މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ކ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (01:00 އިން 07:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ދޭ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި

އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ދޭ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި

އީރާނުގެ ސައުތު ޕާރްސް ގޭސް ފީލްޑާ ގުޅިފައިވާ ހަކަތަ އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށް އިސްރާއީލުން ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. ދިވެހި ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ހަމަލާތަކަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު އަދި މުޅި ސަރަހައްދުގެ ހަމަޖެހުމާއި ދުނިޔޭގެ ހަކަތައިގެ ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެކެވެ. ރާއްޖެއިން ވަނީ މިފަދަ އަމަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ނޭދެވޭ ނަތީޖާތަކާ މެދު ކަންބޮޑުވުން...

ޔުމްނާ ޢަލީ
ފޯޅަވަހީގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން މިސައިލް ހަމަލާތަކެއް ދީފި

ފޯޅަވަހީގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން މިސައިލް ހަމަލާތަކެއް ދީފި

އިންޑިއާ ކަނޑުގައި އޮންނަ ފޯޅަވަހީގެ (ޑިއޭގޯ ގާސިއާ) އެމެރިކާ އާއި އިނގިރޭސިވިލާތުގެ ގުޅިފައިވާ އަސްކަރީ މަރުކަޒަށް އަމާޒުކޮށް އީރާނުން ދެ ބެލިސްޓިކް މިސައިލް ފޮނުވާލައިފި ކަމަށް ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓްކޮށްފިއެވެ. ހުކުރު ދުވަހު (20 މާރިޗު 2026) ހިނގި މި ހާދިސާއަކީ ސަރަހައްދީ ހަމަނުޖެހުންތައް އިންތިހާއަށް އިތުރުވެގެންދިޔަ ކަމެއްގެ ގޮތުގައި މުހައްލިލުން ސިފަކުރެއެވެ. ހަމަލާގެ ތަފްސީލާއި ނަތީޖާ އީރާނުން މި ހަމަލާ ދީފައިވަނީ ދުރު ރާސްތާގެ ބޮން އަޅާ ބޯޓުތަކާއި ކަނޑުގެ އަސްކަރީ އޮޕަރޭޝަންތަކަ...

ނާޒިމާ އަލީ
މާއެނބޫދޫ ބަނދަރަށް ކަންނެލި އައިނެއް ވަދެއްޖެ

މާއެނބޫދޫ ބަނދަރަށް ކަންނެލި އައިނެއް ވަދެއްޖެ

ދ. މާއެނބޫދޫ ބަނދަރަށް ކަންނެލި އައިނެއް ވަދެއްޖެއެވެ. މާއެނބޫދޫ ބަނދަރަށް ކަންނެލި އައިނެއް ވަދެފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑއާގައި މިހާރު ދައުރުވަމުން އަންނައިރު، ވިއްސަކަށް ކަންނެލި ހިމެނޭ އައިނެއް އެރަށު ބަނދަރުގެ ތެރޭ ދުވާތަން އެ ވީޑިއޯތަކުން ފެނެއެވެ. ”މާއެނބޫދޫ ލައިވް” އިން ގެނެސްދީފައިވާ މިވީޑިއޯތަކުގެ ތެރެއިން އެއް ވީޑިއޯއަކުން ފެންނަ ގޮތުގައި ޒުވާނަކު ދޮށީގައި ކަންނެއްޏެއް ގަންނުވައިގެން އުޅޭތީ ވެސް ފެނެއެވެ. ނަމަވެސް އެކަންނެލި ބޭނުމުގެ ކުރިން ވަނީ ނެއްޓިގެން ގޮސްފައެވެ....

ޔުމްނާ ޢަލީ
13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަނީ

13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަނީ

ނޯތު ޕޮލިސް ޑިވިޜަންގައި ހިމެނޭ ރަށެއްގައި، އުމުރުން އެންމެ 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 2026 މާރިޗު 20 ވާ ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންކަމަށް ފުލުހުން ބުންޏެވެ. މިފަދަ މައްސަލަތަކަކީ ކުޑަކުދިންނާ ގުޅުންހުރި ނާޒުކު […]

ޔުމްނާ ޢަލީ
އީރާނަށް ހަމަލާދިނުމަށް ފޯޅަވަހި ބޭނުންކުރުމުގެ ހުއްދަ އިނގިރޭސި ސަރުކާރުން ދީފި

އީރާނަށް ހަމަލާދިނުމަށް ފޯޅަވަހި ބޭނުންކުރުމުގެ ހުއްދަ އިނގިރޭސި ސަރުކާރުން ދީފި

އީރާނުގެ އަމާޒުތަކަށް ހަމަލާދިނުމަށްޓަކައި އެމެރިކާގެ އަސްކަރިއްޔާއިން އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒުތައް ބޭނުންކުރުމުގެ ރަސްމީ ހުއްދަ، އިނގިރޭސި ބޮޑުވަޒީރު ކީރް ސްޓާމަރ ދެއްވައިފިއެވެ. 20 މާރިޗު 2026 ގައި ނިންމި މި ނިންމުމުގެ ދަށުން، އިނގިރޭސިވިލާތުގެ ގްލޮސްޓަރޝަޔަރގައި ހުންނަ އާރް.އޭ.އެފް ފެއަރފޯޑާއި، ދިވެހިރާއްޖެއާ ދެކުނުން އިންޑިއާ ކަނޑުގައި އޮންނަ ފޯޅަވަހި (ޑިއޭގޯ ގާސިއާ) ބޭނުންކުރުމުގެ ފުރުސަތު އެމެރިކާއަށް މިވަނީ ހުޅުވާލާފައެވެ. މި ނިންމުމަކީ އެމެރިކާގެ ޓްރަމްޕް ސަރުކާރުން ކުރިމަތިކު...

ނާޒިމާ އަލީ
އީދު ނަމާދުގެ ވަގުތުގައި އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެ ގައުމުގެ އެންމެ ބޮޑު މިސްކިތަށް

އީދު ނަމާދުގެ ވަގުތުގައި އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެ ގައުމުގެ އެންމެ ބޮޑު މިސްކިތަށް

އިޒްރޭލުން ގާޒާގައި ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް ގެންގުޅުއްވާ ސިޔާސަތަށް ނުރުހުން ފާޅުކޮށް، އީދު ނަމާދަށް އެ ގައުމުގެ އެންމެ ބޮޑު މިސްކިތަށް އޭނާ ވަޑައިގަތުމުން އާންމުންގެ ބަޔަކު އޭނާއަށް ހުރަސްއަޅައި އަޑުގަދަކޮށްފިއެވެ. ސިޑްނީގެ ހުޅަނގުގައި ހުންނަ ލަކެމްބާ މިސްކިތުގައި ރަމަޟާން މަސް ނިމުމުގެ އުފާ ފާޅުކުރުމަށް ބޭއްވި ހަރަކާތުގައި ބޮޑުވަޒީރާއި ހޯމް އެފެއާޒް މިނިސްޓަރު ޓޯނީ ބާކް ބައިވެރިވެވަޑައިގެންނެވިތާ 15 މިނެޓެއްހާއިރު ފަހުން، މުޒާހަރާގެ ބައި...

ނާޒިމާ އަލީ
މަޝްހޫރު ފުޓްބޯޅަ ތަރި ރޮނާލްޑޯ މުސްލިމުންނަށް އީދުގެ ތަހުނިޔާ ފޮނުވައިފި

މަޝްހޫރު ފުޓްބޯޅަ ތަރި ރޮނާލްޑޯ މުސްލިމުންނަށް އީދުގެ ތަހުނިޔާ ފޮނުވައިފި

ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، މިއަހަރުގެ ފިޠުރު އީދުގެ މުނާސަބަތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުންނަށް އީދު ތަހުނިޔާ ފޮނުވައިފިއެވެ. މިއަދު، 20 މާރިޗު 2026 ގައި ރޮނާލްޑޯ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތައް މެދުވެރިކޮށް މިލިއަނުން ގުނާލެވޭ ފޮލޯވަރުންނަށް މި މެސެޖު ހިއްސާކޮށްފައިވަނީ ވަރަށް އިޚްލާޞްތެރިކަމާއެކުގައެވެ. އަލް-ނަޞްރުގެ ކެޕްޓަން އެކްސް އަދި އިންސްޓަގްރާމްގައި ހިއްސާކުރި މެސެޖުގައި ވަނީ އެންމެހާ މުސްލިމުން އީދުގެ ތަހުނިޔާ ފޮނުވާފައެވެ. ސަގާފީ ހ...

ނާޒިމާ އަލީ
ލަންކާގެ ރައީސް އަނޫރާ އެ ގައުމުގެ މުސްލިމް މުޖުތަމައާއެކު ރޯދަވީއްލުމެއް ބާއްވަވައިފި

ލަންކާގެ ރައީސް އަނޫރާ އެ ގައުމުގެ މުސްލިމް މުޖުތަމައާއެކު ރޯދަވީއްލުމެއް ބާއްވަވައިފި

ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ދިސާނާޔަކަ، އެ ގައުމުގެ މުސްލިމް މުޖުތަމައާ އެކު ރޯދަވީއްލުމުގެ ހަފުލާއެއްގައި ބައިވެރިވެވަޑައިގެންފިއެވެ. ބުދަ ދުވަހުގެ އިރުއޮއްސުނު ވަގުތު ރައީސްގެ ގެކޮޅުގައި ބޭއްވި މި ހަފުލާއަކީ ރަމަޟާން މަހުގެ ބަރަކާތްތެރިކަމާއި އުފަލުގައި މުސްލިމުންނާ ބައިވެރިވުމުގެ ގޮތުން އިންތިޒާމުކުރެވުނު ހަރަކާތެކެވެ. މި ރަސްމިއްޔާތުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ އިސްލާމީ ދީނީ އާދަކާދަތަކާއި މުޖުތަމައުގެ އެއްބައިވަންތަކަމުގެ މައްޗަށެވެ. މި ހަފުލާގައި އިސްލާމީ ދީނީ އިލްމުވެރިންނ...

ނާޒިމާ އަލީ
ސަލްޓަން ޕާކު މަރާމާތުކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

ސަލްޓަން ޕާކު މަރާމާތުކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

ސަލްޓަން ޕާކު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށްޓަކައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ މަސައްކަތްތައް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްލަވާލައްވައިފިއެވެ. ރައީސް އޮފީހުން މިއަދު ބުނިގޮތުގައި މިއަދު މެންދުރު ރައީސް ސަލްޓަން ޕާކަށް ކުރެއްވި މި ޒިޔާރަތުގައި، އެމް.އެން.ޑީ.އެފްގެ ބެއްލެވުމުގެ ދަށުން އެތަނުގައި އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި އަލަށް ޤާއިމުކުރާ ވަޞީލަތްތަކުގެ މަޢުލޫމާތު އޮޅުންފިލުއްވާފައެވެެ. އަދި ޕާކު ތަރައްޤީ ކުރުމުގައި ޢަމަލީގޮ...

ޔުމްނާ ޢަލީ
އަގްސާ މިސްކިތުގައި އީދު ނަމާދުކުރަން ފުރުސަތެއް ނުލިބުން، ފަލަސްތީނުގެ ރައްޔިތުންނަށް އިތުރު ހިތްދަތި ދުވަހެއް

އަގްސާ މިސްކިތުގައި އީދު ނަމާދުކުރަން ފުރުސަތެއް ނުލިބުން، ފަލަސްތީނުގެ ރައްޔިތުންނަށް އިތުރު ހިތްދަތި ދުވަހެއް

1967 ވަނަ އަހަރުގެ ހަ ދުވަހުގެ ހަނގުރާމައަށްފަހު ފުރަތަމަ ފަހަރަށް، އިސްލާމްދީނުގެ ތިންވަނައަށް އެންމެ މުގައްދަސް ބިނާ ކަމަށްވާ މަސްޖިދުލް އަގްސާ، ފިތުރު އީދު ދުވަހު މުސްލިމް އަޅުވެރިންނަށް ބަންދުކޮށްފިއެވެ. އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން އެޅި މި ފިޔަވަޅާއެކު، މިއަހަރުގެ އީދު ދުވަސް ވެގެން ގޮސްފައިވަނީ ގުދުސްގެ މުސްލިމުންނަށް ފަހުގެ ތާރީޚެއްގައި އައި އެންމެ ހިތާމަވެރި ދުވަހަށެވެ. ހުކުރު ދުވަހު ފާހަގަކުރި އީދު ނަމާދަށް އަގްސާ މިސްކިތަށް ވަނުން މަނާކުރުމުން، އެތައް ހާސް ފަލަސްތީނު ރައްޔިތުން...

ނާޒިމާ އަލީ
މުރައިދޫ ރައްޔިތުންނަށް އީދު ހަދިޔާ އަކަށް ބްރޭންޑް ނިއު ޖެންސެޓެެއް

މުރައިދޫ ރައްޔިތުންނަށް އީދު ހަދިޔާ އަކަށް ބްރޭންޑް ނިއު ޖެންސެޓެެއް

ހއ. މުރައިދޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި 250 ކިލޯވޮޓްގެ އާ ޖެންސެޓެއް އެ ރަށަށް ގެންދިއުމަށްޓަކައި މިހާރު ދަތުރު ފަށާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާޢު ވިދާޅުވެއްޖެއެވެ. ސުޖާޢު މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މުރައިދޫގެ ރައްޔިތުންނަށް ވަރަށް ޚާއްޞަ އީދު ހަދިޔާއެއް ދެއްވި ދުވަހެއް ކަމަށެވެ. އަދި މިއީ އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް...

ޔުމްނާ ޢަލީ
''ޙަޔާތުގެ ހުޅުކޮޅު ނިވުމުގެ ކުރީން އަމިއްލަ ނަފުސު މުރާޖަޢާކުރާން އަވަސްވެގަންނާން ޖެހޭ''

''ޙަޔާތުގެ ހުޅުކޮޅު ނިވުމުގެ ކުރީން އަމިއްލަ ނަފުސު މުރާޖަޢާކުރާން އަވަސްވެގަންނާން ޖެހޭ''

ޙަޔާތުގެ ހުޅުކޮޅު ނިވުމުގެ ކުރީން އަމިއްލަ ނަފުސު މުރާޖަޢާކުރާން އަވަސްވެގަންނާން ޖެހޭކަން މިއަދުގެ ހުކުރު ހުތުބާގައި ހަނދާންކޮށްދީފިއެވެ. މިއަދުގެ ހުތުބާ ޚާއްޞަކޮށްފައިވަނީ ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ މުހިންމުކަމުގެ މައްޗަށެވެ. ހުތުބާގައި ބުނީ މާތް ﷲ ދެއްވި ނިޢުމަތްތަކުގެ ތެރެއިން އިންސާނާ އެންމެ އަވަހަށް ހަނދާން ނެތޭ އެއް ނިޢުމަތަކީ ވަގުތުގެ ނިޢުމަތް ކަމަށެވެ. ކީރިތި މާތް ނަބިއްޔާ ﷺ ގެ ޙަދީޘްފުޅަކަށް ރިއާޔަތްކޮށް ހުތުބާގައި ބުނީ، ގިނަ ބަޔަކު އޭގެ އަގު ވަޒަން ނުކުރާ އަދި […]

ޔުމްނާ ޢަލީ
އީރާނާ ދެކޮޅަށް ކުރާ "ޣައިރު ގާނޫނީ" ހަނގުރާމަ ހުއްޓުވުމަށް އީޔޫއިން ބައިވެރިވާންޖެހޭ: ސްޕެއިން

އީރާނާ ދެކޮޅަށް ކުރާ "ޣައިރު ގާނޫނީ" ހަނގުރާމަ ހުއްޓުވުމަށް އީޔޫއިން ބައިވެރިވާންޖެހޭ: ސްޕެއިން

އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ކުރަމުންދާ “ޣައިރު ގާނޫނީ” ހަނގުރާމައަކީ މެދުއިރުމަތީގެ އެހެން ހަމަނުޖެހުންތަކާ ސީދާ ގުޅިފައިވާ ކަމެއް ކަމަށާއި، އެ ހަނގުރާމަ ހުއްޓުވުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގައުމުތަކުން މަސައްކަތް ކުރަންޖެހޭ ކަމަށް ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވެއްޖެއެވެ. ބުރާސްފަތި ދުވަހު އޮތް ވިލާތުގެ އިއްތިހާދު (އީޔޫ) ސަމިޓުގެ ކުރިން ވާހަކަދައްކަވަމުން ސަންޗޭޒް ވަނީ މި ހަނގުރާމަ ހުއްޓުވުމަށް ވިލާތުގެ ގައުމުތަކުން އެއްބަސްވުމަކަށް އައުމަށް ބާރުއަޅުއްވާފައެވެ...

ނާޒިމާ އަލީ
ރައީސް އިސްލާމީ ޤައުމުތަކާ، ޖަމާޢަތްތަކުގެ ވެރިންނަށް ޢީދުގެ ތަހުނިޔާ ފޮނުއްވައިފި

ރައީސް އިސްލާމީ ޤައުމުތަކާ، ޖަމާޢަތްތަކުގެ ވެރިންނަށް ޢީދުގެ ތަހުނިޔާ ފޮނުއްވައިފި

1447 ވަނަ އަހަރުގެ ފިޠުރު ޢީދުގެ މުނާސަބަތުގައި، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، ބައިނަލްއަޤުވާމީ އިސްލާމީ ޖަމުޢިއްޔާތަކުގެ ވެރިންނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ. ރައީސް މި ތަހުނިޔާ ފޮނުއްވާފައިވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައެވެ. އިސްލާމީ ޤައުމުތަކުގެ އިސްވެރިންނަށް ވަކިވަކީން ރައީސް ފޮނުއްވި ތަހުނިޔާގެ މެސެޖުތަކުގައި، މި ބަރަކާތްތެރި ޢީދުގެ މުނާސަބަތުގައި އެ ޤައުމުތަކުގެ ސަރުކާރުތަކަށާއި ރައްޔިތުންނަށް ހެޔޮއެދުމާއި ތަހުނިޔާ ވަނީ އަރިސްކުރައްވާފައެވެ...

ޔުމްނާ ޢަލީ
ހުޅުދުއްފާރުގެ އިޚްތިޞާޞްގައި ގާއުނޑޫދޫ އަލުން ހިމެނުއްވުމަށް ރައީސް ނިންމަވައިފި

ހުޅުދުއްފާރުގެ އިޚްތިޞާޞްގައި ގާއުނޑޫދޫ އަލުން ހިމެނުއްވުމަށް ރައީސް ނިންމަވައިފި

ރައީސަ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ރ. ހުޅުދުއްފާރުގެ އިޚްތިޞާޞްގެ ތެރޭގައި އެ އަތޮޅު ގާއުނޑޫދޫ އަލުން ހިމެނުއްވުމަށް ނިންމަވައި އެކަން ރަސްމީކުރައްވައިފިއެވެ. މި ނިންމެވުން ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ނެރުއްވި 9/2026 ނަންބަރު ޤަރާރުގެ ދަށުންނެވެ. ހުޅުދުއްފާރުގެ އިޚްތިޞާޞަށް ގެނައި މި ބަދަލު ދައްކުވައިދޭ ޗާޓު ހިމެނޭހެން މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގަ...

ޔުމްނާ ޢަލީ