަބުން ކުއްލި ނުރައްކަލުގެ ހާލަތުގައި ޖައްސައިފިއެވެ. އިއްޔެ ހަވީރު ހިނގި މި ހާދިސާގައި މަތިންދާބޯޓުގެ ނޯސްކޯން ވަރަށް ބޮޑަށް ހަލާކުވެފައިވާއިރު، ޕައިލެޓުން ވަނީ އެއަރ ޓްރެފިކް ކޮންޓްރޯލަށް އިމަޖެންސީ އެއް އިއުލާންކޮށްފައެވެ. މަތިންދާބޯޓު ސްރީނަގަރާ ކައިރިވަމުންދަނިކޮށް ގަދަ ވިއްސާރަ ވިލާގަނޑަކާ ކުރިމަތިވެ، ބޯޓުގެ ބޭރުގައި ވިއްސާރައިގެ ވިލާތައް ޖެހެމުންދިޔަ މަންޒަރު ފ...

އަޙްމަދު ދާއޫދު
ސްޓެލްކޯއިން ވޯޓްސިލާ އާއި އެކު ކިއުއީއެޗްއެސް ސެޝަނެއް ބާއްވައިފި

ސްޓެލްކޯއިން ވޯޓްސިލާ އާއި އެކު ކިއުއީއެޗްއެސް ސެޝަނެއް ބާއްވައިފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން އެ ކުންފުނީގެ އިތުބާރުހުރި ޕާޓްނަރެއް ކަމުގައިވާ ދުނިޔޭގެ އެންމެ ވަރުގަދަ ޖަނަރޭޓަރު ސެޓް އުފައްދާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ފިންލެންޑްގެ ޓެކްނޮލޮޖީ ގްރޫޕް ވޯޓްސިލާ އާއި އެކު ކޮލިޓީ، އެންވަޔަރަންމަންޓަލް، ހެލްތް އެންޑް ސޭފްޓީ (ކިއުއީއެޗްއެސް) ސެޝަނެއް ބާއްވައިފިއެވެ. މި ސެޝަނަކީ އެ ދެ ފަރާތުގެ ދެމެދުގައި އޮތް އިނޮވޭޝަން، ދެމެހެއްޓެނިވި ތަރައްޤީ އަދި ހިންގުމުގެ ފެންވަރު މަތިކުރުމަށް އޮތް ގުޅުމުގެ މުހިންމު މަރުހަލާއެއްކަމަށް އެސްޓީއޯއިން ބުނެފައިވެ...

އިބްރާހިމް އަސްވާޤް
މިރޭވެސް ހައިވޭގައި ނުރައްކާތެރި 2 އެކްސިޑެންޓް

މިރޭވެސް ހައިވޭގައި ނުރައްކާތެރި 2 އެކްސިޑެންޓް

މިރޭވެސް ހައިވޭގައި ނުރައްކާދެތި ދެ އެކްސިޑެންޓެއް ހިނގައި ގެން ފުލުހުން ހަރަކާތްތެރިވަމުން އެބަދެއެވެ. މި ހާދިސާތަކުގެ ތެރެއިން އެއް ހާދިސާގައި އަނިޔާވި މީހަކު ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. މިއީ ކާރަކާއި ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓެކެވެ. މަންޒަރުދުން ބައެއް ފަރާތްތަކުން މަޢުލޫމާތު ދިން ގޮތުގައި އެކްސިޑެންޓުވި ސައިކަލާއި ކާރަށް އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ. މިފަހަކަށް އައިސް ބްރިޖާއި ހައިވޭގައި ހިނގާ އެކްސިޑެންޓްތައް ވަނީ އިތުރުވެފަ...

އަލީ އާދިލް
މަޑުއްވަރީގައި ބީއެމްއެލްގެ އޭޓީއެމްއެއް ހުޅުވައިފި

މަޑުއްވަރީގައި ބީއެމްއެލްގެ އޭޓީއެމްއެއް ހުޅުވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މ. މަޑުއްވަރީގައި މިއަދު އައު އޭޓީއެމްއެއް ޤާއިމްކޮށްފިއެވެ. މި އޭޓީއެމް ރަސްމީކޮށް ހުޅުވައިދެއްވީ ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފު ޢުމަރެވެ. މި އޭޓީއެމް ހުޅުވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، މި ޚިދުމަތް ޤާއިމްކުރެވުމާއެކު މަޑުއްވަރީ ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ ކަމަށެވެ. އަދި މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވާފައިވާ، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެ...

އިބްރާހިމް އަސްވާޤް
މާރާމާރީ ހިންގި ޒުވާނަކު ޝަރީއަތް ނިމެންދެން ވާނުވާ ބަންދަށް

މާރާމާރީ ހިންގި ޒުވާނަކު ޝަރީއަތް ނިމެންދެން ވާނުވާ ބަންދަށް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތައް ކައިރީގައި ހިންގި މާރާމާރީއަކާ ގުޅިގެން ހައްޔަރުކުރެވުނު 18 އަހަރުގެ ޒުވާނަކު ތަހުޤީގު އަދި ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ. މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރެވުނު މއ. ޝެލްޓާ، މުހައްމަދު ރައިހާން ހުސައިން (18 އަހަރު) ވަނީ ރޭ 11:30 ހާއިރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރެވިފައެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ތަހުގީގާއި ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް (ވާނ...

އަލީ އާދިލް
ވާނުވާ ބަންދުގައި ތިބޭ މީހުންނަށް ލުއި ދޭން ފަށައިފި

ވާނުވާ ބަންދުގައި ތިބޭ މީހުންނަށް ލުއި ދޭން ފަށައިފި

ޝަރީޢަތް ނިމެންދެން ބަންދުގައި ތިބޭ މީހުންނަށް އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ދަށުން ލުޔެއް ދޭން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް (ޕީޖީ) އިން މިއަދު ނިންމައިފިއެވެ. ޕީޖީ އޮފީހުން މިއަދު ބުނީ، ޝަރީޢަތް ނިމެންދެން ބަންދުގައި ތިބޭ މީހުންގެ ތެރެއިން، އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ދަށުން އަދި ކޯޓުން ކަނޑައަޅާ ޝަރުތުތަކާއެކު ބަންދަށް ލުއި ދެވިދާނެ ކަމަށް ފެންނަ މީހުންގެ ބަންދު މުރާޖަޢާކޮށް، އެފަދަ މީހުންނަށް ލުއިދިނުމުގެ މަސައްކަތް ފަށައިގަނެފައިވާކަމަށެވެ. މި ނިޒާމުގެ ދަށުން ބަންދަށް ލު...

އަލީ އާދިލް
ކުޅުދުއްފުށީ ސްވިމިންގް ޕްލެޓްފޯމު މަތީގައި މަސްބާނަން ތިބުން މަނާކޮށްފި

ކުޅުދުއްފުށީ ސްވިމިންގް ޕްލެޓްފޯމު މަތީގައި މަސްބާނަން ތިބުން މަނާކޮށްފި

ހދ. ކުޅުދުއްފުށީ ސިޓީ ރަށްމަތި ފަންނުގެ އުތުރުކޮޅު މަސްމާރުކޭޓް ދެކުނުގައި އޮންނަ ސްވިމިންގް ޕްލެޓްފޯމު މަތީގައި މަސްބާނަން ތިބުމަކީ މަނާ ކަމެއްކަން އަންގައި، ސިޓީ ކައުންސިލްގެ އިދާރާއިން އިޢުލާން ކޮށްފިއެވެ. ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައިވަނީ، ސްވިމިންގް ޕްލެޓްފޯމު މަތީގައި މަސްބޭނުން އާންމުވެ، އާންމުންގެ ކަންބޮޑުވުން ފާޅުކުރަމުން އަންނަ ދަނޑިވަޅެއްގައެވެ. މީގެ އިތުރުން، މިފަހަކަށް އައިސް އެ ސަރަހައްދުގައި މަސްބާނަން ތިބުމާއި ޕްލެޓްފޯމު މަތީގައި މަސްކެނޑުން ފަދަ ކަންކަން ކުރަމުންދާކަ...

އަލީ އާދިލް
އުރީދޫ ނޭޝަން އިންޓަރ ކޮލެޖު އީސްޕޯޓްސް ޓޯނަމަންޓްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އުރީދޫ ނޭޝަން އިންޓަރ ކޮލެޖު އީސްޕޯޓްސް ޓޯނަމަންޓްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އުރީދޫ މޯލްޑިވްސްއިން ފުރަތަމަ ފަހަރަށް ބާއްވާ “އުރީދޫ ނޭޝަން އިންޓަރ ކޮލެޖް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް 2025” އަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ޤައުމީ ފެންވަރުގެ ކޮލެޖިއޭޓް އީސްޕޯޓްސް މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވަނަ ދުވަހުއެވެ. މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ކޮލެޖް ޓީމުތަކަށް ދައުވަތު ދެނީ ތިން އީސްޕޯޓް ޓައިޓަލެއްގައި ވާދަކުރުމަށެވެ. އެއީ މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް، ޕަބްޖީ މޮބައިލް އަދި އީއޭއެފްސީ 25 އެވެ....

އިބްރާހިމް އަސްވާޤް
އަނަސްގެ މަރު ތުހުމަތުވާ ހަތް މީހުން ބަންދު ނުކުރަން އަނެއްކާވެސް ނިންމައިފި

އަނަސްގެ މަރު ތުހުމަތުވާ ހަތް މީހުން ބަންދު ނުކުރަން އަނެއްކާވެސް ނިންމައިފި

މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި ރ. މީދޫއަށް ނިސްބަތްވާ މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ދައުވާލިބޭ މީހުން ބަންދު ނުކުރެވޭނެ ކަމަށް ހައި ކޯޓުން އަނެއްކާވެސް ނިންމައިފި އެވެ. ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ޖުލައި، 2017 ގައި ގްރޫޕަކުން ގޮސް ހަމަލާދީ އަނަސް މަރާލި މައްސަލައިގައި ހަތް މީހަކަށް ދައުލަތުން ދައުވާކުރެ އެވެ. އެއީ ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގު އަދި މ. ދިމިޝްގު އުސްމާން ޝަރީފާއި […]

ހުސައިން ހަބީބް
ދުންފަތުގެ ޖެނެރޭޝަނަލް ބޭން ކަނޑައެޅި ބިލު ތަޞްދީޤުކުރައްވައިފި

ދުންފަތުގެ ޖެނެރޭޝަނަލް ބޭން ކަނޑައެޅި ބިލު ތަޞްދީޤުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދުންފަތުގެ ޖެނެރޭޝަނަލް ބޭން ކަނޑައަޅުއްވައި، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު މިއަދު ތަޞްދީޤުކުރައްވައިފިއެވެ. މި ބިލު ތަޞްދީޤުކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި އިޞްލާޙާއެކު، 1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ދުންފަތް ގަނެވިއްކުން މަނާވާނެއެވެ. މީގެ އިތުރުން، ދުންފަތް، އިލެކްޓްރޯނިކް ސިނގިރޭޓް އަދި ވޭޕް...

ޔުމްނާ ޢަލީ