ރާއްޖެ ''ދިވެހި ޒުވާނުން ބޭނުންވަނީ ކުށްތަކުން ދުރުވާން، ސިޔާސަތަކީ ޒުވާނުން އެކަންކަމުން ސަލާމަތްކޮށްދިނުން'' ދިވެހި ޒުވާނުން ބޭނުންވަނީ މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުން ދުރުވާންކަމަށާއި، އެކަމުން ޒުވާނުން ސަލާމަތްކޮށްދިނުމަކީ ސަރުކާރުގެ މައިގަނޑު ސިޔާސަތުކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މާލޭ ސޯޝަލް ސެންޓަރުގައި ބޭއްވި ”ރައްޔިތުންނާއިއެކު ކުރިއަށް – ހަފްތާ 104 ފާހަގަކުރުމުގެ ރަސްމިއްޔާތު”ގައެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ދިވެހި ޒުވާނުން ބޭނުންވަނީ މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުން ދުރުވާންކަ... ޔުމްނާ ޢަލީ · 11 މަސް ކުރިން
ބައިނަލްއަގުވާމީ އިންޑިއާގެ ސިޔާސީ ހިމާޔަތުގައި ހުންނެވި ހަސީނާ ހަވާލުކުރުމަށް ބަންގްލަދޭޝްއިން ގޮވާލައިފި ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ އާއި ކުރީގެ ހޯމް މިނިސްޓަރު އަސަދުއްޒަމާން ޚާން ކުށްވެރިކަމަށް ނިންމި ހުކުމްތަކަށްފަހު، އެބޭފުޅުން އަވަހަށް ހަވާލުކުރުމަށް ބަންގްލަދޭޝްއިން އިންޑިއާއަށް ގޮވާލާފައިވެއެވެ. ހަސީނާގެ ވެރިކަން ވެއްޓެން ދިމާވި ހަމަނުޖެހުންތަކަށްފަހު އެ ދެބޭފުޅުން ވަނީ އިންޑިއާއަށް ވަޑައިގެން އެ ގައުމުގެ ހިމާޔަތް ހޯއްދަވާފައެވެ. އެ ދެބޭފުޅުންގެ މައްޗަށް އުފުލުނު ދައުވާތައް ބަލައި ބަންގްލަދޭޝްގެ ބައިނަލްއަގްވާމީ ޓްރެބިއުނަލުން ވަނީ އެ ދެބޭފުޅުންގެ މައްޗަށް މަރުގެ ޙުކުމް އި... ނާޒިމާ އަލީ · 11 މަސް ކުރިން
ރާއްޖެ ތަރައްގީގެ 1،875 މަޝްރޫޢު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެބަހިނގާ: ރައީސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަރައްގީގެ 1،875 މަޝްރޫޢު ހިނގަމުންދާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މާލޭ ސޯޝަލް ސެންޓަރުގައި ބޭއްވި ”ރައްޔިތުންނާއިއެކު ކުރިއަށް – ހަފްތާ 104 ފާހަގަކުރުމުގެ ރަސްމިއްޔާތު”ގައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ދައުލަތުގެ ހުރިހާ ވުޒާރާތަކެއް ހިމެނޭހެން، ގިނަ އަދަދެއްގެ ތަރައްގީގެ މަޝްރޫޢުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި... ޔުމްނާ ޢަލީ · 11 މަސް ކުރިން
ރާއްޖެ އެހީތެރިކަމަށް އެދުނު އަންހެނަކަށް ޖިންސީ އަނިޔާލިބިފައިވާ މައްސަލައެއް ބަލަނީ މާލޭގެ މަގުމަތިން ފުލުހުންގެ ކިބައިން އެހީތެރިކަމަށް އެދުނު އަންހެނަކު ހޮސްޕިޓަލަށް ގެންގޮސް ބެލިބެލުމުން އޭނާއަށް ޖިންސީ އަނިޔާ ލިބިފައިވާކަމަށް ތުހުމަތު ކުރެވިގެން އެމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގުކުރަން ފަށައިފިއެވެ. ފުލުހުން ރޭ ވިދާޅުވީ، 16 ނޮވެމްބަރ 2025 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި، މާލޭ މަގުމަތިން ފުލުހުންގެ އެހީތެރިކަމަށް އެދުނު އަންހެނަކު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްދީފައިވާ ކަމަށެވެ. ހޮސްޕިޓަލުން ބެލުމަށްފަހު އޭނާއަށް ޖިންސީ އަ... ޔުމްނާ ޢަލީ · 11 މަސް ކުރިން
ރާއްޖެ ދިވެހި ދިފާޢީ ބާރަކީ ވަރުގަދަ ބާރަކަށް ހެދުމީ ޒިންމާއެއްކަމުގައި ދެކެންޖެހޭ: ރައީސް ދިވެހީންނަކީ ނިކަމެތި ބައެއްގެ ގޮތުގައި ދުށުމުގެ ވިސްނުން އެއްވެސް ގޮތަކަށް ހުރެގެން ނުވާނެކަމަށާއި، ދިވެހި ދިފާޢީ ބާރަކީ، ވަރުގަދަ ބާރަކަށް ހެދުމީ ޒިންމާއެއްކަމުގައި ދެކެންޖެހޭކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މާލޭ ސޯޝަލް ސެންޓަރުގައި ބޭއްވި ”ރައްޔިތުންނާއިއެކު ކުރިއަށް – ހަފްތާ 104 ފާހަގަކުރުމުގެ ރަސްމިއްޔާތު”ގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް މުޢިއްޒު ވަނީ ދިވެހީންގެ މިނިވަންކަމާއި، އަމިއ... ޔުމްނާ ޢަލީ · 11 މަސް ކުރިން
ރާއްޖެ 584 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފި، ރިޒާވްގައި 864 މިލިއަން ޑޮލަރު ޑޮލަރު މާރުކުރުމުގެ ޤާނޫނާއި ގަވާއިދުގެ ދަށުން 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން 584 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވާ ކަމަށާއި، އަދި ގްރޮސް ރިޒާވްގައި އޮކްޓޯބަރު މަހުގެ ނިޔަލަށް 864 މިލިއަން ޑޮލަރު ހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މިކަން ހާމަކުރެއްވީ، ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މާލޭ ސޯޝަލް ސެންޓަރުގައި ބޭއްވި ”ރައްޔިތުންނާއިއެކު ކުރިއަށް – ހަފްތާ 104 ފާހަގަކުރުމުގެ ރަސްމިއްޔާތު” ގައެވެ. ރައީސްގެ […] ޔުމްނާ ޢަލީ · 11 މަސް ކުރިން
ރާއްޖެ ގޫގުލްގެ އާ ސަބްސީ ކޭބަލް ސިސްޓަމް ''ދިވަރު'' އިޢުލާންކޮށްފި، ދިވެހިރާއްޖެއަށް މުހިންމު ދައުރެއް ޑިޖިޓަލް ދުނިޔޭގައި އިތުރު އިންޤިލާބެއް ގެނައުމަށްޓަކައި، ގޫގުލްއިން މިއަދު އިންޑިއާ ކަނޑު ހުރަސްކޮށް އަޅާ އާ ސަބްސީ ކޭބަލް ސިސްޓަމެއް ކަމަށްވާ ‘ދިވަރު’ އިޢުލާންކޮށްފިއެވެ. މި މަޝްރޫޢަކީ ދިވެހިރާއްޖެއާއި، ކްރިސްމަސް އައިލެންޑް އަދި އޮމާން ގުޅުވައިލާނެ މަޝްރޫޢެކެވެ. މިއީ އިންޑިއަން ކަނޑު ސަރަޙައްދުގައި ޑިޖިޓަލް ކަނެކްޓިވިޓީ، އިތުބާރު އަދި ހަރުދަނާކަން އިތުރުކުރުމަށް ގޫގުލްއިން ކުރާ ބޮޑު އިންވެސްޓްމަންޓެކެވެ. ގޫގުލްއިން ހާމަކުރި ގޮތުގައި، މި ސިސްޓަމް ބިނާކުރެވިފައިވަނީ މީގެކުރިން ފަށާފައިވާ “އޮސްޓ... ޔުމްނާ ޢަލީ · 11 މަސް ކުރިން
ރާއްޖެ ސަރުކާރުގެ ޓެކްސީ ލައިން އަންނަ ފެބްރުއަރީ މަހު ފެށޭނެ: ރައީސް ސަރުކާރުގެ “ޓެކްސީ ލައިން” ގެ ހިދުމަތް އަންނަ އަހަރުގެ ފެބްރުއަރީ މަހު ފެށޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، މި ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މިރޭ މާލޭ ސޯޝަލް ސެންޓަރުގައި ބާއްވަމުން އަންނަ ”ރައްޔިތުންނާއިއެކު ކުރިއަށް – ހަފްތާ 104 ފާހަގަކުރުމުގެ ރަސްމިއްޔާތުގައި” ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ދަތުރުފަތުރުގެ ފަސޭހަތަކަށް އަލިއަޅުވާލައްވަމުން ވިދާޅުވީ، އާރުޓީއެލް ފެރީގެ ޚިދުމަތް ނުދެވި ހުރި އަތޮޅުތަކަށްދީ... ޔުމްނާ ޢަލީ · 11 މަސް ކުރިން
ރާއްޖެ މި ސަރުކާރުގެ ހުރިހާ ސިޔާސަތެއްގެ ވެސް ފައުންޑޭޝަނަކީ އިސްލާމްދީން: ރައީސް މި ސަރުކާރުގެ ހުރިހާ ސިޔާސަތެއްގެ ވެސް ފައުންޑޭޝަނަކީ މާތްވެގެންވާ އިސްލާމްދީންކަމަށާއި، އަދި އެ ފައުންޑޭޝަނެއްގެ މަތީގައި މި ޤައުމު ބިނާކުރާ އުސޫލަކީ ވެސް މާތްވެގެންވާ އިސްލާމްދީންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. މި ސަރުކާރަށް ދެ އަހަރުފުރުމާއި ގުޅިގެން މިރޭ މާލޭ ސޯޝަލް ސެންޓަރުގައި މިރޭ ބާއްވާ ރަސްމިއްޔާތުގައި ވާހަކަަދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން ވާހަކަދައްކަނީ ނަތީޖާއިން ކަމަށާއި، ހުރިހާ އެއްޗަކީ ވެސް ރައްޔިތުންނަށް ވަޢުދުތައް ފުއްދައިދީ، އޭގެ ފޮނިމީރ... ޔުމްނާ ޢަލީ · 11 މަސް ކުރިން
ރާއްޖެ ގޮންޖެހުންތަކާއެކު ޤައުމަށް ކުރިއެރުން ހޯއްދަވައިދެއްވަން ރައީސް ކުރެއްވި މަސައްކަތްޕުޅަށް ތަޢުރީފް ޙައްޤު: ޤާސިމް ނުހަނު ގިނަ ގޮންޖެހުންތަކާއެކުވެސް ޤައުމަށް ކުރިއެރުން ހޯއްދަވައިދެއްވުމަށް ރައީސް ޑރ، މުޙައްމަދު މުޢިއްޒު ކުރެއްވި މަސައްކަތްޕުޅަށް ތަޢުރީފް ހައްޤުކަމަށް ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތް (ނ.މ.ޝ.ޢ)ގެ ވެރިޔާ އަދި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.)، ޤާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ. މިގިލި ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ގޮތުގައި ވެސް ހުންނެވި ޤާސިމް މިހެން ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން ތަހުނިޔާ ފޮނުއްވައި މ... ޔުމްނާ ޢަލީ · 11 މަސް ކުރިން
ރާއްޖެ ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކުގެ ދަފްތަރު އެކުލަވާލައި ޝާއިޢުކޮށްފި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްއެމްބީސީ) އިން، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކުގެ ދަފްތަރު އެކުލަވާލައި މިއަދު ޝާއިޢުކޮށްފިއެވެ. 333 ނޫސް މަޖައްލާއެއް ހިމެނޭ މި ދަފްތަރު ޝާއިޢުކޮށްފައިވަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން ކޮމިޝަނާ މަތިކޮށްފައިވާ ޒިންމާގެ ތެރެއިންނެވެ. އެމްއެމްބީސީން ހާމަކުރެއްވި ގޮތުގައި، މި ދަފްތަރު އެކުލަވާލާފައިވަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ 45 ވަނަ މާއ... ޔުމްނާ ޢަލީ · 11 މަސް ކުރިން
ތިލަދުންމަތީ ޚަބަރު ދިއްދޫ އިސްލާމީ މަރުކަޒުގެ ނަމަކީ ''ޝަހީދު ޢުމަރު އަޙްމަދު''، މިމަހު 28 ގައި ހުޅުވާނެ ހއ. ދިއްދޫގައި ޤާއިމްކުރި އިސްލާމީ މަރުކަޒު މި މަހު 28 ވަނަ ދުވަހު ހުކުރު ނަމާދަށް ހުޅުވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ބުނެފިއެވެ. މިކަން ހާމަކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައެވެ. ވަޒީރު ވިދާޅުވިގޮތުގައި ދިއްދޫ އިސްލާމީ މަރުކަޒު މި މަހު 28 ވަނަ ދުވަހު ހުކުރު ނަމާދަށް ހުޅުވާނެއެވެ، އަދި މިސްކިތް ނިސްބަތްކުރެވޭނީ، މާލެ އިސްލާމީ މަރުމަޒުގެ މުވައްޒަފެއްގެ ގޮތުގައި […] ޔުމްނާ ޢަލީ · 11 މަސް ކުރިން
ކުޅިވަރު ފަލަސްތީނުގެ ގައުމީ ޓީމު ޖީލެއްގެ ތެރޭ ޔޫރަޕްގައި ކުޅުނު ފުރަތަމަ މެޗު ސްޕޭންގައި، ފެނުނީ ގާޒާ އަށް އޮތް ލޯބި ފަލަސްތީނުގެ ގައުމީ ފުޓްބޯޅަ ޓީމުން ޖީލެއްގެ ތެރޭގައި ޔޫރަޕްގައި ކުޅުނު ފުރަތަމަ މެޗު، މިދިޔަ ހޮނިހިރު ދުވަހު ސްޕެއިންގެ ބިލްބާއޯގައި، ސަން މަމޭސް ސްޓޭޑިއަމްގައި ބާސްކް ކަންޓްރީއާ ދެކޮޅަށް ކުޅެފިއެވެ. އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ގަތުލު އާންމުގައި އިސްރާއީލާ ދެކޮޅަށް އަޑުއުފުލުން އެންމެ ގަދަވެފައިވާ އެއް ގައުމަކީ ސްޕޭނެވެ. މި މެޗުން ވެސް ވަނީ ސްޕޭން އާންމު ރައްޔިތުންގެ ހިތުގައި ގާޒާ އަށް އޮތް ލޯބި ދައްކާލަދީފައެވެ. މި މެޗު ޢިއުލާން ކުރުމާއެކު މެޗުގެ ޓިކެޓް […] ނާޒިމާ އަލީ · 11 މަސް ކުރިން
ބައިނަލްއަގުވާމީ ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ހަސީނާގެ މައްޗަށް މަރުގެ ޙުކުމް އިއްވައިފި ބަންގްލަދޭޝްގެ ބައިނަލްއަޤްވާމީ ކުށްތަކާބެހޭ ޓްރައިބިއުނަލްއިން، އެ ޤައުމުގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ މައްޗަށް އުފުލި އިންސާނިއްޔަތާ ދެކޮޅަށް ކުށްތައް ކުރިކަމުގެ ދަޢުވާއާ ގުޅިގެން މަރުގެ ޙުކުމް އިއްވައިފިއެވެ. ޓްރައިބިއުނަލްއިން ހަސީނާ ތިން ބާވަތެއްގެ ކުށަށް ކުށްވެރިވާކަމަށް ކަނޑައަޅާފައިވަނީ، މިދިޔަ އަހަރު ދަރިވަރުން އިސްނަގައިގެން ކުރި އިހުތިޖާޖުތަކުގައި ބައިވެރިވި ފަރާތްތަކާ ދެކޮޅަށް މާރާމާރީ ހިންގުމަށް އަމުރުކުރިކަމަށް ކަނޑައަޅައި، މިކަމުގެ ސަބަބުން އޭނާގެ އަވާމީ ލީގު ސަރުކާރު ވެއްޓ... ނާޒިމާ އަލީ · 11 މަސް ކުރިން
ރާއްޖެ ޒެމްބިއާ މުބާރާތުން ޝަރަފްވެރި ކާމިޔާބީތައް ހޯދަައިދިން އެތުލީޓުންނަށް ރައީސްގެ ތަހުނިޔާ ޒެމްބިއާ އިންޓަރނޭޝަނަލް ބެޑްމިންޓަން ސީރީޒް 2025 އިން ދިވެހިރާއްޖެ އަށް މިކްސް ޑަބަލްސް އިން ރަން މެޑަލާއި އަންހެން ޑަބަލްސް އިން ރިހި މެޑަލް ހޯދައިދިން އެތުލީޓުން ރައީސް ޑރ. މުހައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ. އެ އެތުލީޓުންނަށް ރައީސް ތަހުނިޔާ ވިދާޅުވީ މިއަދު މީސްމީޑިއާގައި ކުރެއްވި މެސެޖެއްގައެވެ. ރައީސް ވިދާޅުވެފައިވާގޮތުގައި، ޒެމްބިއާ އިންޓަރނޭޝަނަލް ބެޑްމިންޓަން ސީރީޒް 2025ގެ މިކްސް ޑަބަލްސް އިވެންޓުގައި ވާދަކޮށް ރާއްޖޭގެ ފާޠިމަތު ނަބާހާ ޢަބްދުއްރައްޒާޤު އާއި ހުސައިން ޒަޔާން ޝަހ... ޔުމްނާ ޢަލީ · 11 މަސް ކުރިން