މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
''ކުޅުދުއްފުށީ ބަށި މުބާރާތް - ހދ އަތޮޅު ލީގް'' މާދަމާ ފަށަނީ

''ކުޅުދުއްފުށީ ބަށި މުބާރާތް - ހދ އަތޮޅު ލީގް'' މާދަމާ ފަށަނީ

ހދ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ “ކުޅުދުއްފުށި ބަށި މުބާރާތް – ހދ އަތޮޅު ލީގް 2025” މާދަމާ ފަށާނެއެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ މި މުބާރާތުގައި މިއަހަރު މުޅި ޖުމްލަ 6 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އަދި މި މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ މެދުގައި ގުރުއަތުލުމުގެ ރަސްމިއްޔާތެއް މި ހަފްތާ ވަނީ ބާއްވާފައެވެ. އެގޮތުން ދެ ގްރޫޕަކަށް ބަހާލައިގެން ކުޅުދުއްފުށި ސިޓީ ސްޓޭޑިއަމް އަރޭނާގައި ކުރިއަށް ގެންދާ މި މުބާރާތުގެ […]

އައިޝަތު އައިނީ އާމިރު
''ފަލަސްތީނުގެ ޒުވާން ޓީމު ރާއްޖޭގައި ކޭޕްކުރާނެ، އެކުވެރިކަމުގެ ދެ މެޗުވެސް ކުޅޭނެ''

''ފަލަސްތީނުގެ ޒުވާން ޓީމު ރާއްޖޭގައި ކޭޕްކުރާނެ، އެކުވެރިކަމުގެ ދެ މެޗުވެސް ކުޅޭނެ''

ފަލަސްތީނުގެ ޒުވާން ޓީމު ރާއްޖޭގައި ކޭމްޕްކުރުމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ދީފައިވާކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްްއޭއެމް)ގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ  މަހިބަދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރަށްވާ ޓޮމް މިފަދައިން ވިދާޅުވީ، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި އެކު ބޭއްވެވި ބައްދަލުކުރެއްވުމަށްފަހު މީސްމީޑިއާގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައެވެ. ޓޮމް ވިދާޅުވެފައި ވަނީ ފަލަސްތީނުގެ...

ޔުމްނާ ޢަލީ
ބިލެތްފަހީ ދަތުރުގައި ވަޒީރަށް އެންމެ ފާހަގަކޮށްލެވުނީ ފުލުހުންގެ ޚިދުމަތާއި ގުޅޭގޮތުން ކުޑަކުދިން ހުށަހެޅި ރޯލްޕްލޭ

ބިލެތްފަހީ ދަތުރުގައި ވަޒީރަށް އެންމެ ފާހަގަކޮށްލެވުނީ ފުލުހުންގެ ޚިދުމަތާއި ގުޅޭގޮތުން ކުޑަކުދިން ހުށަހެޅި ރޯލްޕްލޭ

ޤައުމީ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން ށ. އަތޮޅު ބިލެތްފައްސަށް ކުރެއްވި ޒިޔާރަތަކީ، އުފާވެރިކަމާއި އުއްމީދު އާކޮށްދިން ކާމިޔާބު ޒިޔާރަތެއް ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ. މިއަހަރުގެ ޤައުމީ ދުވަސް ށ.އަތޮޅުން، އަތޮޅު ފެންވަރުގައި ފާހަގަކުރުމަށް ށ.ބިލެތްފަހީގައި ވަނީ މިދިޔަ މަހު 29 އިން 30 އަށް ޚާއްޞަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތްތަކުގައި ޝަރަފްވެރިއެއްގެ ގޮތުގައި ވަޒީރު މާރިޔާވެސް ބައިވެރިވެވަޑައިގަތެވެ. ޤައުމީ ދު...

އައިޝަތު އައިނީ އާމިރު
އަހަރެން ގެންގުޅެނީ ޗައިނާ ރައީސްދެއްވި ފޯނެއް، އެމެރިކާއަށް މި ފޯނު ހެކެއް ނުކުރެވޭނެ: މަދޫރޯ

އަހަރެން ގެންގުޅެނީ ޗައިނާ ރައީސްދެއްވި ފޯނެއް، އެމެރިކާއަށް މި ފޯނު ހެކެއް ނުކުރެވޭނެ: މަދޫރޯ

އޭނާ ގެންގުޅުއްވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގ ދެއްވި ވާވޭ ފޯނެއް ކަމަށާއި، އެ ފޯނު އެމެރިކާ އަށް ހެކް ނުކުރެވޭނެކަމަށް ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ވިދާޅުވެއްޖެއެވެ. ވެނެޒުއެލާގެ ރައީސް މަދޫރޯ މީޑިއާތަކާއި ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުން، އެމަނިކުފާނު ގެންގުޅުއްވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގ އެމަނިކުފާނަށް ހަދިޔާކުރެއްވި ހުވާވޭ ފޯނެއް ވިދާޅުވުމަށްފަހު އެ ފޯނު ވަނީ ދައްކަވާފައެވެ. އަދި އެ ފޯނަކީ ދުނިޔޭގެ އެންމެ ރަނގަޅު ފޯނުކަމަށާއި، އެމެރިކާގެ ޖާސޫސީ މަތިންދާބޯޓުތަކަށާއި ސ...

ޔުމްނާ ޢަލީ
އަގުބޮޑު އިނާމުތަކާއިއެކު، ނަރުދޫ ބްރީޒް ވިއު ކެފޭގެ އަހަރީ ޕްރޮމޯޝަން ފެށެނީ

އަގުބޮޑު އިނާމުތަކާއިއެކު، ނަރުދޫ ބްރީޒް ވިއު ކެފޭގެ އަހަރީ ޕްރޮމޯޝަން ފެށެނީ

ށ. ނަރުދޫގައި ހިންގަމުން އަންނަ އެންމެ ސަޅި ކެފޭ ކަމުގައިވާ ބްރީޒް ވިއުގެ އަހަރީ ޕްރޮމޯޝަން، އަގުބޮޑު އިނާމުތަކާއިއެކު ފެށުމަށް ތައްޔާރުވެއްޖެ އެވެ. މިމަހުގެ 10 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ. އެއްވަނަ އިނާމަކަށް 43 އިންޗީގެ ބޮޑު ސްމާޓު ޓީވީއެއް ދިނުމަށް ހަމަޖެހިފައިވާއިރު ދެވަނަ އަށް ދިނުމަށް ހަމަޖެހިފައިވަނީ ޑައިނަމިކް ސުޕަރޖެނެރަލް ބްރޭންޑުގެ 7 ކިލޯގެ އޮޓޯ ދޮންނަ މެޝިނެކެވެ. […]

އަލީ އާދިލް
ތުރާކުނު ކައުންސިލުން އެ ރަށު ސްކޫލަށް 20،000 ރުފިޔާގެ މާލީ

ތުރާކުނު ކައުންސިލުން އެ ރަށު ސްކޫލަށް 20،000 ރުފިޔާގެ މާލީ

ހއ. ތުރާކުނު ކައުންސިލުން އެ ރަށު ސްކޫލަށް 20،000 ރުފިޔާގެ މާލީ އެހީ ފޯރުކޮށްދީފިއެވެ. ތުރާކުނު ކައުންސިލުން ބުނީ، މި އެހީތެރިކަމަކީ ދަރިވަރުންގެ ރަސްމީ ތަޢުލީމާއި، މުދައްރިސުންގެ ފަންނީ ހުނަރު ތަރައްޤީކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ވެދިން އެހީތެރިކަމެއްކަމަށެވެ. އެގޮތުން ތުރާކުނު ކައުންސިލުން ދޭ ފައިސާގެ އެހީ އެ ރަށު ސްކޫލާއި ހަވާލުކުރުމަށާއި ތުރާކުނު ކައުންސިލްގެ ޤުރުއާން މުބާރާތުގައި ސްކޫލުގެ ފަރާތުން ފަންނީ އެހީތެރިކަން ބޭނުންވާ ދާއިރާތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާ ބައްދަލުވުމެއްވެސް ބާ...

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީގައި ޝޫޓްކުރި "ކަނބުލޮ" އަޅުވައިފި

ކުޅުދުއްފުށީގައި ޝޫޓްކުރި "ކަނބުލޮ" އަޅުވައިފި

ކުލަގަދަ ހަފްލާއެއްގައި ދިވެހި ފިލްމް “ކަނބުލޮ” އޮލިމްޕަހުގައި ރޭ ޕްރިމިއަރ ކޮށްފިއެވެ. ސެޓަރން ސްޓޫޑިއޯއާ ކިޑްޕްރޮޑަކްޝަން ގުޅިގެން އުފެއްދި މި ފިލްމު ލައުންޗްކޮށްދެއްވީ ދިވެހި ފިލްމީ ދާއިރާގައި އެންމެ ގިނަ ފިލްމު ޕްރޮޑިއުސްކުރައްވާފައިވާ އަދި އެންމެ ބޮޑު އަމިއްލަ ސްޓޫޑިއޯގެ ގޮތުގައި ފެނުނު ސްލޭމް ސްޓޫޑިއޯގެ ވެރިޔާ އަސްލަމް ރަޝީދުއެވެ. ހދ. ކުޅުދުއްފުށި ސިޓީ އާއި ނޮޅިވަރަންފަރުގައި ޝޫޓްކުރި ކަނބުލޮވެގެން ދިޔައީ މި އަހަރު ބެލުންތެރިން އެންމެ އިންތިޒާރު ކުރި އެއް ފިލްމަށެވެ. ކިޑް ޕްރޮޑަކްޝަންއާއި...

އަލީ އާދިލް
މަކުނުދޫ ''އތމ ކޮމެޓީގެ ހީރާ'' މަދަހަ މުބާރާތް އަންނަ އޮކްޓޯބަރު މަހު

މަކުނުދޫ ''އތމ ކޮމެޓީގެ ހީރާ'' މަދަހަ މުބާރާތް އަންނަ އޮކްޓޯބަރު މަހު

ހދ މަކުނުދޫގައި “އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ހީރާ 2025” މަދަހަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލަމުން އެ ކޮމިޓީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މި މުބާރާތުގައި ބައިވެރިވުމަށް 15 ސެޕްޓެމްބަރ 2025 ވާ ހޯމަ ދުވަހު މެންދުރު ފަހު 12 ގެ ކުރިން ރަޖިސްޓްރީ ވުމަށެވެ. އެގޮތުން މުބާރާތުގައި ގްރޫޕްކޮށް ބައިވެރިވާން ބޭނުންވާ ފަރާތްތަކުން https://forms.gle/JtKVAnT2XAkRNVsj8 މެދުވެރިކޮށް އަދި ވަކިވަކިން ބައިވެރިވުމަށް ބޭނުނ...

އައިޝަތު އައިނީ އާމިރު
ނޭކުރެންދޫ ކައުސިލް މެމްބަރުކަން ދޫކޮށްލައި ޒާހިރު ސިއްހީ މަރުކަޒުގެ ވެރިޔަކަށް

ނޭކުރެންދޫ ކައުސިލް މެމްބަރުކަން ދޫކޮށްލައި ޒާހިރު ސިއްހީ މަރުކަޒުގެ ވެރިޔަކަށް

ނޭކުރެންދޫ ކައުންސިލްގެ ކުރީގެ މެމްބަރު މުހައްމަދު ޒާހިރު އެރަށު ސިއްހީމަރުކަޒުގެ ސިޔާސީ ވެރިޔަކަށް ހަމަޖައްސައިފިއެވެ. ޒާހިރު އައްޔަނުކޮށްފައި ވަނީ ނޭކުރެންދޫ ސިއްހީ މަރުކަޒުގެ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށެވެ. އެ މަރުކަޒުން ވަނީ ޒާހިރު އެ މަގާމަށް ޢައްޔަނުކުރުމުން މަރުޙަބާ ކިޔާފައެވެ. މި ހިނގާ ކައުންސިލް ދައުރުގައި ޕީޕީއެމްގެ ޓިކެޓެއްގައި ކައުންސިލްގެ ގޮޑި ކާމިޔާބުކުރި ޒާހިރު، ސިއްހީ މަރުކަޒުގެ ވެރިޔެއްގެ މަގާމަށް ގޮސްފައި މިވަނީ ކައުންސިލް މެމްބަރުކަމުން އިސްތިއުފާދެއްވުމަށްފަހުއެވެ. ޒާހިރަ...

ޔުމްނާ ޢަލީ
އިހަވަންދޫ ރަސްމީ ފާލަމާއި މޮނިއުމެންޓްގެ ޑިޒައިން އާންމުކޮށް ހިޔާލަށް ހުޅުވާލައިފި

އިހަވަންދޫ ރަސްމީ ފާލަމާއި މޮނިއުމެންޓްގެ ޑިޒައިން އާންމުކޮށް ހިޔާލަށް ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލުން އެ ރަށު ބަނދަރުގައި ތަރައްގީކުރަން ނިންމާފައިވާ ރަސްމީ ފާލަމާއި މޮނިއުމަންޓްގެ ޑިޒައިން އާންމުކޮށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ”ތިލަދުން” އަށް މައުލޫމާތު ހިއްސާ ކުރައްވަމުން އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ވިދާޅުވީ ކައުންސިލްގެ ވައުދުގެ ތެރޭގައި ހިމެނޭ އެ ރަށުގެ ރަސްމީ ފާލަން ފަރުމާކޮށްފައި އެވަނީ އޭގައި ވަރަށްގިނަ ކަންތައްތަކެއް ހިމަނައިގެން ކަމަށެވެ. ސޮބާހް ވިދާޅުވީ އެތަނަކީ ފާލަމެއްގެ އިތުރުން ރަށުގެ މޮނިއުމެންޓ...

އިބްރާހިމް ޚަލީލް
ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޭ ފައިސާ މިފަހަރު ވެސް 5 ޕާޓީއަކަށް

ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޭ ފައިސާ މިފަހަރު ވެސް 5 ޕާޓީއަކަށް

ސިޔާސީ ޕާޓީތަކުގެ ތެރެއިން ޤާނޫނުގައި ބަޔާންކުރާ އަދަދަށް މެންބަރުން ހަމަވާ ޕާޓީތަކަށް ފައިސާ ޖަމާކޮށްދިނުމަށް ބޭންކަށް ފޮނުވާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފިއެވެ. އީސީން މިއަދު ބުނެފައިވަނީ އެ ކޮމިޝަންގައި ރަޖިސްޓްރީކޮށްފައިވާ 9 ސިޔާސީ ޕާޓީގެ ތެރެއިން މިއަހަރުގެ ބަޖެޓް ފާސްކުރި ދުވަހާ ހަމައަށް 10،000 މެންބަރުން ހަމަވަނީ 5 ޕާޓީއެއްގައެވެ. އެއީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)، ޖުމްހޫރީ ޕާޓީ (ޖޭޕީ)، އަދާލަތު ޕާޓީ...

ޔުމްނާ ޢަލީ
ރާއްޖެ-ޗައިނާ: 11 ދާއިރާއަކުން އެއްބާރުލުންދިނުމަށް އެއްބަސްވެއްޖެ

ރާއްޖެ-ޗައިނާ: 11 ދާއިރާއަކުން އެއްބާރުލުންދިނުމަށް އެއްބަސްވެއްޖެ

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު 11 އެކި ދާއިރާއަކުން އެއްބާރުލުން ދިނުމާ ބެހޭ ފަހުމުނާމާތަކުގައި މިއަދު ސޮއިކޮށްފިއެވެ. ޗައިނާގެ ބެއިޖިންގްގައި ހުންނަ ވަންގްފުޖިންގް ހިލްޓަން ހޮޓެލްގައި ބޭއްވުނު ރަސްމިއްޔާތުގައި މި ފަހުމުނާމާތަކުގައި ސޮއިކޮށްފައިވާއިރު، މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައިވެރިވެ ވަޑައިގެންގަންނަވާފައެވެ. ދެ ޤައުމުގެ މެދުގައި މިއަދު ސޮއިކުރެވުނު 11 ފަހުމުނާމާގެ ތެރޭގައި އިޤްތިޞާދީ ތަރައްޤީ، އުމުރާނީ ތަރައްޤީ އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން އެއްބ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ބޯޒިޔާރަތް ގޮނޑުދޮށް ހިމާޔާތް ކުރުމުގެ މަސައްކަތް ކުރިއަށްދާތީ ސަމާލުވާން އެދިއްޖެ

ކުޅުދުއްފުށީ ބޯޒިޔާރަތް ގޮނޑުދޮށް ހިމާޔާތް ކުރުމުގެ މަސައްކަތް ކުރިއަށްދާތީ ސަމާލުވާން އެދިއްޖެ

ކުޅުދުއްފުށި ސިޓީ ބޯޒިޔާރަތް ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަސައްކަތް ކުރިއަށްދާތީ އެ ސަރަހައްދަށް ވަދެ އުޅުން މަނާކޮށް ސަމާލުވުމަށް ސިޓީ ކައުންސިލުން އެދިއްޖެއެވެ. ބޯޒިޔާރަތް ގޮނޑުދޮށް ހިމާޔާތްކުރުމާއި ގުޅޭ ގޮތުން ސިޓީ ކައުންސިލުން މިއަދު އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށް ދާތީ، މަސައްކަތު ސައިޓް ތެރެއަށް ވަނުމާއި އެ ސަރަހައްދުގައި މޫދަށް އެރި އުޅުމަކީ މަނާކަމެއް ކަމަށެވެ. އެގޮތުން ބޯޒިޔާރާތުގެ ގޮނޑުދޮށް ހިމާޔާތް ކުރުމުގެ ގޮތުން ވެލިގ...

އައިޝަތު އައިނީ އާމިރު
ރައީސް މުޢިއްޒު، ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ލީ ޝީ އާ ބައްދަލުކުރަށްވައިފި

ރައީސް މުޢިއްޒު، ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ލީ ޝީ އާ ބައްދަލުކުރަށްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ސެކްރެޓަރީ އޮފް ދަ ސެންޓްރަލް ކޮމިޝަން އަދި ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ޕޮލިޓްބިއުރޯގެ އިސް އޮފިޝަލެއްކަމުގައިވާ ލީ ޝީ އާ ބައްދަލުކުރައްވައިފިއެވެ. ރައީސް މުޢިއްޒު ޗައިނާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ އެ ޤައުމުގެ ރައީސް ޝީ ޖިންޕިންގގެ ދަޢުވަތަކަށް، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މިދަތުރުފުޅުގެ ތެރެއިން ރައީސް މިއަދު ޗައިނާގެ ކޮމިއުނިސ...

ޔުމްނާ ޢަލީ
ކުނީގެ ހިދުމަތުގައި ރަޖިސްޓަރީވެފައިވާ ހުރިހާ ގެޔަކަށް ހަނިމާދޫ ކައުންސިލުން ހިލޭ ޑަސްބިން

ކުނީގެ ހިދުމަތުގައި ރަޖިސްޓަރީވެފައިވާ ހުރިހާ ގެޔަކަށް ހަނިމާދޫ ކައުންސިލުން ހިލޭ ޑަސްބިން

ހދ.ހަނިމާދޫގައި، ކުނި މެނޭޖްކުރުމުގެ ހިދުމަތުގައި ރަޖިސްޓަރީވެފައިވާ ހުރިހާ ގޭބިސީއަކަށް އެ ރަށު ކައުންސިލުން ހިލޭ ޑަސްބިން ފޯރުކޮށްދޭން ފަށައިފިއެވެ. ކުނީގެ ހިދުމަތުގައި ރަޖިސްޓަރީވެފައިވާ ހަނިމާދޫގެ ގެއަކަށް ހަދިޔާ ކުރަން ގެނެސްފައިވާ ޑަސްބިނެއްކައިރީ ކައުންސިލް ހަތަރު މެމްބަރުން، ފޮޓޯ: ކައުންސިލަރ ހާރިސާ ހަނިމާދޫގެ ގޭބިސީތަކުން ކުނި ނެގުމުގެ ހިދުމަތް ފޯރުކޮށްދެމުން އަންނަނީ އެ ރަށު ކައުންސިލުންނެވެ. އެ ކައުންސިލްގެ މުވައްޒަފުންނާއި ވެހިކަލްތައް ބޭނުންކޮށްގެން މި ހިދުމަތް ފޯރުކޮށްދެމުން އަންނަ...

އިބްރާހިމް ޚަލީލް