މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ކ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (01:00 އިން 07:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ހަނިމާދޫ ޕީއެންސީ ޓީމު ނުކުތީ ރަށަށް ތަރައްގީ ހޯދައިދިނުމަށް ސަރުކާރާއި ގުޅިގެން ވަރުބަލިކަމެއްނެތި މަސައްކަތްކުރުމަށް: ޝަމީމް

ހަނިމާދޫ ޕީއެންސީ ޓީމު ނުކުތީ ރަށަށް ތަރައްގީ ހޯދައިދިނުމަށް ސަރުކާރާއި ގުޅިގެން ވަރުބަލިކަމެއްނެތި މަސައްކަތްކުރުމަށް: ޝަމީމް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިޔުޑީސީ) ތަކުގެ އިންތިޚާބުގައި ހދ. ހަނިމާދޫ ރަށު ކައުންސިލަށާއި، ޑަބްލިޔުޑީސީ އަށް ވާދަކުރާ ޕީއެންސީގެ ޓީމު ނުކުތީ ރަށަށް ތަރައްގީ ހޯދައިދިނުމަށް ސަރުކާރާއި ގުޅިގެން ވަރުބަލިކަމެއްނެތި މަސައްކަތްކުރުމަށްކަމަށް ހަނިމާދޫ ކައުންސިލްގެ ރައީސްކަމަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓް އަހްމަދު ޝަމީމް ރޭ ވިދާޅުވެއްޖެއެވެ. ރޭ ވަނީ ހަނިމާދޫ ޕީއެންސީ ޖަގަހަ ހުޅުވާފައެވެ. މިޖަގަހަ ހުޅުއްވައިދެއްވީ...

އަލީ އާދިލް
''ކާޑުގެ ބާވަތްތައް ދަނީ އެތެރެކުރެވެމުން، އަގުތައްވެސް އެއް ހަމައެއްގައި ހިފެހެއްޓޭނެ''

''ކާޑުގެ ބާވަތްތައް ދަނީ އެތެރެކުރެވެމުން، އަގުތައްވެސް އެއް ހަމައެއްގައި ހިފެހެއްޓޭނެ''

ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތައް މެދުކެނޑުމެއްނެތި އެތެރެކުރެވެމުންދާ ކަމަށާއި، އެ ތަކެތީގެ އަގުތައްވެސް އެއް ހަމައެއްގައި ހިފެހެއްޓޭނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ. ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި ކާޑުގެ ދަތިކަމެއް ނެތި ކުރީގައިވެސް އޮތްގޮތަށް ހަނޑޫ، ހަކުރު، އަދި ފުށް އެތެރެކުރެވި، ސްޓޮކް ބެލެހެއްޓެމުންދާ ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ ކާޑުގެ...

ޝިއުނާ އާދަމް
ލުބްނާން މީހެއްކަމަށް ހީކޮށް އިސްރާއީލު ސިފައިން އެ ގައުމުގެ މީހެއްގަޔަށް ބަޑިޖަހައި މަރާލައިފި

ލުބްނާން މީހެއްކަމަށް ހީކޮށް އިސްރާއީލު ސިފައިން އެ ގައުމުގެ މީހެއްގަޔަށް ބަޑިޖަހައި މަރާލައިފި

ލުބްނާނު މީހެއްކަމަށް ހީކޮށް އިސްރާއީލު ސިފައިން އެ ގައުމުގެ މީހެއްގަޔަށް ބަޑިޖަހައި މަރާލައިފިއެވެ. މިކަން ހިނގުމުން އިސްރާއީލު އަސްކަރިއްޔާއިން ބުނެފައި ވަނީ އެއީ ” އަސްކަރިއްޔާއަށް އޮޅިގެން ދެވުނު ހަމަލާއެއް” ކަމަށް ބުނެފައެވެ. މި ހާދިސާ ހިނގާފައިވަނީ އާދީއްތަ ދުވަސް، 22 މާރިޗު 2026 ގައި އިސްރާއީލުގެ އުތުރު ބޯޑަރު ކައިރީގައި އޮންނަ މިސްގަވް އާމް ސަރަހައްދުގައި ހިނގި ވަރުގަދަ ކުރިމަތިލުންތަކުގެ ތެރޭގައެވެ. އިސްރާއީލުގެ އަސްކަރިއްޔާ (އައި.ޑީ.އެފް) އިން ރަސްމީކޮށް ކަށަވަރުކޮށްދީފައިވާ ގޮތުގައި،...

ނާޒިމާ އަލީ
ރާއްޖޭގެ ތިން ސަރަހައްދެއްގައި ނެޝަނަލް އޮއިލް ރިޒާވެއް ގާއިމުކުރަނީ

ރާއްޖޭގެ ތިން ސަރަހައްދެއްގައި ނެޝަނަލް އޮއިލް ރިޒާވެއް ގާއިމުކުރަނީ

ދިވެހިރާއްޖޭގެ ތިން ސަރަހައްދެއްގައި ތިން ފިޔަވެއްސަކަށް ބަހާލައިގެން ނެޝަނަލް އޮއިލް ރިޒަރވެއް ގާއިމުކުރުމުގެ ދިރާސާ ކުރުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު އިއުލާނު ކުރައްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ކޮންމެ ދުވަހަކުވެސް ބަދަލުތަކެއް އަންނަމުންދާ ކަމަށާއި، އެކަން ސަރުކާރުން ވަރަށް...

ޔުމްނާ ޢަލީ
ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމުގެ ވޯޓު ހުއްޓުވުމުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމުގެ ވޯޓު ހުއްޓުވުމުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ނަގަން ނިންމާފައިވާ ވޯޓު ނެގުން ހުއްޓުވަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން އެއް މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ. އަންނަ މަހު ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބާއެކު ނަގަން ނިންމާފައިވާ ފެންނަ ނުފެންނަ ވޯޓު ހުއްޓުވަން ސުޕްރީމް ކޯޓަށް ހުށަހެޅީ އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް އައިކް އަހުމަދު އީސަ އާއި ވަކީލް އިބްރާހިމް ޝިޔާމާއި ރައްޔިތުންގެ […]

ހުސައިން ހަބީބް
''ހަނގުރާމައިގެ މައުޟޫޢުގައި ދައްކާނެ ވާހަކައެއް ނޯންނާނެ، ރާއްޖޭގެ ސަރަހައްދެއް ހަނގުރާމައަކަށް ނުދޭނަން''

''ހަނގުރާމައިގެ މައުޟޫޢުގައި ދައްކާނެ ވާހަކައެއް ނޯންނާނެ، ރާއްޖޭގެ ސަރަހައްދެއް ހަނގުރާމައަކަށް ނުދޭނަން''

ހަނގުރާމައިގެ މައުޟޫޢުގައި ދައްކާނެ އިތުރު ވާހަކައެއް ނޯންނާނެ ކަމަށާއި، ރާއްޖޭގެ އެއްވެސް ސަރަހައްދެއް ހަނގުރާމައަކަށް ނުވަތަ އަސްކަރީ ބޭނުމަކަށް އެއްވެސް ޤައުމަކަށް ނުދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އެމެރިކާގެ ޚާރިޖިއްޔާގެ މަންދޫބެއް ރާއްޖެ ވަޑައިގެން އުޅުއްވާ ކަމަށް ދެކެވޭ ވާހަކަތަކަށް އިޝާރާތް ކުރައްވައި ރަ...

ޝިއުނާ އާދަމް
އީރާނުގެ ތަރުޖަމާނުގެ ''ޓްރަމްޕްގެ ބަހުން'' ބަހުގެ ހަމަލާއެއް ޓްރަމްޕަށް: "ކަލޭ ތިޔަހުރީ ވަކިކޮށްފައި"

އީރާނުގެ ތަރުޖަމާނުގެ ''ޓްރަމްޕްގެ ބަހުން'' ބަހުގެ ހަމަލާއެއް ޓްރަމްޕަށް: "ކަލޭ ތިޔަހުރީ ވަކިކޮށްފައި"

ހޮރްމޫޒް ކަނޑުއޮޅި އެއްކޮށް ހުޅުވާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި މުހުލަތު ހަމަވާން ކައިރިވެފައިވަނިކޮށް، އީރާނުގެ އަސްކަރިއްޔާއިން ޓްރަމްޕަށް މަލާމާތްކޮށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ފޮނުވައިފިއެވެ. އީރާނުގެ ޚާތަމުލް އަންބިޔާ މަރުކަޒީ ހެޑްކުއާޓާޒްގެ ތަރުޖަމާނު އިބްރާހީމް ޒުލްފަޤާރީ، އިނގިރޭސި ބަހުން އާންމުކުރި ވީޑިއޯ ކްލިޕެއްގައި ޓްރަމްޕްގެ މަޝްހޫރު ‘ދަ އެޕްރެންޓިސް’ ޝޯގައި ބޭނުންކުރައްވާ ބަސްކޮޅު ބޭނުންކުރައްވައި ވަނީ ރައްދު ދެއްވާފައެވެ. “ހޭއި ޓްރަމްޕް، ކަލޭ ތިޔަހުރީ ވަކިކޮ...

ނާޒިމާ އަލީ
''އިސްރާއީލް ބަލައެއް ނުގަންނަން، ގަލްފު ހަނގުރާމައާއި ސަރުކާރުން ކަނޑައެޅިގެން ދެކޮޅު''

''އިސްރާއީލް ބަލައެއް ނުގަންނަން، ގަލްފު ހަނގުރާމައާއި ސަރުކާރުން ކަނޑައެޅިގެން ދެކޮޅު''

އިސްރާއީލަކީ ދިވެހި ސަރުކާރުންވެސް އަދި ދިވެހި ރައްޔިތުންވެސް ބަލައިގަންނާނޭ ބައެއް ނޫންކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ރައީސް ވިދާޅުވިގޮތުގައި މެދުއިރުމައްޗާއި ގަލްފުގައި މިހާރު ކުރަމުންދާ ހަނގުރާމައާ ދިވެހި ސަރުކާރުން ކަނޑައެޅިގެން ދެކޮޅު ހަދައެވެ. އަދި އެއްވެސް ޤައުމެއްގެ މިނިވަންކަމާއި އިސްތިޤުލާލު ނަގާލާގޮތަށް ހަމަ...

ޔުމްނާ ޢަލީ
އެމްޑީޕީން ދިއްދުއަށް ކޮށްދިން ކަމެއް ނެތް: ޝުޖާއު

އެމްޑީޕީން ދިއްދުއަށް ކޮށްދިން ކަމެއް ނެތް: ޝުޖާއު

އިދިކޮޅު އެމްޑިޕީން ހއ. ދިއްދުއަށް ކޮށްދިން އެއްވެސް ކަމެއް ނެތް ކަމަށް ބާރަސު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ. ކޮންގްރެސް ޕާޓީގެ ދިއްދޫ ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ އެމްޑީޕީން އެމީހުންގެ ވެރިކަމުގައި ދިއްދުއަށް ވެފައިވާ އެއްވެސް ވައުދެއް ފުއްދާފައި ނުވާކަމަށެވެ. “އިބްރާހީމް މުހައްމަދު ސާލިހު ދޮގު ހެއްދެވީ. ވިދާޅުވީ ދެ ފުޓުބޯޅަ ދަނޑު އަޅާނަމޭ. އެއް ދަނޑުވެސް ނޭޅުނޭ ފަސް އަަހަރު ނިމުނު އިރު. 2010 ވަނަ އަހަރު އެމްޑީޕީން […]

އައިޝަތު ޢާދަމް
އިއްޔެ ދިން ވަރުގަދަ ހަމަލާތަކަށްފަހު އީރާނުން ބެލިސްޓިކް މިސައިލާއި ޑްރޯންގެ އައު ރާޅެއް އިސްރާއީލަށް

އިއްޔެ ދިން ވަރުގަދަ ހަމަލާތަކަށްފަހު އީރާނުން ބެލިސްޓިކް މިސައިލާއި ޑްރޯންގެ އައު ރާޅެއް އިސްރާއީލަށް

އިއްޔެ ދިން ވަރުގަދަ ހަމަލާތަކަށްފަހު، މިއަދު އިރުއޮއްސުނު ވަގުތު އީރާނުން ބެލިސްޓިކް މިސައިލާއި ޑްރޯންގެ އައު ރާޅެއް އިސްރާއީލަށް ފޮނުވާލައިފިއެވެ. އާދީއްތަ ދުވަސް، 22 މާރިޗު 2026 ގެ ރިޕޯޓްތަކުން ކަށަވަރުވާ ގޮތުގައި، އީރާނާއި އިސްރާއީލުގެ އިތުރުން ސަރަޙައްދީ ބައިވެރިންގެ މެދުގައި ހިނގަމުންދާ ހަމަނުޖެހުންތައް މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އިސްރާއީލް ޑިފެންސް ފޯސް (އައި.ޑީ.އެފް) އިން ވަނީ އިސްރާއީލުގެ މެދުތެރެއާއި ދެކުނުގެ ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުންގެ ފޯނުތަކަށް ވަގުތުން އެލާޓ...

ނާޒިމާ އަލީ
ރައީސް "އެފޯޑަބަލް ހައުސިންގ" މަޝްރޫޢުގެ މަސައްކަތް ފެށުމަށް ވެފައިވާ ތައްޔާރީތައް ބައްލަވާލައްވައިފި

ރައީސް "އެފޯޑަބަލް ހައުސިންގ" މަޝްރޫޢުގެ މަސައްކަތް ފެށުމަށް ވެފައިވާ ތައްޔާރީތައް ބައްލަވާލައްވައިފި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އިން ހުޅުމާލޭގައި ތަރައްޤީކުރާ 1،224 ހައުސިންގ ޔުނިޓްގެ މަސައްކަތް ފެށުމަށް ވެފައިވާ ތައްޔާރީތައް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައްލަވާލައްވައިފިއެވެ. އެމަނިކުފާނު ވަނީ ތައްޔާރީތައް ބައްލަވާލެއްވުމަށް، ޗައިނާ މެޝީނަރީ އިންޖިނޭރިންގް ކޯޕަރޭޝަން (ސީ.އެމް.އީ.ސީ)ގެ ހުޅުމާލޭ ފޭސް 2 ގައި ހުންނަ ސައިޓަށް މިއަދު ޒިޔާރަތެއް ކުރަށްވާފައެވެ. މި ޒިޔާރަތަކީ ރޭ ބޭއްވުނު މި މަޝްރޫޢުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތަށް ފަހު، މަސަ...

އަލީ އާދިލް
އީރާނުގެ ލީޑަރުން އަވަހާރަކޮށްލުމަކީ އެކަމުގެ ނަތީޖާއާއި ކުރިމަތިލާންޖެހޭނެ ކަމެއް: ރަޝިޔާ

އީރާނުގެ ލީޑަރުން އަވަހާރަކޮށްލުމަކީ އެކަމުގެ ނަތީޖާއާއި ކުރިމަތިލާންޖެހޭނެ ކަމެއް: ރަޝިޔާ

އީރާނުގެ އެންމެ އިސް ލީޑަރުންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކަކީ “އޭގެ ނަތީޖާއާ ކުރިމަތިލާން ނުޖެހި ދާނެ ކަމެއް ނޫން” ކަމަށް ބުނެ ރަޝިޔާއިން ވަރުގަދަ އިންޒާރެއް ދީފިއެވެ. ކްރެމްލިންއިން މިއަދު ނެރުނު ބަޔާނަކީ މޮސްކޯގެ ބަހުރުވަ މި މައްސަލާގައި ވަރަށް ބޮޑަށް ހަރުކަށިވެފައިވާކަން ހާމަކޮށްދޭ ބަޔާނެކެވެ. ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވީ، އީރާނުގެ އިސް ވެރިން “ނައްތާލުމުގެ” އަމަލުތަކުގެ ސަބަބުން، ޚާއްޞަކޮށް އަލީ ލަރީޖާނީ އާއި އިންޓެލިޖެންސް މިނިސްޓަރު އިސްމާޢީލް ޚަތީބު އަވަހާރަކޮށް...

ނާޒިމާ އަލީ
ސާފު ބޯފެން ކަަށަވަރުވުމަކީ ހަމަހަމަކަން ކަށަވަރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް: ރައީސް

ސާފު ބޯފެން ކަަށަވަރުވުމަކީ ހަމަހަމަކަން ކަށަވަރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް: ރައީސް

ސާފު ބޯފެން ކަަށަވަރުވުމަކީ މުޖުތަމައުގައި ހަމަހަމަކަން ކަށަވަރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ފެނުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައި ރައީސް ވިދާޅުވީ، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ރައްކާތެރި، އިތުބާރު ހުރި، އަދި ސާފު، އަގުހެޔޮ ބޯފެން ކަށަވަރުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ. ރައީސްގެ މެސެޖުގައި ވަނީ ފެނުގެ ރައްކާތެރިކަމަކީ އަންހެނުންނާއި އަންހެން ކުދިންގެ ކަރާމާތާއި، ރ...

ޔުމްނާ ޢަލީ
އިސްރާއީލަށް ގޮތް ހުސްވެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމަކަށް އެދިއްޖެ

އިސްރާއީލަށް ގޮތް ހުސްވެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމަކަށް އެދިއްޖެ

ބައިނަލްއަގުވާމީ ގޮތުން މަނާކޮށްފައިވާ ކްލަސްޓަރ މުނިޝަންސް ނުވަތަ ކުދި ބޮންތައް އީރާނުން ބޭނުންކުރާ ކަމަށް ތުހުމަތުކޮށް، އދ. ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމަކަށް އިސްރާއީލުން އެދިއްޖެއެވެ. ނަމަވެސް އީރާނަކީ ކްލަސްޓަރ މުނިޝަންސް މަނާކުރާ ބައިނަލްއަގުވާމީ މުއާހަދާގައި ސޮއިކޮށްފައިވާ ގައުމެއްނޫނެވެ. އިސްރާއީލުން މިގޮތަށް އެދިފައި ވަނީ 2026 ވަނަ އަހަރުގެ މާރިޗު 18 އިން 22 އަށް އީރާނުން ދިން މިސައިލް ހަމަލާތައް ހުއްޓުވަން އެ ގައުމުން ނުކުޅެދި، ދިފާއީ ނިޒާމަށް ނުކުތައި މިސައިލްތައް އިސްރާއީ...

ނާޒިމާ އަލީ
މޫސާ އަލީ ޖަލީލަށް މާލޭގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކުގެ ތާއީދު

މޫސާ އަލީ ޖަލީލަށް މާލޭގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކުގެ ތާއީދު

ކުރިއަތް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި ކޮންގްރެސް ޕާޓީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ކުރިމަތިލައްވާ މޭޔަރ ކެންޑިޑޓް މޫސާ އަލީ ޖަލީލަށް ތާއީދުކުރައްވައި އެމަނިކުފާނު އެންޑޯޒް ކުރައްވައި އެކަން މާލޭގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކު ހާމަކުރައްވައިފި އެވެ. މިއަދު ހެނދުނު އާދަމް މަނިކުވަނީ މޫސާ އަލީ ޖަލީލާ ބައްދަލުކުރައްވާފަ އެވެ. ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އާދަމް މަނިކު ވިދާޅުވީ މާލެއަށް ކަންކަން ކޮށްދެވޭނެ ގާބިލުކަން ހުރީ ސަރުކާރުގެ ކެންޑިޑޭޓުގެ ކިބައ...

އައިޝަތު ޢާދަމް