އިނގިރޭސިވިލާތުން އެއް މިލިއަން މީހުން އިސްލާމް ދީނަށް ވެއްދުމަށް ބޮޑު ހަރަކާތެއް ފަށައިފި
2030 ވަނަ އަހަރާ ހަމައަށް އެއް މިލިއަން މީހުން އިނގިރޭސިވިލާތުން އިސްލާމްދީނަށް ވެއްދުމަށް އެ ގައުމުގައި އިސްލާމްދީން ފެތުރުމަށް މަސައްކަތްކުރާ ސަތޭކަ އެތައް ދަޢުވާ ޕްރެކްޓިޝަނަރުން މަސައްކަތް ފަށައިފި އެވެ. މިމަސައްކަތް ފެށީ، އިސްލާމިކް އެޑިޔުކޭޝަން އެންޑް ރިސާރޗް އެކެޑަމީ (އީރާ) އިން އިންތިޒާމްކޮށްގެން ލެސްޓަރގައި ބޭއްވި ފުރަތަމަ ނެޝަނަލް ދަޢުވާ ކޮންވެންޝަންގައެވެ. އިނގިރޭސިވިލާތުގެ އެކި ކަންކޮޅުތަކުން ސަތޭކައަށްވުރެ ގިނަ އިސްލާމީ ޖަމްޢިއްޔާތަކުގެ މަންދޫބުން ބައިވެރިވިއެވެ. މި ކޮންވެންޝަންގެ މ...