ތަރައްގީގެ ވިސްނުން ނެތް ބަޔަކު އިންތިހާބު ނުކުރޭ: އާދަމް ޝަރީފް
ތެލާއި ފެން އެކު ނުވާނެކަމަށް ވިދާޅުވެ ޕީއެންސީގެ ފިކުރަކީ ތަރައްގީގެ ފިކުރުކަމަށާއި އެމްޑީޕީން އުޅެނީ ރައްޔިތުންނަށް ބޭނުންވާ ތަރައްގީއަށް ހުރަސްއެޅުމަށް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ. ހެންވޭރު އުތުރު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ޕީއެންސީން މަސައްކަތް ކުރަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރުގައި ރައްޔިތުނ...