ތުރާކުނު ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ރަސްމީކޮށް ހުޅުވައިފި
ހއ. ތުރާކުނު ޞިއްޙީ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމަށްޓަކައި ބިނާކުރި އެކްސްޓެންޝަން އިމާރާތް އިއްޔެ ރަސްމީކޮށް ހުޅުވައިފިއެވެ. މި އާ އިމާރާތް ހުޅުއްވައިދެއްވީ ސިއްހަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ވިޔަފާރިއާއި އިގްތިސޯދާ ބެހޭ ވުޒާރާގެ ވަޒީރު މުޙައްމަދު ސަޢީދު، ހޯރަފުށީ ދާއިރާގެ މެންބަރު ޢަލީ މޫސާ، އަދި ވިލިމާލޭ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލްގ...