މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ކުޅުދުއްފުށީގެ ފެން ހިންދާ ނިޒާމު ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދަނީ

ކުޅުދުއްފުށީގެ ފެން ހިންދާ ނިޒާމު ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދަނީ

ކުޅުދުއްފުށި ސިޓީގެ ފެން ހިންދާ ނިޒާމު ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ސިޓީ ކައުންސިލުން އިއުލާނުކޮށްފިއެވެ. މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމުން ސިޓީ ކައުންސިލުން އާއްމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މި މަސަައްކަތްކުރުމަށް ބޭނުންވާ ފަރާތްތަކުން https://forms.office.com/r/hgYQefk3es މެދުވެރިކޮށް 12 އޮކްޓޯބަރ 2025 ވާ އާދިއްތަ ދުވަހުގެ ކުރިން ބިޑްގައި ރަޖިސްޓްރީ ވުމަށެވެ. މިގޮތުން މި މަސައްކަތާއި ގުޅޭ ޕްރީ ބިޑް މީޓިން (މައުލޫމާތު ސެޝަން) ބޭއްވުމަށް ހަމަޖ...

އައިޝަތު އައިނީ އާމިރު
ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (14)

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (14)

ކުރީގެ އަދަދާއި ގުޅޭ: ބައެއް ފަހަރު މި ތޫފާނުގައި ގަސްތައް މުލުން ލުހި، މުޅި ތަން ހަލާކުކޮށްލައެވެ. އެއާއެކު އަހަރެން ވަރަށް ބިރުގެންފިއެވެ. އަހަރެންގެ ހިތަށް ވެސް އެހެން ވެދާނެތީއެވެ. ހިތުގެ ދުނިޔޭގައި އުފެދިގެން މި އުޅޭ ތޫފާނާއެކު ހިތް ހަލާކުވެ ރޫޅި ދާނެތިއެވެ. އެ ހަނގުރާމަ ކުރާނެ ހިތްވަރު އަހަރެންގެ ނެތި ދާނެތީއެވެ. އަހަރެންގެ ނިދި އަހަރެން ދޫކޮށް ގޮސް އުޅެނީ ކޮންތާކުބާވައޭ ހިތަށް އެރިއެވެ. ދެ ފަރާތަށް ފުރޮޅިފުރޮޅި އޮންނަތާ އެތައް އިރެއް ވެއްޖެއެވެ. […]

ސަލާމާ ޢަބްދުލް ޢަލީމް
މަހާތިރު 100 އަހަރުގައި: ޣައްޒާގައި އިސްރާއީލުން ހިންގާ ނަސްލު ނައްތާލުން ހަނދާންނެތިގެން ނުދާނެ

މަހާތިރު 100 އަހަރުގައި: ޣައްޒާގައި އިސްރާއީލުން ހިންގާ ނަސްލު ނައްތާލުން ހަނދާންނެތިގެން ނުދާނެ

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތިރު މުޙައްމަދު މިއަހަރުގެ ކުރީކޮޅު 100 އަހަރު ފުރުނުއިރު، އޭނާގެ އުމުރުދުވަހުގެ އާދަކާދައާ އެއްގޮތަށް އުޅުއްވަމުން ގެންދަވައެވެ. މަދުން ކެއުމާއި، ގިނައިން މަސައްކަތް ކުރުމާއި، އަރާމު މަދުން ކުރެއްވުމެވެ. “އެންމެ މުހިންމު ކަމަކީ އަހަރެން އަބަދުވެސް މަސައްކަތް ކުރަން. އަހަރެން އަރާމެއް ނުކުރަން،” މަހާތިރު ”އަލްޖަޒީރާ”އަށް ވިދާޅުވެފަވެއެވެ. “އަހަރެން އަބަދުވެސް ސިކުނޑިއާއި ހަށިގަނޑު ބޭނުންކުރަން. ސިކުނޑިއާއި ހަށިގަނޑު ހަރަކާތްތެރިކޮށް ބަހައްޓައިފިއްޔާ، އުމުރުން ދުވ...

ނާޒިމާ އަލީ
އުނދަގުލުން ހޯދުނު މޮޅާއިއެކު އާސެނަލް ދެވަނައަށް

އުނދަގުލުން ހޯދުނު މޮޅާއިއެކު އާސެނަލް ދެވަނައަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލްއާއި އާސެނަލް ބައްދަލުކުރި މެޗު، ފަހަތުން އަރާ އާސެނަލުން ކާމިޔާބު ކޮށްފިއެވެ. ރޭ ނިއުކާސަލްގެ ދަނޑުގައި ކުޅުނު މި މެޗު އާސެނަލުން ކާމިޔާބުކުރީ، ނިއުކާސަލުން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރާ ދެ ލަނޑު ޖަހައިގެންނެވެ. މެޗު ފަށައިގެން ދެ ޓީމްގެ ފަރާތުން ވެސް ފެނުނީ ވާދަވެރި ކުޅުމެކެވެ. މެޗުގެ 14 ވަނަ މިނެޓުގައި ނިއުކާސަލްގެ ޑިފެންސުން ހެދި ގޯހެއްގެ ފައިދާނަގައި އާސެނަލްގެ ފޯވާޑް، ޔޯކަރޭސްއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް […]

އިބްރާހިމް ޚަލީލް
މުސްލިމް ލީޑަރުންނާއެކު ޓްރަމްޕް ބޭއްވި ބައްދަލުވުމުން 'ހިތްވަރުލިބޭ' ނަތީޖާއަކަށް އުއްމީދުކުރަން: ޕާކިސްތާން

މުސްލިމް ލީޑަރުންނާއެކު ޓްރަމްޕް ބޭއްވި ބައްދަލުވުމުން 'ހިތްވަރުލިބޭ' ނަތީޖާއަކަށް އުއްމީދުކުރަން: ޕާކިސްތާން

މިދިޔަ ހަފްތާގައި ވޮޝިންގްޓަންގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މުސްލިމް ލީޑަރުންނާއެކު ބޭއްވި ބައްދަލުވުމުން ‘ހިތްވަރުލިބިދޭފަދަ’ ނަތީޖާތަކެއް ނުކުންނާނެކަމަށް އުއްމީދުކުރައްވާ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް އާދީއްތަ ދުވަހު ވިދާޅުވެއްޖެއެވެ. ޕާކިސްތާނުގެ ސަރުކާރުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާގޮތުގައި ލަންޑަނުގައި ބްރިޓިޝް-ޕާކިސްތާނީ ރައްޔިތުންނާ މުޚާޠަބުކުރައްވަމުން، ޝަރީފް ވަނީ ޣައްޒާއާ ގުޅޭ ބައްދަލުވުމުގައި ފުރިހަމައަށް ބައިވެރިވެފައިވާނެކަމަށާއި، ހިތްވަރުދޭފަދަ ނަތީޖާތ...

ނާޒިމާ އަލީ
ފަހަތުން އަރާ ސޮސިއެޑާޑް ބަލިކޮށް ބާސާ އެއްވަނައަށް

ފަހަތުން އަރާ ސޮސިއެޑާޑް ބަލިކޮށް ބާސާ އެއްވަނައަށް

ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި ރެއާލް ސޮސިއެޑާޑް ބައްދަލުކުރި މެޗުގައި، ސޮސިއެޑާޑުން ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރާ ބާސެލޯނާ މޮޅުވެއްޖެއެވެ. ބާސާގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއިންނެވެ. ރޭ މެޗަށް ބާސާ ނުކުތްއިރު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ ރެއާލް މެޑްރިޑެވެ. ހޮނިހިރު ދުވަހުގެ އެތުލެޓިކޯއާއި ރެއާލް ބައްދަލުކުރި މެޗު އެތުލެޓިކޯއިން ކާމިޔާބު ކުރުމާއިއެކު ރޭ މެޗުން މޮޅުވެގެން ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލުމުގެ ފުރުސަތު ބާސާއަށް އޮތްއިރު، [...

އިބްރާހިމް ޚަލީލް
ޑްރަގް މައްސަލައެއްގައި ށ.ފޭދޫން ދެ މީހަކު ހައްޔަރުކޮށްފި

ޑްރަގް މައްސަލައެއްގައި ށ.ފޭދޫން ދެ މީހަކު ހައްޔަރުކޮށްފި

ށ.ފޭދޫގައި މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރި އޮޕަރޭޝަނެއްގައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ބުނިގޮތުގައި، 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު 24 ވާ ބުދަ ދުވަހުގެ ވަގުތެއްގައި ށ.ފޭދޫގައި ހުންނަ ގެއަކަށް ކޯޓު އަމުރެއްގެ ދަށުން ވަދެ ބަލައި ފާސްކޮށްފައިވެއެވެ. މި ގޭތެރެ ބަލައި ފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ބެލެވޭ ދެ ކަރު...

ޔުމްނާ ޢަލީ
ތިނަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް، ސައިކަލް ދުއްވި މީހާއަށް އައިސީޔޫގައި ފަރުވާދެނީ

ތިނަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް، ސައިކަލް ދުއްވި މީހާއަށް އައިސީޔޫގައި ފަރުވާދެނީ

ތިނަދޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް އައިސީޔޫގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެފިއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. ފުލުހުންގެ ޚިދުމަތުން ހާމަކުރި ގޮތުގައި، މި އެކްސިޑެންޓް ހިނގިކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 28 ސެޕްޓެމްބަރު 2025 ވަނަ ދުވަހުގެ 07:44 ހާއިރުއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ތިނަދޫ ސިޓީގެ ގާޒީ މަގާއި ރަންނަބަނޑޭރި މަގު ގުޅޭ ކަންމަތިން ކަމަށް ފުލުހުން ބުނެއެވެ. މި އެކްސިޑެންޓްގައި ސައިކަލުގައި ތިބި ދެ އަންހެ...

ޔުމްނާ ޢަލީ
ކުޑަކުއްޖަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް، މައްސަލަ ބަލަނީ

ކުޑަކުއްޖަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް، މައްސަލަ ބަލަނީ

އުތުރުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިސްމާނީ އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ކަން ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން އެ މައްސަލަ ބަލަން ފަށައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ބުނެފައިވާ ގޮތުގައި، މި މައްސަލައިގައި ކަންހިނގާފައިވާ ގޮތް ބެލުމަށް ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓާއި ރަށު ފުލުސް ސްޓޭޝަން ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ. ފުލުހުން އިތުރަށް ބުނެފައިވަނީ މި ވީޑިއޯ ދައުރުކުރުމަކީ މި ޢަމަލުގެ ސަބަބުން ވިކްޓިމައިޒް ވެފ...

ޔުމްނާ ޢަލީ
އިހަވަންދޫ ފުޓްސަލް ޓީމަށް ހިލޭސާބަހަށް ކޯޗުކަން ކޮށްދޭނެ ފަރާތެއް ހޯދަނީ

އިހަވަންދޫ ފުޓްސަލް ޓީމަށް ހިލޭސާބަހަށް ކޯޗުކަން ކޮށްދޭނެ ފަރާތެއް ހޯދަނީ

ތިލައުތުރު ފުޓްސަލް މުބާރާތް 2025 ގައި، އިހަވަންދޫ ތަމްސީލުކުރާ ފުޓްސަލް ޓީމަށް، ހިލޭސާބަހަށް ކޯޗުކަން ކޮށްދޭނެ ފަރާތެއް ހޯދުމަށް އިހަވަންދޫ ކައުންސިލުން އިއުލާނުކޮށްފިއެވެ. މިކަމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް އިހަވަންދޫ ކައުންސިލުން އާއްމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، ވޮލެންޓިއަރކޮށް ކޯޗުކޮށް ދިނުމަށް ބޭނުންވާ ފަރާތްތަކުން، 5 އޮކްޓޫބަރު 2025 ގެ 14:00 ގެ ކުރިން https://forms.gle/gmFCze9Vm59G15kF7 މެދުވެރިކޮށް ފުރިހަމަކުރުމަށްފަހު ހުށަހެޅުމަށެވެ. މިއަހަރު ނަސްރުންގެ ދުވަހު ހއ. އުތީމުގ...

އައިޝަތު އައިނީ އާމިރު
ޣައްޒާގައި އިސްރާއީލުން ޝަހީދުކޮށްލި ފަލަސްތީނު ރައްޔިތުންގެ އަދަދު 66,000 އިން މައްޗަށް

ޣައްޒާގައި އިސްރާއީލުން ޝަހީދުކޮށްލި ފަލަސްތީނު ރައްޔިތުންގެ އަދަދު 66,000 އިން މައްޗަށް

ޣައްޒާގައި އިސްރާއީލުން ޝަހީދުކޮށްލި ފަލަސްތީނު ރައްޔިތުންގެ އަދަދު 66,000 އިން މައްޗަށް އަރާފައިވާކަަމަށް ރިޕޯޓްތައް ބުނެފިއެވެ. މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް އިސްރާއީލުގެ ހަމަލާތަކުގައި މަދުވެގެން 77 ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ސިއްޙީ ވުޒާރާއިން ވަނީ މަޢުލޫމާތު ދީފައެވެވެ. މީގެ ތެރޭގައި އެހީ ހޯދަން އުޅުނު 6 މީހުން ހިމެނެއެވެ. އަދި 379 މީހުން ޒަޚަމްވެފައިވާ ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ. މީގެ އިތުރުން، ކުރިން އިސްރާއީލުން ދިން ހަމަލާތަކުގެ ސަބަބުން...

ޔުމްނާ ޢަލީ
ރާއްޖެ އެތެރެކުރުން މަނާ ގިނަ އަދަދެއްގެ ތަކެތި އަތުލައިގަނެ ހަތަރު މީހަކު ހައްޔަރުކޮށްފި

ރާއްޖެ އެތެރެކުރުން މަނާ ގިނަ އަދަދެއްގެ ތަކެތި އަތުލައިގަނެ ހަތަރު މީހަކު ހައްޔަރުކޮށްފި

ރާއްޖެ އެެތެރެކުން މަނާ ގިނަ އަދަދެއްގެ ތަކެތި އަތުލައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުންް މިއަދު ބުނީ މިތަކެތި އަތުލައިގަތީ އެ އިދާރާއިން މިއަދު ކުރިއަށް ގެންދާ އޮޕަރޭޝަނެއްގައި ކަމަށެވެ. މި އޮޕަރޭޝަންގައި ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ތިން ތަނެއް ބަލައިފާސްކޮށްފައެވެ. އެތަންތަނުން ރާއްޖެ އެެތެރެކުން މަނާ ގިނަ އަދަދެއްގެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްގޮސްފައިވާކަމަށް ފުލުހުން ބުންޏެވެ. ”އޭގެ އިތުރުން، އެތަކެތި ވިއްކުމަށްޓަކައި ސޯޝަލް މީޑިއާގެ އެކިއެ...

ޔުމްނާ ޢަލީ
ސައީދު 4 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

ސައީދު 4 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ މައްޗަށް ރަސްމީ ހައިސިއްޔަތުގެ ނަހަމަ ބޭނުން ކުރުމުގެ ކުށް ސާބިތުވެ، ހަތަރު އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ. ބްލޭޒަން އިންކް ކިޔާ ކުންފުންޏަކާއެކު 2019 ވަނަ އަހަރު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، އެ ކުންފުނިން މަސައްކަތް ފުރިހަމަ ނުކުރަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރު ކުރުމެއްނެތި ފައިސާ ދޫކުރި މައްސަލައިގައި ސައީދުގެ އިތުރުން ފެނަކައިގެ އޭރުގެ ޕްރޮކިއުމަންޓް ހެ...

އަލީ އާދިލް
އޮޑިޓު ރިޕޯޓު ނެރުނީ "ލޫޓުވައިފި" އެއްވުމަށް ލިބޭ ތަރުހީބު ފެނި ގޮތްހުސްވެގެން: އެމްޑީޕީ

އޮޑިޓު ރިޕޯޓު ނެރުނީ "ލޫޓުވައިފި" އެއްވުމަށް ލިބޭ ތަރުހީބު ފެނި ގޮތްހުސްވެގެން: އެމްޑީޕީ

ފެނަކަ ކޯޕަރޭޝަންގެ އޮޑިޓު ރިޕޯޓަކީ ސަރުކާރުން ސިޔާސީ ބޭނުމަކަށް ނެރުނު ރިޕޯޓެއް ކަމަށާއި، އެއީ 3 އޮކްޓޯބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ “ލޫޓުވައިފި” އެއްވުމަށް ލިބެމުންދާ ތަރުހީބު ފެނި ސަރުކާރަށް ގޮތްހުސްވެގެން ނެރުނު ރިޕޯޓެއް ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ. އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، ރޭގަނޑު ދަންވަރު ވަގުތެއްގައި މިނިވަން މުއައްސަސާއެއްގެ އޮފީސް ހުޅުވައިގެން ސިޔާސީ ބަޔަކު ލިޔެފައިވާ އޮޑިޓު ރިޕޯޓެއް ޝާއިޢުކުރުމަކީ އެ ޕާޓީން ކުށްވެ...

އަލީ އާދިލް
ނޭޕާލު އަންހެނަކަށް ވަޅިން ހަމަލާދިން ބަންގްލަދޭޝް މީހާ ޝަރީޢަތް ނިމެންދެން ބަންދަށް

ނޭޕާލު އަންހެނަކަށް ވަޅިން ހަމަލާދިން ބަންގްލަދޭޝް މީހާ ޝަރީޢަތް ނިމެންދެން ބަންދަށް

ހުޅުމާލޭ ފިހާރައެއްގައި މަސައްކަތްކުރާ ނޭޕާލު އަންހެނަކަށް އިއްޔެ ވަޅިން ހަމަލާދީ ޒަޚަމްކޮށްލި މައްސަލާގައި ހައްޔަރުކޮށްފައިވާ ބަންގްލަދޭޝް މީހާ ޝަރީއަތް ނިމެންދެން ބަންދު ކޮށްފި އެވެ. މި މައްސަލައިގެ ތުހުމަތުގައި ބަންގްލަދޭޝްގެ ރައްޔިތެއް 27 ޖަހަންގީރު މިއާ (25 އަހަރު) ފުލުހުން ހައްޔަރުކުރީ 2025 ސެޕްޓެމްބަރ 2025 ވަނަ ދުވަހުގެ (އިއްޔެ) ހަވީރުގެ ވަގުތެއްގައި ހައްޔަރުކޮށްފައެވެ. ފުލުހުން މިއަދު ބުނީ އޭނާގެ ބަންދާމެދު ގޮތެެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން...

ޔުމްނާ ޢަލީ