އިޤްތިޞާދު ކޮޅަށްޖައްސަވަނީ ރައްޔިތުންނަށް ފައިދާ އާއި، މުއްސަނދިކަމާއި، ވަޒީފާ ލިބޭ ގޮތަށް: ރައީސް
ޤައުމުގެ އިޤްތިޞާދު ކޮޅަށްޖައްސަވަނީ ރޭވުންތެރިކަމާއެކު، ވިލުންތެރިކަމާއެކު، ރައްޔިތުންނަށް ފައިދާ އާއި، މުއްސަނދިކަމާއި، ވަޒީފާގެ ފުރުޞަތުތައް ލިބޭ ގޮތަށް، ރައްޔިތުންގެ އަތްމައްޗަށް ތަރައްޤީ އަންނާނޭ ގޮތަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ޕްރައިވެޓް އަދި ޕަބްލިކް ސެކްޓަރ ތަރައްޤީކުރައްވައިގެން، އިޤްތިޞާދީ ކުރިއެރުން ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ. ރައީސުލްޖުމްހޫރިއ...